
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް)
ސުލްހަވެރި އިހުތިޖާޖު ކުރަން އިދިކޮޅު އެމްޑީޕީން ދާންވީ ކާނިވަލަށް ކަމަށް ބާރަށު ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ. ޝުޖާއު މިފަދައިން ވިދާޅުވީ، މިސަރުކާރާއި ދެކޮޅަށް އިދިކޮޅުން ކުރިއަށް ގެންދާ ސުލްހަވެރި އިހުތިޖާޖަށް ފުލުހުން މެދުވެރިކޮށް ހުރަސް އަޅަމުން އަންނަ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުން އަންނަ ދަނޑިވަޅެއްގައެވެ. އެގޮތުން “އެކްސް”ގައި ކުރި ޕޯސްޓެއްގައި ޝުޖާއު ވިދާޅުވީ، އެބޭފުޅުން އިދިކޮޅުގަ ތިބެގެން ކުރީ ސުލްހަވެރި އިހުތިޖާޖެއް ނޫނޯ އެމްޑީޕީން އެބަ ބުނާ ކަމަށާއި ހަމައެކަނި ސުލްހަވެރި އިހުތިޖާޖު ކުރަނީ އެމްޑީޕީން ކަމަށެވެ.
ޝުޖާއު ވިދާޅުވީ، ގައުމު ހަލަބޮލި ކުރަން އެމްޑީޕީއަށް ފުރުސަތެއް ނުދެވޭނެ ކަމަށެވެ.
އަޅުގަނޑުމެން އިދިކޮޅުގަ ތިބެގެން ކުރީ ސުލްހަވެރި އިހްތިޖާޖެއް ނޫނޯ!MDP ކުރަނީ ސުލްހަވެރި އިހްތިޖާޖޯ!ޤައުމު ހަލަބޮލިކުރަން MDP އަށް ފުރުޞަތެއް ނުދެވޭނެ.
އަޅުގަނޑުމެންގާތު ތިބޭފުޅުން ވިދާޅުވީ ސުލްހަވެރި އިހްތިޖާޖު ކުރަން ކާނިވަލަށްދާން.ތިބޭފުޅުން ވެސް ކާނިވަލަށް ދާންވީނުން @faya_i— Ibrahim Shujau (@IbrahimShujaau) March 8, 2025
އަދި އެބޭފުޅުން އިދިކޮޅުގައި އޮތްއިރު، އެމްޑީޕީން ބުނީ ސުލްހަވެރި އިހުތިޖާޖު ކުރަން ކާނިވަލަށްދާން ކަމަށާއި އެހެން ކަމުން އެމްޑިޕީން ވެސް ސުލްހަވެރި އިހުތިޖާޖު ކުރަން ދާންވީ ކާނިވަލަށް ކަމަށް ޝުޖާއު ވިދާޅުވިއެވެ. މީގެ އިތުރުން ވެސް ޝުޖާއު ވަނީ އެމްޑީޕީން ވެރިކަމުގައި އޮތްއިރު، އިދިކޮޅުން ކުރިއަށް ގެންދިޔަ އިހުތިޖާޖުގެ ފޮޓޯ ހިއްސާކޮށް، އެބޭފުޅުން އޭރު ކަންކަން ކުރެއްވި ގޮތް ކިޔާދެއްވާފައެވެ. އެމްޑީޕީން ރޭ އިހުތިޖާޖު ކޮށްފައިވާއިރު، މިރޭ ވެސް އެޕާޓީން ވަނީ މާލޭގައި އިހުތިޖާޖުކޮށްފައެވެ. އެމްޑީޕީން ބުނި ގޮތުގައި މި އިހުތިޖާޖުތަކަކީ އެޕާޓީން ސިލްސިލާކޮށް ކުރިއަށް ގެންދާ ހަރަކާތެކެވެ.
About Post Author
މާދަމާ ނިއުސް
އެމްއެމްއޭގެ އޮފީސް އިމާރާތެއް ހުޅުމާލޭގައި ތަރައްގީކުރަނީ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ދައުލަތުގެ ޚަޒާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި ހުޅުމާލޭގައި އެމްއެމްއޭގެ އައު އޮފީސް އިމާރާތެއް ކޮންޓްރެކްޓަރ ފައިނޭންސިންގ...
ޓްރެފިކް މޮނިޓަރިން ސެންޓަރެއް ޤާއިމުކުރަނީ
ޓްރެފިކް މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ޓްރެފިކް މޮނިޓަރިންގ ސެންޓަރެއް ޤާއިމުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު...
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
