
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ރިސަރޗް ލައިބްރަރީއަކާއެކު ހުޅުމާލޭގައި އަމިއްލަ ފަރާތަކުން ބިނާކުރާ މިސްކިތުގެ ބިންގާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަޅުއްވައިދެއްވައިފިއެވެ. “މަސްޖިދު އުންމުލްމުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާ”ގެ ނަން ދީފައިވާ މި މިސްކިތުގެ ބިންގާ ރައީސް އަޅުއްވައިދެއްވީ އެކަމަށްޓަކާ މިއަދު ހުޅުމާލޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މިއީ ހުޅުމާލޭ ފޭސް 1ގެ ރެޑްވޭވް ކައިރި ވަގުތީ މިސްކިތް ހުރިތަނުގައި ބިނާކުރާ މިސްކިތެކެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދާއި، ދައުލަތުގެ ވަޒީރުންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. މި މިސްކިތަކީ މ. ޠައިބާ ފަޟީލަތުއްޝައިޚު އިސްމާޢީލު މުޙައްމަދުގެ ދީލަތި އެހީގައި ބިނާކުރާ މިސްކިތެކެވެ. މި މަސައްކަތް މެނޭޖްކުރަނީ މަދީނާ އިންވެސްޓްމަންޓުގެ ފަރާތުންނެވެ. އެތައް އަހަރެއްވަންދެން ޓިނުން ހަދާފައިވާ ވަގުތީ މިސްކިތްހުރި ތަނުގައި ބިނާކުރާ މި މިސްކިތަކީ އިސްލާމީ ދިރާސާކުރަން ބޭނުންވާ ފަރާތްތަކާއި ކިޔަވާކުދިންނަށް، ނަމާދުގެ ފަހުން ކިޔަވަން ރިސާރޗް ހެދުމާއިން، އެސައިންމަންޓް ހަދަން ފޮތްކިޔަން ތިބެވޭ ގޮތަށް ފުރިހަމަ ލައިބްރަރީއަކާއެކު 2 ބުރިއަށް ބިނާކުރެވޭ މިސްކިތެކެވެ.

މި މިސްކިތުގައި އެތެރެއާއި ބޭރާއެކު 2000 ވަރަކަށް މީހުންނަށް ނަމާދު ކުރެވޭނެއެވެ. މި މިސްކިތަކީ ރިސާރޗް ލައިބްރަރީއަކާއެކު ހުޅުމާލޭގައި ޤާއިމު ކުރާ ފުރަތަމަ މިސްކިތެވެ. މި މިސްކިތް ނިސްބަތްކޮށްފައިވަނީ ކީރިތި ރަސޫލާގެ އަނބިކަނބަލުން އުންމުލްމުއުމިނީން ޢާއިޝަތުގެފާނަށެވެ. މި މިސްކިތް ފުރިހަމަ ސޯލާ ނިޒާމަކުން ކަރަންޓު ދެވި އޭސީކުރެވޭނެއެވެ. އަންހެނުންނަށް ވެސް ނަމާދު ކުރެވޭ ޖާގައާއެކު ޚާއްޞަ ފާޚާނާވެސް މި މިސްކިތުގައި ހުންނާނެއެވެ. މި މިސްކިތުގެ މަސައްކަތް އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާ، 2026 ވަނަ އަހަރުގެ ރަމަޟާންމަހު ހުޅުވުމަކީ އަމާޒެއްކަމަށް މި މިސްކިތް ބިނާކުރައްވާ ފަރާތުން ވަނީ ވިދާޅުވެފައެވެ. މިސްކިތް ހުޅުވުމަށް ފަހު، މިސްކިތުގައި ޢިލްމީ ދަރުސްތަކާއި ޤުރުއާން ހިތު ދަސްކުރުމުގެ މަޝްރޫޢުތައް ކުރިއަށް ގެންދެވޭނެއެވެ.
About Post Author
މާދަމާ ނިއުސް
“ސިޔާސީ ބަދަލުހިފުމުގެ ރޫހުގެ އަޅުވެތިކަމުން ޤައުމު މިނިވަންކުރެވިއްޖެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މީގެކުރިން ރާއްޖޭގައި...
އަޒުމަކަށްވާންވީ ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށް ރިވެތި އާދަތައް އަށަގެންނެވުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ކޮންމެ ދިވެހި ރައްޔިތެއްގެ ކިބައިގައިވެސް ނަޒާހަތްތެރިކަމާއި، އަމާނާތްތެރިކަމާއި، ވަފާތެރިކަން ފަދަ ރިވެތި ސިފަތައް އަށަގެންނެވުމަށް...
ޤައުމީ ލޯބި އިސްކޮށް، ބަދަހި ގުޅުމެއް އޮތުން މުހިއްމު: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި މެސެޖުގައި، ކާބަފައިން ހޯދައިދިން...
“އެންމެ އިސް ވާޖިބަކީ ކާބަފައިންގެ ޤުރުބާނީ ދަރިންގެ ހިތްތަކަށް ވާސިލްކޮށްދިނުން”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ފޮނުއްވި މެސެޖުގައި، މިނިވަންކަމުގެ ނިޢުމަތް...
“2028ގެ މިނިވަން ދުވަހާ ހަމައަށް ގިނަ މަޝްރޫޢުތަކެއް ނިންމާލެވޭނެ”
2040 ވަނަ އަހަރާ ހަމައަށް ދާއިރު ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވަރުގެ ދަށުން، 2028 އަކީ...
ދުންފަތުން މީހުން ސަލާމަތްކުރަން އެހީވެދޭ ފަރާތްތަކަށް ޤައުމީ އިނާމު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދުންފަތުގެ ނުރައްކަލުން މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމަށްޓަކައި، އަންނަ އަހަރުން ފެށިގެން ޚާއްސަ ޤައުމީ އިނާމެއް ދޭން...
