
އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) ޖަމްޢިއްޔާގެ މަސައްކަތްތަކާއި އޮޑިޓްތަކާ ގުޅޭގޮތުން ފަތުރަމުންދާ ވާހަކަތަކަށް އެ ޖަމްޢިއްޔާއިން ރައްދު ދީފިއެވެ. އެ ޖަމްޢިއްޔާއިން ކުރާ މަސައްކަތްތަކާއި އޮޑިޓްތަކާ ގުޅޭގޮތުން ފަތުރަމުންދާ ވާހަކަތަކާ ގުޅިގެން ވަނީ ބަޔާނެއް ނެރެފައެވެ. މި ބަޔާނުގައި އެ ޖަމްޢިއްޔާގެ މަސައްކަތްތަކާއި އޮޑިޓްތަކާ ގުޅޭ ތަފްސީލީ މަޢުލޫމާތު ހިމަނައި، އެ ޖަމްޢިއްޔާއާ ދެކޮޅަށް ފަތުރަމުންދާ ވާހަކަތަކަށް ރައްދު ދީފައިވެއެވެ. އައިއޭސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ޖަމްޢިއްޔާއަކީ 2017 ވަނަ އަހަރު މަދަނީ ޖަމްޢިއްޔާތަކެއް ގުޅިގެން ސީރިޔާއަށް އެހީވުމަށް ޓަކައި އުފެއްދި ޕްލެޓްފޯމެއް ކަމަށެވެ. އަދި 2020 ވަނަ އަހަރުގެ ޖަނަވަރީ 28 ގައި ވަކި ޖަމްޢިއްޔާއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރެވުނު ކަމަށާއި، އޭގެ ފަހުން ދިވެހިންގެ އިތުބާރާއެކު ބައިނަލްއަޤްވާމީ ފެންވަރުގައި ދިވެހިރާއްޖެ ތަމްސީލުކުރަމުން އަންނަ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
އައިއޭސީގެ ކޮންމެ ހަރަކާތަކީ ވެސް އެ ހަރަކާތެއް ކުރިއަށް ގެންދާ ޤައުމެއްގެ ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެންމެހައި ހުއްދަތަކާއެކު ކުރިއަށް ގެންދާ ހަރަކާތްތަކެއް ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އަދި އެންމެ ފުރަތަމަ ދުވަހުން ފެށިގެން ޖަމްޖަމްޢިއްޔާގެ އެންމެހައި މަސައްކަތްތައް ކުރެވެމުން އައީ ލިޔެކިޔުންތައް ބަރާބަރަށް ބަލަހައްޓައި، ޖަމްޢިއްޔާގެ އަހަރީ ރިޕޯޓް ވެސް ގަވާއިދުން މިނިސްޓްރީއަށް ހުށަހަޅަމުން ކަމަށް ވެސް ބުނެފައިވެއެވެ.
އައިއޭސީގެ 2020، 2021 އަދި 2022 ވަނަ އަހަރުގެ އޮޑިޓަކީ ވެސް އަންކޮލިފައިޑް، ސާފު އޯޑިޓް ރިޕޯޓްތަކެއް ކަމަށާއި، ކުރިއަށް ނުނިމި ހުރި އޯޑިޓްތައް ވެސް ވީ އެންމެ އަވަސް ގޮތެއްގައި އާންމުކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އަދި އެ ޖަމިއްޔާއިން ކޮށްފައިވާ އެންމެހާ ޚަރަދުތައް އޯޑިޓް ރިޕޯޓްތަކުގެ ފައިނޭންސް ސްޓޭޓްމަންޓްގައި ތަފްސީލުކޮށް ފެންނަން ހުންނާނެ ކަމަށާއި، އައިއޭސީގެ އޯޑިޓްތަކަކީ ވަރަށް ތަފްސީލީ ދެފުށް ފެންނަ ރިޕޯޓްތަކެއް ކަމަށް އެ ޖަމްޢިއްޔާ މެދުވެރިކޮށް އެހީ ފޯރުކޮށްދޭ ފަރާތްތަކަށް ޔަގީންކޮށްދޭ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.
އައިއޭސީގެ ބޯޑު މެންބަރުންނާއި، މުވައްޒަފުންނާ ގުޅޭ ގޮތުން ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށާއި، އެއްވެސް ހައްގަކާ ނުލައި އެހެން އިންސާނެއްގެ ބޮލުގައި ދޮގު ތުހުމަތު އަޅުވައި، ވަގު ބަދުނާމު އެޅުވުމަކީ ހުއްދަވެގެންވާނެ ކަމެއް ނޫން ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ. އައިއޭސީން އެދެނީ، އެ ޖަމްޢިއްޔާ މެދުވެރިކޮށް އެހީވާ އަދި އެހީވާން ބޭނުންވާ ފަރާތްތަކަށް އެ ޖަމްޢިއްޔާގެ މަސައްކަތްތަކާމެދު ސުވާލެއް އުފެދޭނަމަ ސީދާ އެ ޖަމްޢިއްޔާއާ ގުޅުމަށެވެ. އަދި އެއްވެސް ހާލަތެއްގައި މީސްމީޑިއާގައި ފެތުރޭ ވާހަކަތަކުގައި ޖެހި ޙަޤީޤަތް ބެލުމެއް ނެތި އެ ވާހަކަތައް ފެތުރުމުން ދުރުހެލިވުމަށް ނަސޭހަތްތެރިވެފައިވެއެވެ.
އައިއޭސީން ބުނެފައިވަނީ، މިވަގުތާ ހަމައަށް ވެސް އެ ޖަމްޢިއްޔާ މެދުވެރިކޮށް އެހީވެދޭ ފަރާތްތަކުގެ އަދަދު މަދުނުވެ، އިތުރުވަމުން ގޮސްފައިވަނީ އެ ޖަމްޢިއްޔާ ފެށުނީއްސުރެ ގެންގުޅެމުންދިޔަ ދެފުށްފެންނަ އުސޫލުތަކުގެ ސަބަބުން ކަމަށް އެ ޖަމްޢިއްޔާއިން ޤަބޫލުކުރާ ކަމަށެވެ. އަދި ރައްޔިތުން މިއަދާ ހަމައަށް ވެސް އެ ޖަމްޢިއްޔާއަށް ކުރާ އިތުބާރުގެ ސަބަބަކީ އެއީ ކަމުގައި އެ ޖަމްޢިއްޔާއިން ދެކޭ ކަމަށާއި، އެ ޖަމްޢިއްޔާ ދެމިތިބޭނީ ހަމަ ރައްޔިތުންގެ އިތުބާރާއެކު ރައްޔިތުންގެ ޚިދުމަތުގައި ކަން ކަށަވަރުކޮށްދީފައިވެއެވެ.
About Post Author
މާދަމާ ނިއުސް
“ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރަށްވުރެ ދަށްނުވާނެކަމުގެ ޔަގީންކަން އެބައޮތް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް އަސަރުކޮށްފައިވީ ނަމަވެސް، މިދިޔަ އަހަރަށްވުރެ...
ކަނޑުއޮތްގިރިން މަސްވެރިންނަށް އައިސް ވިއްކަން ފަށައިފި
(ފޮޓޯ ކްރެޑިޓްސް: މިފްކޯ) ކަނޑުއޮތްގިރީގައި ދުވާލަކު 25 ޓަނުގެ އައިސް އުފެއްދޭ ޕްލާންޓެއް ގާއިމުކޮށް، މަސްވެރިންނަށް އައިސް ވިއްކަން މިފްކޯއިން ވަނީ ފަށާފައެވެ. މީގެ...
ޤާނޫނުގެ އިމުގެ ތެރެއިން މިނިވަންކަން: ޙަޤީޤަތާއި، އަމާނާތްތެރިކަމާއި އަދި ޤައުމީ ހަމަޖެހުން ހިމާޔަތްކުރުން
(ފޮޓޯ ކްރެޑިޓްސް: މިހާރު) ކޮންމެ ދިރުުންހުރި ޑިމޮކްރަސީއެއްގައިވެސް، ފަރުދީ މިނިވަންކަމާއި ޤާނޫނީ ސިޔާދަތާ ދެމެދު ހަމަހަމަކަން ހިފަހައްޓަންޖެހެއެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ...
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާ ކުރަން އުސޫލެއް ތަޢާރަފްކުރަނީ
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާކޮށް، ހުރިހާ ޕާޓީއަކުން އެއް އުސޫލަކުން ޢަމަލުކުރާނެ ގަވާއިދެއް އެކުލަވާލުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން (އީސީ) ފަށައިފިއެވެ. އީސީން...
ހަވާއެރުވުމާއެކު މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތް ބާއްވައިފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތްތައް، ރައީސުލްޖުމްހޫރިއްޔާ...
“ޒަކާތު ފަންޑުގެ އިންވެސްޓްމަންޓުތަކުން، އުނިކަމެއް ނާންނާނެ”
ޒަކާތު ފަންޑުގެ ފައިސާ އިންވެސްޓްކުރަނީ ފަޤީރުންނާއި މިސްކީނުންގެ ޙައްޤުތަކަށް އުނިކަން ނާންނާނެހެން، އިސްލާމީ ޝަރީޢަތުގެ އުސޫލުތަކާ އެއްގޮތަށް ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކޮށްފިއެވެ....
