
(ފޮޓޯ ކްރެޑިޓްސްް: ރައްޔިތުންގެ މަޖިލިސް)
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަކުން ފައިސާ ޗާޕު ނުކުރާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ޕީއެންސީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް މިއަދު ވިދާޅުވެއްޖެއެވެ. މަޖިލީހުގެ ޖަލްސާގައި ފަލާހް ވިދާޅުވީ ފައިސާ ޗާޕު ކުރުމަކީ މި ސަރުކާރުން ކުރާނެ ކަމެއް ނޫން ކަމަށެވެ. އެމްޑީޕީގެ ސަރުކާރުން ފައިސާ ޗާޕު ކުރުމުގެ ސަބަބުން މި ގައުމަށް ލިބުނު ގެއްލުން ފެނިގޮސްފައިވާ ކަން ފާހަގަކުރައްވާ ފަލާހް ވިދާޅުވީ މި ސަރުކާރަކީ ބަހާ އަމަލާ ދިމާނުވާ ސަރުކާރެއް ނޫން ކަމަށެވެ.
ފަލާހް އެގޮތަށް ވިދާޅުވި އިރު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ހުޅުމާލެ އިން ބިމެއް ގަނެގެން ސަރުކާރަށް ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. އަދި އެ ބިން ގަތުމަށް 14 ބިލިއަން ރުފިޔާ ޗާޕް ކުރަން ނިންމާފައިވާ ކަމަށް ވެސް އެ ރިޕޯޓުތައް ބުނެއެވެ. ނަމަވެސް މިކަމާ ގުޅިގެން ސަރުކާރުން ވަކި އެއްޗެއް ވިދާޅެއް ނުވެއެވެ. ފަލާހް ވަނީ ރައްޔިތުންނަށް ކަންކަން އޮޅޭގޮތަށް ސިޔާސީ މަންފާއެއް ހާސިލްކުރުމަށް ދޮގު ވާހަކަތައް ނުފެތުރުމަށް އެދިވަޑައިގެންފައެވެ.
ސަރުކާރު ހިންގަން ފެށުމާއެކު ދައުލަތުން ފައިސާ ޗާޕްކުރުން ހުއްޓާލާފައިވާ ކަމަށް ރައީސް ޑރ. މުއިއްޒު ވަނީ ވިދާޅުވެފައެވެ. އަދި މި ސަރުކާރުން ވެރިކަމަށް ވަޑައިގެންނެވިފަހުން ފައިސާ ޗާޕުނުކޮށް 13 ބިލިއަން ރުފިޔާގެ ދަރަނި ދައްކާފައިވާ ކަމަށް ރައީސް ޑރ. މުއިއްޒު ވަނީ މިދިޔަ އަހަރުގެ ޖޫން މަހު ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ، އެންމެ މުހިންމު ވައުދަފުޅަކަށް ވެވަޑައިގެންނެވި ވައުދުފުޅަކީ ފައިސާ ޗާޕު ނުކުރެއްވުން ކަމަށާއި އެއީ ވަރަށް އުނދަގޫ ކަމެއް ކަމަށެވެ. އަދި އެ ނިންމުމަށް އައިއެމްއެފް ފަދަ ބޭރުގެ ފަރާތްތަކުގެ ތައުރީފު ލިބިވަޑައިގެންނެވި ކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ފައިސާ ޗާޕުނުކުރެއްވުމަށް ނިންމެވި ނިންމެވުމުގެ ނަތީޖާ ރަނގަޅު ކަމަށެވެ.
މިދިޔަ ސަރުކާރަކީ މީގެ ކުރީ އެއްވެސް ސަރުކާރުން ފައިސާ ޗާޕު ނުކުރާ ވަރަށް އެކަން ކުރި ސަރުކާރެއް ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ފައިސާ ޗާޕުކުރުމަކީ ޝޯޓްކަޓެއް ކަމަށާއި އެއީ އިހްލާސްތެރި މަގު ނޫން ކަމަށެވެ. “އެއީ ހިތި ބޭހެއް (ފައިސާ ޗާޕުކުރުން ހުއްޓާލުމަކީ) ނަމަވެސް އެއީ ނަތީޖާ ރަނގަޅު ބޭސް. އެ ބޭސް ދިވެހި ރައްޔިތުންނަށް ޓަކައި އަޅުގަނޑުމެން ހިޔާރުކުރީ،” ރައީސް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
“އިމާދުއްދީން މަނަވަރާއެކު އަސްކަރިއްޔާގެ ހައިބަތު ފެނިގެންދާނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮސްޓްރޭލިޔާ ސަރުކާރުން ހަދިޔާކުރި "ކޯސްޓްގާޑް ޝިޕް އިމާދުއްދީން" އަކީ ކަނޑުމަތީގައި ދިވެހި އަސްކަރިއްޔާގެ ހައިބަތާއި ގާބިލުކަން ދައްކުވައިދޭނެ މުހިންމު...
“ރާއްޖެއާއި އޮސްޓްރޭލިޔާގެ އަސްކަރީ ގުޅުން އަންނަނީ ވަރުގަދަވަމުން”
(ފޮޓޯ ކްރެޑީޓްސް: ޕީއެސްއެމް ނިއުސް) އޮސްޓްރޭލިޔާއިން ރާއްޖެއަށް ހަދިޔާކުރި 'ކޯސްޓް ގާޑް އިމާދުއްދީން' މަނަވަރު ކޮމިޝަންކުރުމުގެ ރަސްމިއްޔާތުގައި، އެ ގައުމުގެ ހާއްސަ މަންދޫބު ޓިމް...
“ކޯސްޓްގާޑް ޝިޕް އިމާދުއްދީން” ކޮމިޝަންކޮށްފި
އޮސްޓްރޭލިޔާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި "ކޯސްޓްގާޑް ޝިޕް އިމާދުއްދީން" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ކޮމިޝަންކޮށްދެއްވައިފިއެވެ. މިއީ ރާއްޖޭގެ ދިފާއީ ވަސީލަތްތައް ވަރުގަދަކުރުމަށް ސަރުކާރުން...
“އެމްޓީސީސީގެ ގިނަ މަޝްރޫޢުތަކެއް އަންނަ އަހަރު ނިންމަނީ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢުދީ ވިދާޅުވި ގޮތުގައި އެ ކުންފުނިން މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 719...
“އެންމެ ބޮޑު އިޖުތިމާޢީ 3 މައްސަލައަށް ދާއިމީ ހައްލު”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖެއަށް ދިމާވެފައިވާ މަސްތުވާތަކެއްޗާއި، ގޭންގު ކުށްތަކާއި، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް...
މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރުގެ އައު އިމާރާތް ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޖަޕާނު ސަރުކާރުގެ އެހީގައި ވިލިމާލޭގައި ތަރައްގީކުރި ސިފައިންގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) ގެ އައު އިމާރާތް...
