
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
އައްޑޫއަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ ހައްލު ކުރުމުގެ ގޮތުން އާ ޖެންސެޓެއް ހިފައިގެން އިންޑިއާގެ ބޯޓު މި މަހުހެ 13 ވަނަ މާލެ ބަނދަރު ކުރާނެ ކަމަށް ފެނަކަ ހިތަދޫ ބްރާންޗްއިން ވިދާޅުވެއްޖެއެވެ. އައްޑޫއަށް ކަރަންޓު ފޯރުކޮށްދޭ ފެނަކަ ހިތަދޫ ބްރާންޗުން ވިދާޅުވީ އައްޑޫ ސެންޓްރަލް ޕަވަރ ސްޓޭޝަންގެ ޖެނެރޭޝަންގެ ކެޕޭސިޓީ އިތުރު ކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން ގެންނަ 1،800ކވ ލޯޑް ކުރެވިފައިވާ އުޅަނދު މިހާރު އިންޑިއާގެ ޓުޓިކުރިން ޕޯޓުން ފުރާފައިވާ ކަމަަށެވެ.
އަދި އެ އުޅަނދު މި މަހުގެ 13 ވަނަ ދުވަހު މާލެއަަށް ބަނދަރު ކުރުމަަށް ތާވަލު ކުރެވިފައިވާ ކަމަށްވެސް ވިދާޅުވެފައި ވެއެވެ. ފެނަކަ އިން މީގެ ކުރިން ހާމަކޮށްފައިވާ ގޮތުގައި، އައްޑޫ ސިޓީގެ ހިތަދޫ އާ ގުޅިފައިވާ ރަށްރަށަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ސެންޓްރަލް ޕަވާ ސްޓޭޝަންގެ ޖެނެރޭޓަރުތަކަށް މައްސަލަ ދިމާވެފައިވެއެވެ. މީގެ ސަބަބުން އެ ސަރަހައްދުތަކަށް ބޭނުންވާ ވަރަށް ކަރަންޓު އުފެއްދުމުގައި ދަތިތަކާ ކުރިމަތިލާންޖެހި، އެކި ވަގުތުތަކުގައި އެކި ސަރަހައްދުތަކުން ކަރަންޓު ކަނޑަމުންދާ ކަމަށް ފެނަކައިން ހާމަކޮށްފައިވެއެވެ.
ފެނަކައިން ވިދާޅުވީ ރޯދަމަހަކީ ކަރަންޓުގެ ބޭނުންކުރުން އާންމުކޮށް އިތުރުވާ މަހެއްކަމާއި، އައްޑޫގައި ހިނގަމުންދާ ތަރައްގީގެ މަޝްރޫޢުތަކާ ގުޅިގެން ކަރަންޓުގެ ޑިމާންޑް އިތުރުވަމުންދާ ކަމަށެވެ. އަދި އައްޑޫގެ ކަރަންޓުގެ މައްސަލައަކީ ޒަމާންތަކަކަށް ދިގުލައިގެން ގޮސްފައިވާ އިހުމާލުތަކެއްގެ ނަތީޖާއެއްކަންވެސް ފެނަކައިން ފާހަގަކޮށްފައިވެއެވެ.
ފެނަކައިން ވަނީ ރައްޔިތުންނަށް މެދުކެނޑުމެއްނެތި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ކުރަންޖެހޭ ހުރިހާ ކަމެއްގެ ފުރިހަމަ ޒިންމާ ނަގައިގެން މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ދީފައެވެ. މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުންފުނިން މަސައްކަތްކުރަމުންދާ ކަމަށްވެސް ފެނަކައިން ހާމަކޮށްފައިވެއެވެ.
About Post Author
މާދަމާ ނިއުސް
“އިމާދުއްދީން މަނަވަރާއެކު އަސްކަރިއްޔާގެ ހައިބަތު ފެނިގެންދާނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮސްޓްރޭލިޔާ ސަރުކާރުން ހަދިޔާކުރި "ކޯސްޓްގާޑް ޝިޕް އިމާދުއްދީން" އަކީ ކަނޑުމަތީގައި ދިވެހި އަސްކަރިއްޔާގެ ހައިބަތާއި ގާބިލުކަން ދައްކުވައިދޭނެ މުހިންމު...
“ރާއްޖެއާއި އޮސްޓްރޭލިޔާގެ އަސްކަރީ ގުޅުން އަންނަނީ ވަރުގަދަވަމުން”
(ފޮޓޯ ކްރެޑީޓްސް: ޕީއެސްއެމް ނިއުސް) އޮސްޓްރޭލިޔާއިން ރާއްޖެއަށް ހަދިޔާކުރި 'ކޯސްޓް ގާޑް އިމާދުއްދީން' މަނަވަރު ކޮމިޝަންކުރުމުގެ ރަސްމިއްޔާތުގައި، އެ ގައުމުގެ ހާއްސަ މަންދޫބު ޓިމް...
“ކޯސްޓްގާޑް ޝިޕް އިމާދުއްދީން” ކޮމިޝަންކޮށްފި
އޮސްޓްރޭލިޔާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި "ކޯސްޓްގާޑް ޝިޕް އިމާދުއްދީން" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ކޮމިޝަންކޮށްދެއްވައިފިއެވެ. މިއީ ރާއްޖޭގެ ދިފާއީ ވަސީލަތްތައް ވަރުގަދަކުރުމަށް ސަރުކާރުން...
“އެމްޓީސީސީގެ ގިނަ މަޝްރޫޢުތަކެއް އަންނަ އަހަރު ނިންމަނީ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢުދީ ވިދާޅުވި ގޮތުގައި އެ ކުންފުނިން މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 719...
“އެންމެ ބޮޑު އިޖުތިމާޢީ 3 މައްސަލައަށް ދާއިމީ ހައްލު”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖެއަށް ދިމާވެފައިވާ މަސްތުވާތަކެއްޗާއި، ގޭންގު ކުށްތަކާއި، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް...
މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރުގެ އައު އިމާރާތް ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޖަޕާނު ސަރުކާރުގެ އެހީގައި ވިލިމާލޭގައި ތަރައްގީކުރި ސިފައިންގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) ގެ އައު އިމާރާތް...
