
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް)
އިސްރާއީލު ޕާސްޕޯޓް މަނާކުރެވެނީ އިމިގްރޭޝަންގެ ޤާނޫނަށް އިސްލާހު ގެނައުމުންކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިފަދައިން ވިދާޅުވީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް ލިޔުމުން ޖަވާބު ހޯއްދެވުމަށް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
މެމްބަރު ވަނީ ރާއްޖޭގެ ފޮރިން ސަރވިސަސް ޤާނޫނު ނިޔާކުރާގޮތުން ދިވެހި ދައުލަތުން ބޭރު ދައުލަތްތައް ޤަބޫލުކުރުމާއި އެ ޤަބޫލުކުރުން އަނބުރާ ގެންދިޔުމާއި ގުޅޭގޮތުން ބޭރު ޤައުމުތަކާއެު ރާއްޖެއިން ސިޔާސީ ގުޅުން ޤާއިމުކުރުމާއި ޤާއިމުކޮށްފައި އޮތް ސިޔާސީ ގުޅުން ކަނޑާލުމާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާދީ، ރައީސުލްޖުމްހޫރިއްޔާގެ ނިންމުންތައް ތަންފީޒު ކުރުމަކީ މިނިސްޓަރުގެ މައްސޫލިއްޔަތެއް ކަމަށްވީނަމަވެސް އިސްރާއިލް ޕާސްޕޯޓާއެކު ރާއްޖެއަށް އެތެރެވުން މަނާކުރުމަށް 2 ޖޫން 2024 ގައި ނިންމި ނިންމުން އަދިވެސް ތަންފީޒު ނުވަނީ ކީއްވެގެންތޯ ސުވާލު ކުރައްވާފައެވެ.
މި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އިސްރާއީލުގެ ޕާސްޕޯޓްގައި ދިވެހިރާއްޖެ އެތެރެވުން މަނާކުރުމަށް ވަޒީރުންގެ މަޖިލީހުން 2 ޖޫން 2024 ގައި ރައީސުލްޖުމްހޫރިއްޔާ ނިންމެވި ކަމަށާއި އެ ނިންމުން ތަންފީޒު ކުރެއްވުމަށްޓަކައި އިމިގްރޭޝަންގެ ޤާނޫނަށް އިސްލާހު ގެންނަންޖެހޭކަން ފާހަގަކުރައްވާފައެވެ. މިނިސްޓަރު ވިދާޅުވީ އެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހު މިވަގުތު އޮތީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީ (241) ގައި ކަމާއި ގުޅުން ހުރި ފަރާތްތައް ހާޒިރުކޮށްގެން ދިރާސާ ކުރުމުގެ މަރުހަލާގައި ކަމަށެވެ.
އެހެންކަމުން އެ އިސްލާހު ޤާނޫނަކަށްވުމުން އިސްރާއީލުގެ ޕާސްޕޯޓްގައި ދިވެހިރާއްޖެ އެތެރެވުން މަނާކުރުން ތަންފީޒު ކުރަން މަގުފަހިވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު އިތުރަށް ވިދާޅުވީ އިސްރާއިލުން ފަލަސްތީނާއި ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަނިޔާތައް ސަރުކާރުން ކުށްވެރިކޮށް އެފަދަ ކަންކަން ހުއްޓާލުމަށް ގޮވާލާ ބައިނަލްއަޤްވާމީ މަޝްރަހުގެ ސަަމާލުކަން ގެނައުމަށް ބައިނަލްއަޤްވާމީ ފޯރަމްތަކުގައި އިސްލާމީ ޤައުމުތަކާއެކު ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.
މުޅި އިސްލާމީ އުއްމަތަށް އިސްރާއީލުން ޖައްސަމުންދާ ގިލަންވެރިކަމާއި އާފާތް ކުށްވެރިކޮށް އެކަމާއި ކަނޑައެޅިގެން ދެކޮޅުކަން ހާމަކޮށްދިނުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް ގޮތުގައި އިސްރާއީލް ޕާސްޕޯޓް މިހާރުން މިހާރަށް މަނާކުރުމަށް އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލް އަވަހަށް ފާސްކުރުމަށް މިދޔަ އަހަރު މަޖިލީހަށް ޤަރާރެއް ވެސް ހުށަހެޅިއެވެ. ނަމަވެސް އެ ޤަރާރު ވަނީ ބޭރުކޮށްލާފައެވެ.
About Post Author
މާދަމާ ނިއުސް
“ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރަށްވުރެ ދަށްނުވާނެކަމުގެ ޔަގީންކަން އެބައޮތް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް އަސަރުކޮށްފައިވީ ނަމަވެސް، މިދިޔަ އަހަރަށްވުރެ...
ކަނޑުއޮތްގިރިން މަސްވެރިންނަށް އައިސް ވިއްކަން ފަށައިފި
(ފޮޓޯ ކްރެޑިޓްސް: މިފްކޯ) ކަނޑުއޮތްގިރީގައި ދުވާލަކު 25 ޓަނުގެ އައިސް އުފެއްދޭ ޕްލާންޓެއް ގާއިމުކޮށް، މަސްވެރިންނަށް އައިސް ވިއްކަން މިފްކޯއިން ވަނީ ފަށާފައެވެ. މީގެ...
ޤާނޫނުގެ އިމުގެ ތެރެއިން މިނިވަންކަން: ޙަޤީޤަތާއި، އަމާނާތްތެރިކަމާއި އަދި ޤައުމީ ހަމަޖެހުން ހިމާޔަތްކުރުން
(ފޮޓޯ ކްރެޑިޓްސް: މިހާރު) ކޮންމެ ދިރުުންހުރި ޑިމޮކްރަސީއެއްގައިވެސް، ފަރުދީ މިނިވަންކަމާއި ޤާނޫނީ ސިޔާދަތާ ދެމެދު ހަމަހަމަކަން ހިފަހައްޓަންޖެހެއެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ...
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާ ކުރަން އުސޫލެއް ތަޢާރަފްކުރަނީ
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާކޮށް، ހުރިހާ ޕާޓީއަކުން އެއް އުސޫލަކުން ޢަމަލުކުރާނެ ގަވާއިދެއް އެކުލަވާލުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން (އީސީ) ފަށައިފިއެވެ. އީސީން...
ހަވާއެރުވުމާއެކު މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތް ބާއްވައިފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތްތައް، ރައީސުލްޖުމްހޫރިއްޔާ...
“ޒަކާތު ފަންޑުގެ އިންވެސްޓްމަންޓުތަކުން، އުނިކަމެއް ނާންނާނެ”
ޒަކާތު ފަންޑުގެ ފައިސާ އިންވެސްޓްކުރަނީ ފަޤީރުންނާއި މިސްކީނުންގެ ޙައްޤުތަކަށް އުނިކަން ނާންނާނެހެން، އިސްލާމީ ޝަރީޢަތުގެ އުސޫލުތަކާ އެއްގޮތަށް ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކޮށްފިއެވެ....
