
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އެމެރިކާއިން ދެމުންދާ ވަރުގަދަ ޙަމަލާތަކުގެ ސަބަބުން، ފަލަސްޠީނުގެ ޣައްޒާއަށް ޔަހޫދީންގެ ނިރުބަވެރި ފައުޖުން ދެމުންދާ ލާއިންސާނީ ޢުދުވާނުތަކަށް ވަރުގަދަ ރައްދެއް ދިނުމުގައި ފަހަތަށް ނުޖެހޭނެ ކަމަށް، ޔަހޫދީންނާ ދެކޮޅަށް ޔަމަނުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތް، ޙޫޘީން ބުނެފިއެވެ. އެމެރިކާއިން ރޭގެ ވަގުތެއްގައި ވަނީ، ޙޫޡީންގެ އިސް ވެރިން މަރުކަޒުވެގެން ތިބޭ، ސަޢާދަ އަވަށަށާއި ރަތް ކަނޑުގެ އައްސޭރިފަށުގައި އޮންނަ ހުދައިދާއަށް ވަރުގަދަ ވައިގެ ޙަމަލާތައް އަމާޒުކޮށްފައެވެ.
2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހު ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ލާއިންސާނީ ޢުދުވާނެއް ފެށުމާ ގުޅިގެން ޙޫޘީން ވަނީ އެ ކަމުގެ ރައްދުގައި ޔަހޫދީންނާ ދެކޮޅަށް އަސްކަރީ ހަރަކާތެއް ފަށާފައެވެ. ޖަނަވަރީ 19ވަނަ ދުވަހު ޔަހޫދީންގެ ޢުދުވާން މެދުކަނޑައިލުމާ އެކު ޙޫޘީންގެ ޙަމަލާތައް މެދުކަނޑައިލާފައިވީ ނަމަވެސް، ޣައްޒާގެ ނިކަމެތީންނަށް ބޭނުންވާ ކާބޯތަކެއްޗާއި އިންސާނީ އެހީއަށް ޔަހޫދީން ހުރަސް އަޅަން ފެށުމާ އެކު ޙޫޘީން ވަނީ އަނެއްކާ ވެސް ޔަހޫދީންނާ ދެކޮޅަށް ޙަމަލާތައް އަމާޒު ކުރަން ފަށާފައެވެ. ޙޫޘީންގެ އަސްކަރީ އޮޕަރޭޝަން ހިންގަމުން ދަނީ ރަތް ކަނޑުގެ ސަރަޙައްދުގައެވެ. އެ ކަނޑު ހުރަސްކޮށް ދަތުރު ކުރާ އާގުބޯޓުފަހަރަށް އަމާޒުކޮށް ޙޫޘީން ދަނީ ބެލިސްޓިކް މިސައިލާއި އަސްކަރީ ޑްރޯން ބޭނުން ކޮށްގެން ނުރައްކާތެރި ޙަމަލާތަކެއް އަމާޒު ކުރަމުންނެވެ.
ރަތް ކަނޑުން ދަތުރުކުރާ އުޅަނދުތަކުގެ ހިމާޔަތުގައި ކަމަށް ބުނެ، އެމެރިކާއިން ޙޫޡީންނާ ދެކޮޅަށް ވަރުގަދަ އަސްކަރީ އޮޕަރޭޝަން ފެށީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އެންގެވުމަށެވެ. އަދި ރަތް ކަނޑުގައި ހޫޡީން ދޭ ކޮންމެ ޙަމަލާއަކަށް، އެ ޖަމާޢާތަށް ވާގިވެރިވާ އީރާނު ޒިންމާކުރުވާނެ ކަމަށް ވެސް ޓްރަމްޕް ވަނީ އިންޒާރު ދެއްވައިފައެވެ. އެމެރިކާގެ ޙަމަލާތަކުގެ ތެރެއިން ވެސް ޙޫޡީން ދަނީ ޔަހޫދީންގެ ނިރުބަވެރި ދަޢުލަތުގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ވައިގެ ޙަމަލާތައް ދެމުންނެވެ. އިސްރާއީލުގެ ސަރަޙައްދުތަކަށް ޙޫޡީން އަނެއްކާވެސް ޙަމަލާތައް ދޭން ފަށާފައިމިވަނީ، ޔަހޫދީންގެ ނިރުބަވެރި ފައުޖުން ޣައްޒާއަށް އަލުން ޙަމަލާދޭން ފަށައި، 400 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލުމާ ގުޅިގެންނެވެ. އަދި ޔަހޫދީންގެ އިސްތިޢުމާރީ ދަޢުލަތާ ދެކޮޅަށް ޙަމަލާ ދިނުން އިތުރަށް ފުޅާކުރާނެކަމުގެ އިންޒާރު ވެސް ޙޫޡީން ވަނީ ދީފައެވެ.
About Post Author
މާދަމާ ނިއުސް
އެމްއެމްއޭގެ އޮފީސް އިމާރާތެއް ހުޅުމާލޭގައި ތަރައްގީކުރަނީ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ދައުލަތުގެ ޚަޒާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި ހުޅުމާލޭގައި އެމްއެމްއޭގެ އައު އޮފީސް އިމާރާތެއް ކޮންޓްރެކްޓަރ ފައިނޭންސިންގ...
ޓްރެފިކް މޮނިޓަރިން ސެންޓަރެއް ޤާއިމުކުރަނީ
ޓްރެފިކް މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ޓްރެފިކް މޮނިޓަރިންގ ސެންޓަރެއް ޤާއިމުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު...
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
