ރޭ ސިފައިންނާއި ފުލުހުން ގުޅިގެން ފެށި ގައުމީ ސަލާމަތާ ބެހޭ ހާއްސަ ކުއްލި އޮޕަރޭޝަންގައި މިހާތަނަށް ތިން މީހަކު ހައްޔަރުކޮށްފި ކަމަށް، ފުލުހުން ދެންމެ ބުނެފި އެވެ. މި އޮޕަރޭޝަންގައި މާލެއިން ހެންވޭރު ރާޅުގަނޑު ސަރަހައްދުގައި ހުރި ގެއަކާއި ގަލޮޅު ދަނޑު ކައިރީގައި ހުރި ގެއަކަށް ފުލުހުން ވަދެ މިހާރު ވެސް އަންނަނީ ފާސްކުރަމުންނެވެ.
ފުލުހުން އާންމުކުރި ކުރު ބަޔާނެއް ބުނީ މިހާތަނަށް ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. “އެ މީހުންނާ ގުޅުން ހުރި ތަންތަން ބަލައި ފާސްކުރުމުގެ މަސައްކަތް ކުރަމުންދާ ވާހަކަ ދަންނަވަމެވެ،” ފުލުހުންގެ ބަޔާނުގައި ބުންޏެވެ.

(ފޮޓޯ ކްރެޑިޓްސް: ދައުރު)
ހެންވޭރު ރާޅުގަނޑު ސަރަހައްދުގައި ހުރި ގެއެއްގެ ތެރެއަށް ވަން ފުލުހުން ތިބީ މޫނު ނިވާކޮށްގެންނެވެ. އެގޭގެ ބިއްލޫރި ކުޑަދޮރަކުން އެެތެރެ ފެންނަ ބައެއް ފޮޓޯތައް ‘ދައުރު’ގެ ރިޕޯޓަރު ނެގި އެވެ. ބައެއް ފޮޓޯތަކުން ފެންނަނީ ކަޅު ހެދުމެއްގައި މޫނު ނިވާކޮށް ހުރި އަންހެނަކު ފުލުހަކާ އަތުން މުއާމަލާތްކުރާ ތަނެވެ.
ބައެއް މީޑިއާތަކުން ބުނާ ގޮތުގައި އެގެއިން ފިރިހެނަކު ހައްޔަރުކޮށްގެން ވެސް ގެންދިޔަ އެވެ. ގަލޮޅު ދަނޑު ކައިރީގައި ހުރި ގެއެއްގެ ތެރޭގައި ވެސް ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ. އެ ގެ ހުންނަ ޝަބުނަމް މަގު އޮތީ ބަންދުކޮށްފަ އެވެ.
ފުލުހުން ބުނީ އޮޕަރޭޝަނާ ބެހޭ މައުލޫމާތު ހާމަކުރެވެން އޮތް މިންވަރަކުން އާންމުކުރަމުން ގެންދާނެ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
“އިމާދުއްދީން މަނަވަރާއެކު އަސްކަރިއްޔާގެ ހައިބަތު ފެނިގެންދާނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮސްޓްރޭލިޔާ ސަރުކާރުން ހަދިޔާކުރި "ކޯސްޓްގާޑް ޝިޕް އިމާދުއްދީން" އަކީ ކަނޑުމަތީގައި ދިވެހި އަސްކަރިއްޔާގެ ހައިބަތާއި ގާބިލުކަން ދައްކުވައިދޭނެ މުހިންމު...
“ރާއްޖެއާއި އޮސްޓްރޭލިޔާގެ އަސްކަރީ ގުޅުން އަންނަނީ ވަރުގަދަވަމުން”
(ފޮޓޯ ކްރެޑީޓްސް: ޕީއެސްއެމް ނިއުސް) އޮސްޓްރޭލިޔާއިން ރާއްޖެއަށް ހަދިޔާކުރި 'ކޯސްޓް ގާޑް އިމާދުއްދީން' މަނަވަރު ކޮމިޝަންކުރުމުގެ ރަސްމިއްޔާތުގައި، އެ ގައުމުގެ ހާއްސަ މަންދޫބު ޓިމް...
“ކޯސްޓްގާޑް ޝިޕް އިމާދުއްދީން” ކޮމިޝަންކޮށްފި
އޮސްޓްރޭލިޔާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި "ކޯސްޓްގާޑް ޝިޕް އިމާދުއްދީން" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ކޮމިޝަންކޮށްދެއްވައިފިއެވެ. މިއީ ރާއްޖޭގެ ދިފާއީ ވަސީލަތްތައް ވަރުގަދަކުރުމަށް ސަރުކާރުން...
“އެމްޓީސީސީގެ ގިނަ މަޝްރޫޢުތަކެއް އަންނަ އަހަރު ނިންމަނީ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢުދީ ވިދާޅުވި ގޮތުގައި އެ ކުންފުނިން މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 719...
“އެންމެ ބޮޑު އިޖުތިމާޢީ 3 މައްސަލައަށް ދާއިމީ ހައްލު”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖެއަށް ދިމާވެފައިވާ މަސްތުވާތަކެއްޗާއި، ގޭންގު ކުށްތަކާއި، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް...
މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރުގެ އައު އިމާރާތް ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޖަޕާނު ސަރުކާރުގެ އެހީގައި ވިލިމާލޭގައި ތަރައްގީކުރި ސިފައިންގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) ގެ އައު އިމާރާތް...
