
މޯލްޑިވްސް އިސްލާމިކް ބޭންކް، އެމްއައިބީގެ އުޖާލާ ދިރިއުޅުން ފެސިލިޓީގެ ޚިދުމަތް މިރަމަޟާންމަހުގެ ފަހު ދިހައެއްގައިވެސް ލިބޭނެކަމަށް އެބޭންކުން ހާމަކުރައްވައިފިއެވެ. އެމްއައިބީން ވިދާޅުވީ ރަމަޟާންމަހުގެ ފަހު ދިހައެއްގައި އެމްއަބީގެ ބިޒްނަސް ސެންޓަރު (ބޭންކުގެ ހެޑް އޮފީސް) އިން ހުކުރު ދުވަހާއި، ހޮނިހިރު ދުވަސް ފިޔަވައި ހުރިހާ ދުވަަހަކު ޚިދުމަތް ލިބޭނެ ކަމަށެވެ. މިދުވަސްތަކުގައި އެމްއައިބީގެ ޚިދުމަތް ލިބޭނީ ހެނދުނު 11:30 އިން 14:00 އަށެވެ. އަދި މިމަހުގެ 20، 27 އަދި 29 ގައި ބޭންކުގެ ޚިދުމަތް ލިބޭނީ ހެނދުނު 9:30 އިން 14:00އަށެވެ.
އެމްއައިބީން ވިދާޅުވީ އެބޭންކުގެ އެންމެ މަގްބޫލު އެއް ޚިދުމަތް ކަމަށްވާ އުޖާލާ ދިރިއުޅުން ފެސލިޓީގެ ޚިދުމަތްވެސް މިމުއްދަތުގެ ތެރޭގައި ލިބޭނެކަމަށެވެ. އުޖާލާ ދިރިއުޅުން ފެސިލިޓީއަކީ ބޭންކަށް ނުގޮސް ކޮންމެ ތާކު ހުރެގެންވެސް އޮންލައިންކޮށް ހޯދޭ ޚިދުމަތެކެވެ. މިޚިދުމަތަށް އެދި ކޯޓޭޝަންލުންވެސް މިހާރު ވަނީ އޮންލައިން ކޮށްފައެވެ. އުޖާލާ ދިރިއުޅުން ފެސިލިޓީއަށް އެދުމަށް ގެރެންޓަރއެއްވެސް މިހާރު ބޭނުން ނުވާކަމަށާއި، ބޭނުންވަނީ ވަޒީފާގެ ލިޔުމާއި، 1 އަހަރުގެ ބޭންކް ސްޓޭޓްމަންޓާއި 1 އަހަރުގެ މުސާރަ ސްލިޕާއި، އައިޑީކާޑުކަމަށް އެބޭންކުން ހާމަކުރައްވައެވެ. އަދި މިހުރިހާ ތަކެއްޗެއް އެ ބޭންކުގެ އުޖާލާ ނައު ޕޯޓަލްއަށް އަޕްލޯޑް ކޮށްލުމުން ބޭންކުން ކުރަންޖެހޭ ކަންކަން ކުރިޔަށް ދާނެކަމަށްވެސް އެބޭންކުންވަނީ ހާމަކުރައްވާފައެވެ.
އެމްއައިބީގެ އިންޓަނެޓް ބޭންކިން މެދުވެރިކޮށް ވިޔަފާރިތަކަށް ގިނަ ޚިދުމަތްތައްލިބޭނެ އިންތިޒާމްވެސް އެބޭންކުންވަނީ ހަމަޖައްސަވާފައެވެ. އެގޮތުން އެމްއައިބީގެ އިންޓަނެޓް ބޭންކިން މެދުވެރިކޮށް ވިޔަފާރިތަކުން އަމިއްލައަށް ބަލްކް ޓްރާންސްފަރ މެދުވެރިކޮށް މުސާރަޖަމާކުރެވޭނެއެވެ. އަދި މުސާރަ ކޯޑުގައި މުސާރަ ޖަމާކުރުމަށް ބޭންކަށް އެއްވެސް ޑޮކިއުމެންޓެއް ފޮނުވަން ނުޖެހި ކަސްޓަމަރު އަމިއްލައަށްވެސް މުސާރަ ކޯޑުގައި މުސާރަ ޖަމާކުރެވޭނެއެވެ. ބޭންކިންގެ ހުރިހާ ޚިދުމަތެއް އޮންލައިންކޮށް ދޭން ފެށި ރާއްޖޭގެ ފުރަތަމަ ބޭންކަކީ އިސްލާމިކް ބޭންކެވެ.
About Post Author
މާދަމާ ނިއުސް
“ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރަށްވުރެ ދަށްނުވާނެކަމުގެ ޔަގީންކަން އެބައޮތް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް އަސަރުކޮށްފައިވީ ނަމަވެސް، މިދިޔަ އަހަރަށްވުރެ...
ކަނޑުއޮތްގިރިން މަސްވެރިންނަށް އައިސް ވިއްކަން ފަށައިފި
(ފޮޓޯ ކްރެޑިޓްސް: މިފްކޯ) ކަނޑުއޮތްގިރީގައި ދުވާލަކު 25 ޓަނުގެ އައިސް އުފެއްދޭ ޕްލާންޓެއް ގާއިމުކޮށް، މަސްވެރިންނަށް އައިސް ވިއްކަން މިފްކޯއިން ވަނީ ފަށާފައެވެ. މީގެ...
ޤާނޫނުގެ އިމުގެ ތެރެއިން މިނިވަންކަން: ޙަޤީޤަތާއި، އަމާނާތްތެރިކަމާއި އަދި ޤައުމީ ހަމަޖެހުން ހިމާޔަތްކުރުން
(ފޮޓޯ ކްރެޑިޓްސް: މިހާރު) ކޮންމެ ދިރުުންހުރި ޑިމޮކްރަސީއެއްގައިވެސް، ފަރުދީ މިނިވަންކަމާއި ޤާނޫނީ ސިޔާދަތާ ދެމެދު ހަމަހަމަކަން ހިފަހައްޓަންޖެހެއެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ...
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާ ކުރަން އުސޫލެއް ތަޢާރަފްކުރަނީ
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާކޮށް، ހުރިހާ ޕާޓީއަކުން އެއް އުސޫލަކުން ޢަމަލުކުރާނެ ގަވާއިދެއް އެކުލަވާލުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން (އީސީ) ފަށައިފިއެވެ. އީސީން...
ހަވާއެރުވުމާއެކު މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތް ބާއްވައިފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތްތައް، ރައީސުލްޖުމްހޫރިއްޔާ...
“ޒަކާތު ފަންޑުގެ އިންވެސްޓްމަންޓުތަކުން، އުނިކަމެއް ނާންނާނެ”
ޒަކާތު ފަންޑުގެ ފައިސާ އިންވެސްޓްކުރަނީ ފަޤީރުންނާއި މިސްކީނުންގެ ޙައްޤުތަކަށް އުނިކަން ނާންނާނެހެން، އިސްލާމީ ޝަރީޢަތުގެ އުސޫލުތަކާ އެއްގޮތަށް ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކޮށްފިއެވެ....
