
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ފްލެޓް ލިބިފައިވާ އެއްވެސް ފަރާތަކަށް ކަނޑައަޅާފައިވާ ފްލެޓް މިހާތަނަށް އެހެން ފަރާތަަކަށް ހަމަޖައްސާފައި ނުވާ ކަމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާ ސްޓްރަކްޗަރ އިން ވިދާޅުވެއްޖެއެވެ. މިނިސްޓްރީ އިން ވަނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިމާރާތް ކުރެވެމުންދާ 4000 ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓް ވެރިފައިކުރުމަށް ކުރެވުނު މަސައްކަތާ ގުޅޭ ގޮތުން މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީން ދެއްކެވި ވާހަކަ ދޮގު ކޮށްފައެވެ.
މިނިސްޓްރީ އިން ވިދާޅުވެފައި ވަނީ 27 ފެބުރުވަރީ 2025 ވަނަ ދުވަހު އިޢުލާނުކުރި ލިސްޓަކީ 15 ނޮވެންބަރު 2023 ގައި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރެވުނު ލިސްޓުގައި ފްލެޓް ލިބޭ ފަރާތްތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ފަރާތްތަކުގެ ފޯމުތަކާއި ގުޅޭ ގޮތުން އެންޓި-ކޮރަޕްޝަން ކޮމިޝަނުން ހިންގެވި ތަޙުޤީޤަށްފަހު ދެއްވާފައިވާ ލަފައާއި ގުޅިގެން ފްލެޓް ލިބޭނެ ކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުގެ ފޯމުތަކުގައި ހުރި މަޢުލޫމާތު ބަލައި ސައްޙަކަން ކަށަވަރުކުރުމަށް ކުރިއަށް ގެންދެވުނު މަސައްކަތަށްފަހު ނެރުނު ލިސްޓެއް ކަމަށެވެ.
އަދި ފްލެޓް ދިނުމުގައި ޢަމަލުކުރާނެ އާ އުޞޫލެއް ވެސް އެކަށައަޅާފައެއް ނުވާނެ ކަމަށާއި، މިކަމުގައި ޢަމަލުކޮށްފައިވަނީ ލިޔެ ރަސްމީކޮށް އިޢުލާނުކޮށް ޝާއިޢުކޮށްފައިވާ އުޞޫލުގައި ބަޔާންކޮށްފައިވާ ގޮތަށާއި ފޯމުތައް އިވެލުއޭޓް ކުރުމަށް ކުރީ ސަރުކާރުން އެކަށައެޅި ގެދޮރުވެރިން ކޮމިޓީގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އެކަށައަޅާފައިވާ ގައިޑްލައިންގައި ބަޔާންކޮށްފައިވާ ގޮތަށެވެ. ހަމައެގޮތުން ފްލެޓް ލިބިފައިވާ އެއްވެސް ފަރާތަކަށް ކަނޑައަޅާފައިވާ ފްލެޓް މިހާތަނަށް ވެސް އެހެން ފަރާތަކަށް ހަމަޖައްސާފައި ނުވާނެ ކަމަށާއި، އެ ފަރާތްތަކުން ހުށަހަޅާ ޝަކުވާތައް ބަލައި ގޮތެއް ނިންމުމަށްފަހު މެނުވީ އެއްވެސް ފަރާތަކަށް ލިބިފައިވާ ފްލެޓެއް އެހެން ފަރާތަކަށް ދިނުމަށް ކަނޑަނޭޅޭނެ ކަމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާ ސްޓްރަކްޗަރ އިން ވަނީ ވިދާޅިވެފައެވެ. އެއްވެސް ފަރާތަކަށް ލިބިފައިވާ ޕޮއިންޓަށް ބަދަލު އައިސްފައިވާނަމަ އައިސްފައިވާނީ ފޯމުލީ ފަރާތުން ދީފައިވާ މަޢުލޫމާތާއި ޚިލާފަށް ޕޮއިންޓް ދީފައިވާނަމައެވެ. އެކަން ފޯމު ލީ ފަރާތްތަކަށް ޕޯޓަލްއިން އެނގެން ހުންނާނެއެވެ.
ލިޔެކިޔުންތަކުން ފެންނަ މާލޭގައި ދިރުއުޅުން މެދުކެނޑިފައިވާ މުއްދަތުތަކުގައި ހުށަހަޅާފައިވާ ރަސްމީ ލިޔުންތައް އެއީ މެދުކެނޑުން ގުޅުވުމަށް ބެލިދާނެފަދަ ޙާލަތެއް ނަމަ އެފަދަ ލިޔުންތަކަށް ރިޢާޔަތްކޮށްފައިވާނެއެވެ. އަދި، މާލެ ކައިރީ ރިސޯޓެއްގައި ނުވަތަ ބޯޓެއްގައި ވަޒީފާ އަދާކުރާ ފަރާތްތަކަށް އޭނާގެ އަނބި/ފިރި އަދި ދަރީން ނުވަތަ ޢާއިލާގެ ދިރިއުޅުން މާލޭގައި ބިނާކޮށްފައިވާކަން އެނގެން އޮތްނަމަ އޭނާ މާލޭގައި އުޅޭ މުއްދަތުގެ ތެރޭގައި ބަލާފައިވާނެއެވެ. އަދި ހަމައެހެންމެ، އެފަރާތް މަސައްކަތް ކުރާކަން އެނގެން ނެތް މުއްދަތުގައި އަނބި/ފިރި މާލޭގައި މަސައްކަތް ކުރާކަން އެނގެން އޮތްނަމަވެސް އެ މުއްދަތު ބަލާފައިވާނެއެވެ.
ކައުންސިލްތަކުން ދީފައިވާ ލިޔުންތަކު ތެރޭގައި ފާހަގަ ކުރެވިފައިވަނީ މާލެ ސިޓީ ފިޔަވައި އެހެން ސިޓީތަކާއި ރަށްތަކުގެ ރަށު ކައުންސިލްތަކުން ދީފައިވާ ލިޔުންތަކެވެ. ވުމާއެކުމި ލިޔުންތަކުގެ ތެރޭގައި މާލޭ ސިޓީ ކައުންސިލުން ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މޭޔަރުކަމުގައި ލިޔުން ދީފައި ހުރި ވާހަކައަކީ ޙަޤީޤަތެއް ނެތް ވާހަކަތަކެއް ކަމަށް ވެއެވެ.
- ދެމަފިރިންނަށް އެއް ސްކީމަކުން ފްލެޓް ދިނުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫނެވެ. ދެމަފިރިންނަށް މި ސްކީމުގެ ތެރެއިން 2 ފްލެޓެއް ނުލިބޭނެއެވެ. 15 ނޮވެންބަރު 2023 ގައި އިޢުލާންކުރި ލިސްޓުގައި ނެތް ފަރާތެއް މި ލިސްޓުގައި ހިމަނާފައި ނުވާނެއެވެ. އަދި ދެމަފިރިން ހިމެނިފައިވާނަމަ އެދެފަރާތަށް ވަކިން 2 ފްލެޓެއް ނުލިބޭނެކަން ވެސް ވަނީ ފާހަގަކޮށްފައެވެ.
ވެރިފިކޭޝަނަށް ފަހު ނެރެފައިވާ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ދެވިފައިވާ ފުރުޞަތަކީ ވެރިފިކޭޝަންގައި މިނިސްޓްރީން އެޕްލިކޭޝަން ފޯމެއްގައި ހުރި މަޢުލޫމާތާއި ހުށަހަޅާފައިވާ ލިޔުންތައް ބެލުމުގައި ގޯސްކޮށް ކަމެއް ކުރެވިފައިވާނަމަ އެކަން ރަނގަޅު ކުރުމަށް ދެވިފައިވާ ފުރުޞަތެކެވެ. އިތުރު ލިޔުންތައް ހުށަހަޅަން ފުރުޞަތު ނުދެވެނީ މިއީ އިވެލުއޭޝަނަށްފަހު ނެރެވުނު ވަގުތީ ލިސްޓާއި ގުޅިގެން ހުޅުވާލެވުނު ޝަކުވާ ހުށަހެޅުމުގެ މުއްދަތުގައި ލިޔުން ހުށަހެޅުމަށް ފުރުޞަތު ދެވި ފައިނަލް ކުރެވިގެން ނެރެފައިވާ ލިސްޓެއް އިތުރަށް ޗެކް ކުރަން ކުރެވުނު މަސައްކަތަކަށްވާތީ ކަމަށް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
މި 4000 ފްލެޓް ލިބުމުގެ ފުރުޞަތު ނުލިބޭ ފަރާތްތައް އަލުން ބޯހިޔާވަހިކަމަށް ހުށަހެޅުމުގެ ތަކުލީފު ތަހަންމަލު ކުރަންނުޖެހޭނެކަމާއި، ބޯހިޔާވަހިކަމާއި ގެދޮރުވެރިކަމަށް ބޭނުންޖެހިފައިވާ ކޮންމެ ދިވެހި ރައްޔިތަކަށް އެ ފުރުޞަތު ކަށަވަރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުގެ ދަށުން، މި ފަރާތްތަކަށް ވެސް މި ދައުރުގައި ބޯހިޔާވަހިކަމުގެ ފުރުޞަތު ލިބިގެންދާނެކަމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އިން ވަނީ ވިދާޅުވެފައެވެ.
About Post Author
މާދަމާ ނިއުސް
ސީ-ޓު-އެއަރ ކާގޯ: މިދިޔަ މަހު 7 ޤައުމަކަށް 162 ޓަނުގެ މުދާ
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މިދިޔަ މޭ މަހު ރާއްޖޭގެ ސީ-ޓު-އެއަރ ކާގޯ ޚިދުމަތް މެދުވެރިކޮށް 5 އެއާލައިނެއްގައި 7 ޤައުމަކަށް 162 ޓަނުގެ މުދާ...
މިފްކޯއަށް މިއަދު މަސް ގަންނަނީ 20ރ. އަށް
(ފޮޓޯ ކްރެޑިޓްސް: މަސްވެރިކަމާބެހޭ ވުޒާރާ) މިދުވަސްވަރު ރާއްޖޭގެ މަސްވެރިކަން ދަށްވުމާ ގުޅިގެން މަހުގެ ޑިމާންޑް އިތުރުވެ، މިފްކޯއިން މަސް ގަންނަ އަގު ކިލޯއަކަށް 20...
އޮސްޓްރޭލިއާ ފަތުރުވެރިންގެ އަދަދު މައްޗަށް
އޮސްޓްރޭލިއާއިން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު %16 އިތުރުވެ، އެ ގައުމު މިހާރު ވަނީ ރާއްޖޭގެ މާކެޓުގެ 9 ވަނައަށް...
މިފްކޯގެ ސީއީއޯ ގދ.ތިނަދޫ މަސްވެރިންނާ ބައްދަލުކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: މިފްކޯ) މިފްކޯގެ ސީއީއޯ މުޙައްމަދު އަނަސް ތިނަދޫ ސިޓީގެ މަސްވެރިންނާ ބައްދަލުކުރައްވައި، އެފަރާތްތަކުގެ ކަންބޮޑުވުންތައް އޮޅުންފިލުއްވައިފިއެވެ. މި ޒިޔާރަތަކީ މިފްކޯގެ މަރުކަޒުތަކުގެ...
“ކަނޑުތަކުގެ ދިރާސާކޮށް ދެމެހެއްޓެނެވި ގޮތެއްގައި އިޤްތިޞާދު ސިންދަފާތުކުރަންޖެހޭ”
(ފޮޓޯ ކްރެޑިޓްސް: މަސްވެރިކަމާއިބެހޭ ވުޒާރާ) މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދުގެ މައިނާރެހަކީ ކަނޑުތައް ކަމަށްވީނަމަވެސް، މޫސުމަށް...
މާލީ ވަޒީރަކަށް ޙަސަން ޒަރީރު ޢައްޔަންކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބޭހޭ ވަޒީރުގެ މަޤާމަށް ޙަސަން ޒަރީރު މިއަދު...
