
(ފޮޓޯ ކްރެޑިޓްސް: މިހާރު)
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު، އަހުމަދު އިމާދު އެ މަގާމުން ވަކިކުރަން ރައީސް، ޑރ. މުހައްމަދު މުއިއްޒުއަށް ލަފާދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހުށަހަޅައިފިއެވެ. ޑެޕިއުޓީ ގަވަރުކަމުން އިމާދު ވަކި ކުރަން ރައީސްއަށް ލަފާދޭން މާލިއްޔަތު ކޮމިޓީއަށް ހުށަހެޅުއްވީ ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު، އަބްދުއްލަތީފު މުހައްމަދެވެ. އޭނާގެ ހުށަހެޅުއްވުމަށް ހެންވޭރު އުތުރު ދާއިރާގެ މެމްބަރު، އަހުމަދު އައިފާން ވަނީ ތާއިދު ކުރައްވާފައެވެ.
އަބްދުއްލަތީފު ކޮމިޓީއަށް ހުށަހެޅި މައްސަލައިގައި ވިދާޅުވީ، އެމްއެމްއޭގެ ކުރީގެ ގަވަރުނަރު، އަލީ ހާޝިމް މަގާމުގައި ހުންނަވައިގެން، އޭނާއަށް ޤާނޫނުން މަތިކޮށްފައިވާ ޒިންމާތައް އަދާނުކޮށް އިހުމާލުވެފައިވާއިރު، އެކަންކަން ފާހަގަކުރުމަށް ޤާނޫނުން ޒިންމާތައް މަތިކޮށްފައިވާ ޑެޕިއުޓީ ގަވަރުނަރު، އިމާދު އެކަށީގެންވާ މަސައްކަތެއް ކޮށްފައި ނުވާ ކަމަށެވެ. ހާޝިމްގެ ނިންމެވުންތަކުގައި އިމާދު ވެސް ބައިވެރިވެފައިވާ ކަމަށާއި އެކަންކަމުގެ ޒިންމާ އިމާދު ވެސް ނަންގަވަން ޖެހިވަޑައިގަންނަވާނެ ކަމަށް އެމައްސަލައިގައި ވަނީ ވިދާޅުވެފައެވެ.
އަބްދުލަތީފް ވިދާޅުވީ، އިމާދު ވަކިކުރުމަށް ރައީސަށް ލަފާ ދިނުމަށް ނިންމީ، ޤާނޫނުން އޭނާއަސް މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމުގައި ފަސްޖެހި، އިހުމާލުވެފައިވާތީ ކަމަށެވެ. ކޮމިޓީގައި މިކަމާއި ގުޅިގެން ކުރިއަށް ދިޔަ ބަހުސަށް ފަހު މި ހުށަހެޅުން ފާސްވެފައިވަނީ ކޮމިޓީގެ އަގުލަބިއްޔަތުންނެވެ. މި ހުށަހެޅުން ފާސް ކުރުމާއި ދެކޮޅު ހެއްދެވީ ދެ މެމްބަރުންނެވެ. އިމާދު ޑެޕިއުޓީ ގަވަރުނަރު ކަމަށް އައްޔަން ކޮށްފައިވަނީ 2020 ވަނަ އަހަރުއެވެ.
އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުގެ މަގާމަށް މީހަކު އައްޔަން ކުރާނީ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ.
About Post Author
މާދަމާ ނިއުސް
“އިމާދުއްދީން މަނަވަރާއެކު އަސްކަރިއްޔާގެ ހައިބަތު ފެނިގެންދާނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮސްޓްރޭލިޔާ ސަރުކާރުން ހަދިޔާކުރި "ކޯސްޓްގާޑް ޝިޕް އިމާދުއްދީން" އަކީ ކަނޑުމަތީގައި ދިވެހި އަސްކަރިއްޔާގެ ހައިބަތާއި ގާބިލުކަން ދައްކުވައިދޭނެ މުހިންމު...
“ރާއްޖެއާއި އޮސްޓްރޭލިޔާގެ އަސްކަރީ ގުޅުން އަންނަނީ ވަރުގަދަވަމުން”
(ފޮޓޯ ކްރެޑީޓްސް: ޕީއެސްއެމް ނިއުސް) އޮސްޓްރޭލިޔާއިން ރާއްޖެއަށް ހަދިޔާކުރި 'ކޯސްޓް ގާޑް އިމާދުއްދީން' މަނަވަރު ކޮމިޝަންކުރުމުގެ ރަސްމިއްޔާތުގައި، އެ ގައުމުގެ ހާއްސަ މަންދޫބު ޓިމް...
“ކޯސްޓްގާޑް ޝިޕް އިމާދުއްދީން” ކޮމިޝަންކޮށްފި
އޮސްޓްރޭލިޔާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި "ކޯސްޓްގާޑް ޝިޕް އިމާދުއްދީން" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ކޮމިޝަންކޮށްދެއްވައިފިއެވެ. މިއީ ރާއްޖޭގެ ދިފާއީ ވަސީލަތްތައް ވަރުގަދަކުރުމަށް ސަރުކާރުން...
“އެމްޓީސީސީގެ ގިނަ މަޝްރޫޢުތަކެއް އަންނަ އަހަރު ނިންމަނީ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢުދީ ވިދާޅުވި ގޮތުގައި އެ ކުންފުނިން މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 719...
“އެންމެ ބޮޑު އިޖުތިމާޢީ 3 މައްސަލައަށް ދާއިމީ ހައްލު”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖެއަށް ދިމާވެފައިވާ މަސްތުވާތަކެއްޗާއި، ގޭންގު ކުށްތަކާއި، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް...
މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރުގެ އައު އިމާރާތް ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޖަޕާނު ސަރުކާރުގެ އެހީގައި ވިލިމާލޭގައި ތަރައްގީކުރި ސިފައިންގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) ގެ އައު އިމާރާތް...
