
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް)
ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ހިނގި ވެންޓިލޭޓަރު ވައްކަމުގެ މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަޙުޤީޤެއް ހިންގުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ފާސްކޮށްފިއެވެ. ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި ރާއްޖެއަށް 75 ވެންޓިލޭޓަރު ގަތުމަށް 34 މިލިއަން ރުފިޔާ ދުބާއީގެ އެގްޒެކިއުޓާސް ކުންފުންޏާ ހަވާލުކުރިއެވެ. ނަމަވެސް މިހާތަނަށް ލިބިފައިވަނީ އެންމެ 10 ވެންޓިލޭޓަރެވެ.
މި ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް ވިދާޅުވި ގޮތުގައި، މި މައްސަލައިގައި ސަރުކާރުން އާބިޓްރޭޝަނަށް ދިޔަ ނަމަވެސް، 1.88 މިލިއަން ޑޮލަރާއި އެހެނިހެން ޚަރަދުތަކުގެ ފައިސާ ހޯދުމުގައި އެއްވެސް ކުރިއެރުމެއް ލިބިފައިނުވާކަން ބަންޑާރަ ނައިބުގެ އޮފީހުން ކޮމިޓީއަށް އަންގާފައިވެއެވެ.
“އެ ސިއްރު ސިޓީގެ މައިގަނޑު ވާހަކައަކީ މި މައްސަލައިގައި އާބިޓްރޭޝަނަށް ދެވިއްޖެއޭ، އާބިޓްރޭޝަނުން ދިވެހި ސަރުކާރަށް 1.88 މިލިޔަން ޑޮލަރާއި އެހެން ހަރަދުތައް ވަނީ ލައްވައިފައޭ، އެހެންނަމަވެސް އަހަރު ދުވަސްވީ އިރުވެސް މިފައިސާ ހޯދުމުގައި އެއްވެސް ކުރިއެރުމެއް ލިބިފައެއްނެތޭ،” ނާޒިމް ވިދާޅުވިއެވެ. މެންބަރު ނާޒިމް އިތުރަށް ވިދާޅުވީ، މި މައްސަލައަކީ ފުލުހުންގެ މެންޑޭޓްގައި ހިމެނޭ މައްސަލައެއްކަމަށާއި، ފުލުހުންނަށް މި މައްސަލައިގެ ތަޙުޤީޤު ކުރިއަށް ގެންދެވޭނެކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް އައްބާސް ޝަރީފް ލަފާދެއްވާފައިވާ ކަމަށެވެ.
”އޭގެ ބަދަލުގައި މިއީ ވަރަށް ސާފުކޮށް ފެންނަން އޮތް މައްސަލައެއް މި ކުންފުނިން ދިވެހި ސަރުކާރުން މިފައިސާ ލިބިގަތްކަން، އަދި ފައިސާ ހޯދައިފައި އެއްޗެހި ސަޕްލައިނުކޮށްދިންކަން، އެހެންވީމަ މިހާރު ފުރުސަތު އެބައޮތް މަކަރާއި ހީލަތް ދިވެހި ސަރުކާރަށް ހަދާފައި އޮތް ބަޔެކޭ މި ބަޔަކީ،“ ނާޒިމް ވިދާޅުވިއެވެ.
މި މައްސަލައިގައި ކުރިން 11 ފަރާތެއްގެ މައްޗަށް ދަޢުވާކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވީ ނަމަވެސް، ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ވަނީ ހެކި ނެތްކަމަށް ބުނެ މައްސަލަ އަނބުރާ ފޮނުވާލާފައެވެ. މާލިއްޔަތު ކޮމިޓީން މިހާރު ވަނީ މި މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަޙުޤީޤެއް ހިންގައި، މަކަރާއި ހީލަތުގެ ދަޢުވާ އުފުލުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމަށް ފާސްކޮށްފައެވެ.
ކޮވިޑް-19 ގެ ވަބާގެ ތެރޭގައި ރާއްޖެއަށް ގެންނަން ނިންމި ވެންޓިލޭޓަރުތައް ނުގެނައުމުގެ މައްސަލައިގައި، ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއިން ރާއްޖެއަށް ދޭންޖެހޭ 32 މިލިއަން ރުފިޔާ ލިބުމަކީ ނާދިރު ކަމެއްކަމަށް ބަންޑާރަ ނައިބު އަޙްމަދު އުޝާމުވެސް ވަނީ މީގެކުރިން ވިދާޅުވެފައެވެ.
About Post Author
މާދަމާ ނިއުސް
“އިމާދުއްދީން މަނަވަރާއެކު އަސްކަރިއްޔާގެ ހައިބަތު ފެނިގެންދާނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮސްޓްރޭލިޔާ ސަރުކާރުން ހަދިޔާކުރި "ކޯސްޓްގާޑް ޝިޕް އިމާދުއްދީން" އަކީ ކަނޑުމަތީގައި ދިވެހި އަސްކަރިއްޔާގެ ހައިބަތާއި ގާބިލުކަން ދައްކުވައިދޭނެ މުހިންމު...
“ރާއްޖެއާއި އޮސްޓްރޭލިޔާގެ އަސްކަރީ ގުޅުން އަންނަނީ ވަރުގަދަވަމުން”
(ފޮޓޯ ކްރެޑީޓްސް: ޕީއެސްއެމް ނިއުސް) އޮސްޓްރޭލިޔާއިން ރާއްޖެއަށް ހަދިޔާކުރި 'ކޯސްޓް ގާޑް އިމާދުއްދީން' މަނަވަރު ކޮމިޝަންކުރުމުގެ ރަސްމިއްޔާތުގައި، އެ ގައުމުގެ ހާއްސަ މަންދޫބު ޓިމް...
“ކޯސްޓްގާޑް ޝިޕް އިމާދުއްދީން” ކޮމިޝަންކޮށްފި
އޮސްޓްރޭލިޔާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި "ކޯސްޓްގާޑް ޝިޕް އިމާދުއްދީން" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ކޮމިޝަންކޮށްދެއްވައިފިއެވެ. މިއީ ރާއްޖޭގެ ދިފާއީ ވަސީލަތްތައް ވަރުގަދަކުރުމަށް ސަރުކާރުން...
“އެމްޓީސީސީގެ ގިނަ މަޝްރޫޢުތަކެއް އަންނަ އަހަރު ނިންމަނީ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢުދީ ވިދާޅުވި ގޮތުގައި އެ ކުންފުނިން މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 719...
“އެންމެ ބޮޑު އިޖުތިމާޢީ 3 މައްސަލައަށް ދާއިމީ ހައްލު”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖެއަށް ދިމާވެފައިވާ މަސްތުވާތަކެއްޗާއި، ގޭންގު ކުށްތަކާއި، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް...
މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރުގެ އައު އިމާރާތް ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޖަޕާނު ސަރުކާރުގެ އެހީގައި ވިލިމާލޭގައި ތަރައްގީކުރި ސިފައިންގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) ގެ އައު އިމާރާތް...
