
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް)
ރާއްޖޭގައި ވެރިކަން ކޮށްފައިވާ ކުރީގެ ރައީސުން ކެޔޮކޭވަރު އިނގޭނީ ބިތުފަންތި ނެގުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެއެވެ. މުހައްމަދު އިސްމާއިލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިވެހިރާއްޖެ 2008 ޑިމޮކްރަސީ ބަލައިންގަނެ ވެރިކަމުގެ ފަސް އަހަރު ދައުރު ފުރިހަމަކޮށްފައިވާ ބައެއް ކުރީގެ ރައީސުން މިއަދު ގޭގެތެރޭގައާއި ޖަގަހަތަކުގައާއި ސިޔާސީ ޕޯޑިޔަމް ތަކުގަ ދައްކަވަމުންދާ ހަޑިމުޑުދާރު ދެކޮޅުނުޖެހޭ ވާހަކަތައް އަޑުއަހަމުންދާ ދިވެހިރައްޔިތުންނަކީ މޮޔައިންކަމައް ދެކެނީތޯއެވެ.
“އިއްޔެ މެންދުރު ތިޔަބޭފުޅުންގެ ވެރިކަންތަކުގައި ބާރުވެރިކަން ގައުމާ ރައްޔިތުންގެ މައްޗައް އޮތް ހިނދު ދިވެހި ގައުމުގެ ހަޒާނާއަށާއި ފެހި ގާނޫނު އަސާސީގެ ދަށުން އުފައްދާފައި ހުރި މިނިވަން މުވައްސަސާތަކަށް ތިޔަބޭފުޅުން ހިތުހުރި ބަޔަކު އައްޔަންކޮށް ހިތުހުރި ގޮތަކަށް ކަންކަން ކުރަމުންދިޔާއީ ކޮން ގާނޫނަކުން ކޮންގަވާއިދަކުން ބާރުލިބިގެންތޯ؟. ކުރީގެ ރައީސުންނަށް ދަންނަވަން ތީގެން ކޮންމެ ރައީސަކު ހަތް ގުދުއޮވެމެ ތިޔަގޮވަނީ އިގްތިސޯދޭ ، ކަރަޕްޝަނޭ ، ސުޕްރިމްކޯޓޭ ، ޖުޑިޝަރީއޭ ، އޭސީސީއޭ ، މިނިވަން މުވައްސަސާތަކޭ ސިޔާދަތޭ ، މިނިވަންކަމޭ. އޭރު ދަންނަވަންތޯ އެންމެން ތިބެނީ ބިރުން ސިހިސިހި.” މުހައްމަދު އިސްމާއީލް ވިދާޅުވިއެވެ.
މުހައްމަދު އިސްމާއީލް ވިދާޅުވީ ކުރީގެ ރައީސުން ރީތިކޮން ތަނެއްގެ ހަމަޖެހިލާގެން އިންނާވާ އެ ބޭފުޅެއްގެ ދައުރުގައި ހިންގާފަހުރި ކަރަޕްޝަންތަކާ އެހެނިހެން ގޮތްގޮތުން ހިންގާފަހުރި ކަރަޕްޝަންތަކާ މެދުގައާއި އަދި އެ ބޭފުޅަކު ކޯޓްތަކަށާ ޖުޑިސަރީއަށް ނުފޫޒް ފޯރުވާފައި ހުރި ވަރާ މެދު ވިސްނަވާލައްވަން ޖެހޭ ކަމަށެވެ. އޭސީސީއަށް ނުފޫޒު ފޯރުވައި ގައުމުގެ މިނިވަންކަމާ ސިޔާދަތު ކޮންޕުރަމައިޒް ކޮއްގެން ކޮށްފައި ހުރި ކަންކަމާމެދު ވިސްނަވަންޖެހޭކަމަށް ވިދާޅުވިއެވެ. މުހައްމަދު އިސްމާއިލް ވިދާޅުވީ ކޮޔޮކޭވަރު އިނގޭނީ ބިތުފަންގިނެގީމަ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
އެމްއެމްއޭގެ އޮފީސް އިމާރާތެއް ހުޅުމާލޭގައި ތަރައްގީކުރަނީ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ދައުލަތުގެ ޚަޒާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި ހުޅުމާލޭގައި އެމްއެމްއޭގެ އައު އޮފީސް އިމާރާތެއް ކޮންޓްރެކްޓަރ ފައިނޭންސިންގ...
ޓްރެފިކް މޮނިޓަރިން ސެންޓަރެއް ޤާއިމުކުރަނީ
ޓްރެފިކް މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ޓްރެފިކް މޮނިޓަރިންގ ސެންޓަރެއް ޤާއިމުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު...
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
