
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ދިރާސީ އަހަރުގެ ސްކޫލްތަކުގެ އެކްޓިވިޓީ ކަލަންޑަރު އެކުލަވާލުމަށް ޓަކައި ގިނަ ފަރާތްތަކެއްގެ ޚިޔާލު ހޯދުމުގެ މަޤްޞަދުގައި މުޅިން އަލަށް މަޝްވަރާ ފޯރަމެއް ބާއްވައިފިއެވެ. މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން މި ފޯރަމް ބާއްވާފައިވަނީ ސްކޫލް ޗުއްޓީ އައުމުގެ ކުރިން މިއަހަރުގެ ޖެނުއަރީ މަހުގެ 18 އަދި 19 ވަނަ ދުވަހު އިމާދުއްދީން ސްކޫލުގައެވެ.
މި ފޯރަމް ރަސްމީކޮށް ހުޅުވައިދެއްވީ މިނިސްޓަރ އޮފް އެޑިޔުކޭޝަން، ޑރ. އިސްމާޢީލް ޝަފީޢުއެވެ. ފޯރަމް ފައްޓަވައިދެއްވަމުން މިނިސްޓަރު ވިދާޅުވީ، މި ފޯރަމްގެ މައިގަނޑު މަޤްޞަދަކީ، ދެމެހެއްޓެނިވި އުސޫލަކުން މުދައްރިސުންނާއި، ބެލެނިވެރިންނާއި، ޚާއްޞަކޮށް ދަރިވަރުންނަށް ބުރަ ބޮޑުނުވާނެ ގޮތަށް ސްކޫލު އެކްޓިވިޓީ ކަލަންޑަރު އެކުލަވާލުން ކަމުގައެވެ.
“އަޅުގަނޑު ތިބޭފުޅުންގެ ޑިސްކަޝަނަށް ތިން ހަތަރު ކަމެއް ހުށަހަޅާލަން ބޭނުން. ދަރިވަރުންގެ ލާނިންއަށް ފަހިވާންޖެހޭނެކަމަށް. ޓީޗަރުންނާއި ދަރިވަރުންގެ ވެލްބީންއަށް ކޮންސިޑަރ ކުރެވެންވާނެކަމަށް. ޕޭރަންޓް ކޮމިއުނިޓީ ޕާރޓިސިޕޭޓްވާއިރުގައި އެ ޕާޓިސިޕޭޝަންއަކީ ވެސް އެބޭފުޅުންނަށް ވޭނަކަށް ނޯންނަ މިންވަރަކަށް މިކަން ވާންޖެހޭނެކަމަށް. އަދި ދިވެހިރާއްޖޭގެ މި ޖިއޮގްރަފިކަލް ޑިސްޕާޝަން ކޮންސިޑަރ ކުރަން ޖެހޭނެކަމަށް،” ވަޒީރު ވިދާޅުވިއެވެ.
މި ފޯރަމްގައި ބައެއް ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި، ކުޅިވަރު އެސޯސިއޭޝަންތަކުގެ އިތުރުން އިސްލާމިކް މިނިސްޓްރީއާއި ސިޓީސް މިނިސްޓްރީ، ދިވެހި ބަހުގެ އެކެޑަމީއާއި ޤުރުއާނާ ބެހޭ މަރުކަޒު އަދި ކެޑޭޓްކޯއާއި ސްކައުޓް އެސޯސިއޭޝަންގެ އިތުރުން ގާލްގައިޑް އެސޯސިއޭޝަނުން ވެސް ބައިވެރިވެފައިވެއެވެ. މީގެ އިތުރުން، ސްކޫލްތަކުން އިތުރު ހަރަކާތްތައް ހިންގާއިރު ދަރިވަރުންގެ ކިޔެވުމަށް ހުރަސް ނޭޅޭނެ ގޮތަކަށް ކަންކަން އިންތިޒާމްކުރުމަށް އެދިވަޑައިގަންނަވާފައިވެއެވެ. އަދި ދަރިވަރުންނާ ބެހޭގޮތުން ނިންމާ ކޮންމެ ކަމެއްގައި ދަރިވަރުންނަށް އެންމެ ބޮޑު އިސްކަމެއް ދެއްވުމަށް މަޝްވަރާ ބައްދަލުވުމުގެ އެންމެހައި ބައިވެރިންނަށް މިނިސްޓަރު ވަނީ އިލްތިމާސްކުރައްވާފައެވެ.
މި ފޯރަމަކީ ސްކޫލްތަކުގެ އެކްޓިވިޓީ ކަލަންޑަރު އެކުލަވާލުމުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ބޭއްވުނު ފުރަތަމަ ފޯރަމް ކަމަށްވާތީ، މިކަމަށް ތަޢުލީމީ ދާއިރާގެ ފަރާތްތަކުން ވަރަށް ބޮޑު އުންމީދުތަކެއް ކުރެއެވެ. މި ފޯރަމްގެ ނަތީޖާއެއްގެ ގޮތުން، ކުރިއަށް އޮތް ދިރާސީ އަހަރުގެ ސްކޫލްތަކުގެ އެކްޓިވިޓީ ކަލަންޑަރު އެކުލަވާލުމުގައި ގިނަ ފަރާތްތަކެއްގެ ޚިޔާލާއި މަޝްވަރާ ހިމެނި، ދަރިވަރުންނާއި މުދައްރިސުންނަށް އެންމެ ފައިދާހުރި ގޮތަކަށް ކަލަންޑަރު އެކުލަވާލެވޭނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
About Post Author
މާދަމާ ނިއުސް
ޗައިނާއިން ރާއްޖެއަށް މިހާތަނަށް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން 2...
“އިމާދުއްދީން މަނަވަރާއެކު އަސްކަރިއްޔާގެ ހައިބަތު ފެނިގެންދާނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮސްޓްރޭލިޔާ ސަރުކާރުން ހަދިޔާކުރި "ކޯސްޓްގާޑް ޝިޕް އިމާދުއްދީން" އަކީ ކަނޑުމަތީގައި ދިވެހި އަސްކަރިއްޔާގެ ހައިބަތާއި ގާބިލުކަން ދައްކުވައިދޭނެ މުހިންމު...
“ރާއްޖެއާއި އޮސްޓްރޭލިޔާގެ އަސްކަރީ ގުޅުން އަންނަނީ ވަރުގަދަވަމުން”
(ފޮޓޯ ކްރެޑީޓްސް: ޕީއެސްއެމް ނިއުސް) އޮސްޓްރޭލިޔާއިން ރާއްޖެއަށް ހަދިޔާކުރި 'ކޯސްޓް ގާޑް އިމާދުއްދީން' މަނަވަރު ކޮމިޝަންކުރުމުގެ ރަސްމިއްޔާތުގައި، އެ ގައުމުގެ ހާއްސަ މަންދޫބު ޓިމް...
“ކޯސްޓްގާޑް ޝިޕް އިމާދުއްދީން” ކޮމިޝަންކޮށްފި
އޮސްޓްރޭލިޔާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި "ކޯސްޓްގާޑް ޝިޕް އިމާދުއްދީން" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ކޮމިޝަންކޮށްދެއްވައިފިއެވެ. މިއީ ރާއްޖޭގެ ދިފާއީ ވަސީލަތްތައް ވަރުގަދަކުރުމަށް ސަރުކާރުން...
“އެމްޓީސީސީގެ ގިނަ މަޝްރޫޢުތަކެއް އަންނަ އަހަރު ނިންމަނީ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢުދީ ވިދާޅުވި ގޮތުގައި އެ ކުންފުނިން މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 719...
“އެންމެ ބޮޑު އިޖުތިމާޢީ 3 މައްސަލައަށް ދާއިމީ ހައްލު”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖެއަށް ދިމާވެފައިވާ މަސްތުވާތަކެއްޗާއި، ގޭންގު ކުށްތަކާއި، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް...
