
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން ސޫރިޔާގެ އެކި ހިސާބުތަކަށް ވަރުގަދަ ޙަމަލާތަކެއްދީ އެތައް ބަޔަކު ޝަހީދުކޮށްލައިފިއެވެ. ޔަހޫދީންގެ އިސްތިޢުމާރީ ޙަމަލާތައް އަމާޒުކޮށްފައިވަނީ، ސޫރިޔާގެ ޙުމްސްގެ އިތުރުން ދަރްޢާ އަށެވެ. ސޫރިޔާގެ ސަލާމަތީ ބާރުގެ އޮފިޝަލަކު ވިދާޅުވީ، ދިމިޝްޤުގެ ދެކުނުގައި އޮންނަ އަވަށެއްގެ އިތުރުން، ދަރްޢާ އަށް ވެސް ޔަހޫދީ ފައުޖުން ވައިގެ ޙަމަލާތައް އަމާޒުކޮށްފައިވާ ކަމަށެވެ. ދަރްޢާއަށް ދިން ޙަމަލާތަކުގައި ދެ މީހުން ޝަހީދުވެ، 19 މީހުން ވަނީ ޒަޚަމްވެފައެވެ.
ސޫރިޔާގެ ޚާރިޖީ ވުޒާރާއިން ބުނީ، ޔަހޫދީ ފައުޖުގެ މި އިސްތިޢުމާރީ ޙަމަލާތަކަކީ، ސޫރިޔާގެ ރައްޔިތުންނަށް އަމާޒުކޮށް ޤައުމުގެ ހަމަޖެހުން ނަގައިލުމުގެ ނިޔަތުގައި ދެމުންދާ ޙަމަލާތަކެއް ކަމަށެވެ. ޔަހޫދީ ސިފައިން ސޫރިޔާއަށް އަރައިގަނެފައި ވަނީ، ސޫރިޔާގެ ކުރީގެ ރައީސް ބައްޝާރް އަލް-އަސަދުގެ ވެރިކަން ވައްޓައިލުމަށް ހަޔިއަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސު)ން ހިންގި އޮޕަރޭޝަނާ ގުޅިގެންނެވެ. ނިރުބަވެރި ޖަމާޢަތެއް ކަމުގައިވާ އެޗްޓީއެސްގެ ފައުޖުތަކުން ވެރިރަށް ދިމިޝްޤަށް އަރައި، އަސަދުގެ ވެރިކަން ވައްޓައިލާފައި ވަނީ ހުސްވި އަހަރުގެ ޑިސެންބަރު މަހުގެ 8ވަނަ ދުވަހުއެވެ.
ޒަޔަނިސްޓު އިސްރާއީލުގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ސޫރިޔާގެ ދެކުނުގެ ސަރަޙައްދުތައް ކޮންޓުރޯލު ކުރުމުގެ ފުރުޞަތު އެޗްޓީއެސް އަދި ސޫރިޔާގެ އަސްކަރިއްޔާއަށް ވެސް ނުދޭނެ ކަމަށް ބުނެފައެވެ. އަދި، ޒަޔަނިސްޓުންގެ ސަލާމަތާއި ރައްކާތެރި ކަން ކަށަވަރު ކުރުމުގެ ގޮތުން، އެ އެ ސަރަޙައްދުތަކަށް އަރައިގަނެފައިވާ ޔަހޫދީ ސިފައިން ނުބާލާނެ ކަމުގައެވެ.
About Post Author
މާދަމާ ނިއުސް
އެމްއެމްއޭގެ އޮފީސް އިމާރާތެއް ހުޅުމާލޭގައި ތަރައްގީކުރަނީ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ދައުލަތުގެ ޚަޒާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި ހުޅުމާލޭގައި އެމްއެމްއޭގެ އައު އޮފީސް އިމާރާތެއް ކޮންޓްރެކްޓަރ ފައިނޭންސިންގ...
ޓްރެފިކް މޮނިޓަރިން ސެންޓަރެއް ޤާއިމުކުރަނީ
ޓްރެފިކް މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ޓްރެފިކް މޮނިޓަރިންގ ސެންޓަރެއް ޤާއިމުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު...
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
