
އުރީދޫ މޯލްޑިވްސްއަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް 3.43ރ. ފައިދާގެ ގޮތުގައި ބަހަން ފާސް ކޮށްފިއެވެ. މިގޮތަށް ފާސްކޮށްފައިވަނީ އެ ކުންފުނީގެ މައި އޮފީހުގައި ބޭއްވި އަހަރީ އާންމު ޖަލްސާގައެވެ. އެ އަހަރީ އާންމު ޖަލްސާގައި 74 ހިއްސާދާރުން ބައިވެރިވެފައިވާއިރު، 60 ހިއްސާދާރުން ވަނީ އަމިއްލަ ގޮތުން ބައިވެރިވެފައެވެ. މީގެ އިތުރުން 14 ހިއްސާދާރުން ތަމްސީލުކުރުމަށް 11 ޕްރޮކްސީ ބައިވެރި ވިއެވެ. އާންމު ޖަލްސާގައި ތަމްސީލުކުރި ޖުމްލަ ހިއްސާގެ އަދަދަކީ 134،282،487 ހިއްސާ ކަމަށާއި މިއީ ޖުމްލަ ދޫކޮށްފައިވާ ހިއްސާގެ %90.85 އެވެ.
އަހަރީ އާންމު ޖަލްސާގެ އެޖެންޑާގައި ހިމަނާފައިވާ ގޮތުގެ މަތިން ހިއްސާދާރުން ވަނީ 7 މާޗް 2024 ވާ ބުރާސްފަތި ދުވަހު ބޭއްވި އަހަރީ އާންމު ޖަލްސާ އާއި 15 ޑިސެމްބަރު 2024 ވާ އާދީއްތަ ދުވަހު ބޭއްވި އެކްސްޓްރާ އޯޑިނަރީ އާންމު ޖަލްސާ އާއި 2024 ވަނަ އަހަރުގެ އޮޑިޓަރުންގެ ރިޕޯޓާއެކު އޮޑިޓްކޮށްފައިވާ މާލީ ބަޔާންތަކާއި 2024 ވަނަ އަހަރުގެ ކުންފުނީގެ ޑިރެކްޓަރުންގެ ރިޕޯޓް ފާސްކޮށްފައެވެ. 2025 ވަނަ އަހަރުގެ އޮޑިޓަރުންގެ ގޮތުގައި ކޭ.ޕީ.އެމް.ޖީ ޢައްޔަންކުރުމާއި، އެފަރާތްތަކުގެ މުސާރަ ހިމަނަން ފާސްކޮށްފައެވެ. އަދި 2024 ވަނަ އަހަރުގެ ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 3.43 ރުފިޔާ (ތިން ރުފިޔާ ސާޅީސް ތިން ލާރި) ދިނުމަށް ވެސް ހިއްސާދާރުން ވަނީ ފާސްކޮށްފަ އެވެ.
މީގެ އިތުރުން އުރީދޫ މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑަށް މިސްޓަރ ޖޯޖް ބޯރިންގ ޗަލެނޯރ، ވިކްރަމް ސިންހާ އަދި އަލްފާޟިލާ މޯޒާ މުޙައްމަދު އޭވައި ދަރްވިޝް އަލުން އިންތިޚާބުކޮށް ޢައްޔަންކުރުމަށް ފާސްކޮށްފައިވަނީ މެޖޯރިޓީ ޙިއްޞާދާރު ވަތަނިއްޔާ އިންޓަރނޭޝަނަލް އެފްޒެޑް-އެލްއެލްސީ އިންނެވެ.
About Post Author
މާދަމާ ނިއުސް
“އިމާދުއްދީން މަނަވަރާއެކު އަސްކަރިއްޔާގެ ހައިބަތު ފެނިގެންދާނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮސްޓްރޭލިޔާ ސަރުކާރުން ހަދިޔާކުރި "ކޯސްޓްގާޑް ޝިޕް އިމާދުއްދީން" އަކީ ކަނޑުމަތީގައި ދިވެހި އަސްކަރިއްޔާގެ ހައިބަތާއި ގާބިލުކަން ދައްކުވައިދޭނެ މުހިންމު...
“ރާއްޖެއާއި އޮސްޓްރޭލިޔާގެ އަސްކަރީ ގުޅުން އަންނަނީ ވަރުގަދަވަމުން”
(ފޮޓޯ ކްރެޑީޓްސް: ޕީއެސްއެމް ނިއުސް) އޮސްޓްރޭލިޔާއިން ރާއްޖެއަށް ހަދިޔާކުރި 'ކޯސްޓް ގާޑް އިމާދުއްދީން' މަނަވަރު ކޮމިޝަންކުރުމުގެ ރަސްމިއްޔާތުގައި، އެ ގައުމުގެ ހާއްސަ މަންދޫބު ޓިމް...
“ކޯސްޓްގާޑް ޝިޕް އިމާދުއްދީން” ކޮމިޝަންކޮށްފި
އޮސްޓްރޭލިޔާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި "ކޯސްޓްގާޑް ޝިޕް އިމާދުއްދީން" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ކޮމިޝަންކޮށްދެއްވައިފިއެވެ. މިއީ ރާއްޖޭގެ ދިފާއީ ވަސީލަތްތައް ވަރުގަދަކުރުމަށް ސަރުކާރުން...
“އެމްޓީސީސީގެ ގިނަ މަޝްރޫޢުތަކެއް އަންނަ އަހަރު ނިންމަނީ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢުދީ ވިދާޅުވި ގޮތުގައި އެ ކުންފުނިން މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 719...
“އެންމެ ބޮޑު އިޖުތިމާޢީ 3 މައްސަލައަށް ދާއިމީ ހައްލު”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖެއަށް ދިމާވެފައިވާ މަސްތުވާތަކެއްޗާއި، ގޭންގު ކުށްތަކާއި، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް...
މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރުގެ އައު އިމާރާތް ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޖަޕާނު ސަރުކާރުގެ އެހީގައި ވިލިމާލޭގައި ތަރައްގީކުރި ސިފައިންގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) ގެ އައު އިމާރާތް...
