
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ދައުލަތުގެ ބޭރު ފައިސާގެ ރިޒާވްގެ ޖުމްލަ ރިޒާވް 832 މިލިއަން ޑޮލަރަށް އަރައި ބޭނުންކުރެވޭ ރިޒާވް 179 މިލިއަން ޑޮލަރަށް އަރާފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވިދާޅުވެއްޖެއެވެ. އެމްއެމްއޭއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހުގެ ނިޔަލަށް ރަސްމީ ރިޒާވް އެސެޓުގެ ގޮތުގައި 832.1 މިލިއަން ޑޮލަރު ހުއްޓެވެ. ޖެނުއަރީ މަހުގައި މިއަދަދު 708.1 މިލިއަން ޑޮލަރުގައި ހުރިއިރު، މިދިޔަ މަހުގައި 18 އިންސައްތަ ވަނީ އިތުރުވެފައެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ބޭނުން ކުރެވޭ ރިޒާވް ޖެނުއަރީ މަހުގެ ބޭނުން ކުރެވޭ ރިޒާވަށް ވުރެ ވަނީ 63 މިލިއަން ޑޮލަރު އިތުރުވެފައެވެ. މިއީ ޖެނުއަރީ މަހުގެ އަދަދާއި އަޅާބަލާއިރު، 54 އިންސައްތައިގެ އިތުރުވުމެކެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ރިޒާވްގެ ހާލަތު ރަނގަޅުވާން ފަށާފައިވަނީ މަރުކަޒީ ބޭންކު އެމްއެމްއޭއާއި އިންޑިޔާގެ ރިޒާވް ބޭންކާއެކު ހެދި އެއްބަސްވުމެއްގެ ދަށުން 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕެއް ހެދުމާ ގުޅިގެންނާއި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ސަރުކާރުން ތައާރަފުކުރި ބޭރު ފައިސާއާ ބެހޭ ގަވާއިދުގެ ދަށުން ފުރަތަމަ ފަހަަރަށް ނިމުނު ޖަނަވަރީ މަހު ބޭންކުތަކަށް ޑޮލަރު މާރުކުރުމާ ގުޅިގެންނެވެ.
About Post Author
މާދަމާ ނިއުސް
“ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރަށްވުރެ ދަށްނުވާނެކަމުގެ ޔަގީންކަން އެބައޮތް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް އަސަރުކޮށްފައިވީ ނަމަވެސް، މިދިޔަ އަހަރަށްވުރެ...
ކަނޑުއޮތްގިރިން މަސްވެރިންނަށް އައިސް ވިއްކަން ފަށައިފި
(ފޮޓޯ ކްރެޑިޓްސް: މިފްކޯ) ކަނޑުއޮތްގިރީގައި ދުވާލަކު 25 ޓަނުގެ އައިސް އުފެއްދޭ ޕްލާންޓެއް ގާއިމުކޮށް، މަސްވެރިންނަށް އައިސް ވިއްކަން މިފްކޯއިން ވަނީ ފަށާފައެވެ. މީގެ...
ޤާނޫނުގެ އިމުގެ ތެރެއިން މިނިވަންކަން: ޙަޤީޤަތާއި، އަމާނާތްތެރިކަމާއި އަދި ޤައުމީ ހަމަޖެހުން ހިމާޔަތްކުރުން
(ފޮޓޯ ކްރެޑިޓްސް: މިހާރު) ކޮންމެ ދިރުުންހުރި ޑިމޮކްރަސީއެއްގައިވެސް، ފަރުދީ މިނިވަންކަމާއި ޤާނޫނީ ސިޔާދަތާ ދެމެދު ހަމަހަމަކަން ހިފަހައްޓަންޖެހެއެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ...
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާ ކުރަން އުސޫލެއް ތަޢާރަފްކުރަނީ
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާކޮށް، ހުރިހާ ޕާޓީއަކުން އެއް އުސޫލަކުން ޢަމަލުކުރާނެ ގަވާއިދެއް އެކުލަވާލުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން (އީސީ) ފަށައިފިއެވެ. އީސީން...
ހަވާއެރުވުމާއެކު މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތް ބާއްވައިފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތްތައް، ރައީސުލްޖުމްހޫރިއްޔާ...
“ޒަކާތު ފަންޑުގެ އިންވެސްޓްމަންޓުތަކުން، އުނިކަމެއް ނާންނާނެ”
ޒަކާތު ފަންޑުގެ ފައިސާ އިންވެސްޓްކުރަނީ ފަޤީރުންނާއި މިސްކީނުންގެ ޙައްޤުތަކަށް އުނިކަން ނާންނާނެހެން، އިސްލާމީ ޝަރީޢަތުގެ އުސޫލުތަކާ އެއްގޮތަށް ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކޮށްފިއެވެ....
