
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް)
މީގެ ފަހުން ކަރަންޓު މީޓަރުގެ ރީޑިން ނަގާތާ 1 ދުވަހުގެ ތެރޭގައި ބިލު ފޮނުވާނެކަމަށް ސްޓޭޓް އިލެކްޓްރިކް ކޮންޕެނީ، ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ. މި ބަދަލު ގެނައުމަށްޓަކައި ސްޓެލްކޯއިން މިހާރު ވަނީ ބިލު ފޮނުވާ އުޞޫލަށް ބަދަލުތަކެއް ގެނެސްފައެެވެ. މީގެ ކުރިން ސްޓެލްކޯއިން ބިލު ފޮނުވަމުންދަނީ މީޓަރުގެ ރީޑިން ނަގާތާ 20 ނުވަތަ 25 ދުވަސް ފަހުންނެވެ. ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގުރާމުގައި ވާހަކަދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވީ ބިލު ފޮނުވާ އުޞޫލަށް ބަދަލު ގެނައުމަށް ނިންމާފައިވަނީ ރައްޔިތުންނަށް ލުއި ފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުމުގެ ގޮތުން ކަމަށެވެ. އެ ގޮތުން މިހާރު ރީޑިން ނަގާތާ 1 ދުވަސް ފަހުން ބިލު ފޮނުވަމުންދާނެކަމަށް ފަހުމީ ވިދާޅުވިއެވެ.
މި ބަދަލު ގެނައުމަށްޓަކައި ސްޓެލްކޯއިން ވަނީ މިދިޔަ މަހު ދެ ބިލެއް ފޮނުވާފައެވެ. އެއީ މިދިޔަ މަހާއި އޭގެ ކުރީ މަހުގެ ބިލެވެ. އެހެންކަމުން އަންނަ މަހުން ފެށިގެން ދެން ސްޓެލްކޯއިން ފޮނުވަމުންދާނީ އެ މަހެއްގެ ބިލު އެކަންޏެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް)
ފަހުމީ ވިދާޅުވީ 25 ދުވަސް ފަހުން ބިލު ފޮނުވުމުން ޢާންމުންގެ މެދުގައި ބިލަށް އަރާވަރާ މެދު އޮޅުން ހުންނަ ކަމަށެވެ. “މިސާލަކަށް މަހެއްގެ ބިލު ފޮނުވީމަ އޭނަ އެބަ ބުނޭ ތިމަންނަ މިދިޔަ 20 ވަރަކަށް ދުވަހު ގެއަކު ނޫޅެމޭ. ރާއްޖެއިން ބޭރުގައޭ މިހުރީ. އެކަމު އެ މަހު އެ ފޮނުވެނީ ވޭތުވެދިޔަ 20 ދުވަހަކަށް ނޫން. އެ 20 ދުވަހުގެ ކުރީގެ ބިލެއް އެ ފޮނުވެނީ. އެހެންވީމަ މިގޮތަށް ހުރި ކަންބޮޑުވުންތަކަށް ނިމުމެއް އަންނާނެ މި ބަދަލާއެކީގައި.” ފަހުމީ ވިދާޅުވިއެވެ.
ފަހުމީ ވިދާޅުވީ ސްޓެލްކޯއިން ޢަމަލުކުރަމުންދާނީ ރައްޔިތުންނަށް ވީހާވެސް ލުއިވާނެ ގޮތަކަށް ކަމަށެވެ. އަދި ބިލު ހަދަނީ މީޓަރުގެ ރީޑިން ވަރަށް ރަނގަޅަށް ޗެކްކުރުމަށްފަހުކަން ފާހަގަކުރައްވަމުން ފަހުމީ ވަނީ ބިލުގައި އެއްވެސް އޮޅުވާލުމެއް ނުވަތަ އަގު މަތިކުރުމެއް ނޯންނާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އޭޕްރީލްމަހު އައު އުޞޫލަށް ކަރަންޓު ބިލު ފޮނުވާއިރު، އެންމެ ފުރަތަމަ ލިބޭނީ މި ހިނގާ މާރޗްމަހުގެ ބިލެވެ. އެހެންކަމުން މި ބިލުގައި ސަރުކާރުން ދެއްވާ ރޯދަ މަހުގެ ޑިސްކައުންޓް ހިމެނޭނެއެވެ.
About Post Author
މާދަމާ ނިއުސް
އެމްއެމްއޭގެ އޮފީސް އިމާރާތެއް ހުޅުމާލޭގައި ތަރައްގީކުރަނީ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ދައުލަތުގެ ޚަޒާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި ހުޅުމާލޭގައި އެމްއެމްއޭގެ އައު އޮފީސް އިމާރާތެއް ކޮންޓްރެކްޓަރ ފައިނޭންސިންގ...
ޓްރެފިކް މޮނިޓަރިން ސެންޓަރެއް ޤާއިމުކުރަނީ
ޓްރެފިކް މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ޓްރެފިކް މޮނިޓަރިންގ ސެންޓަރެއް ޤާއިމުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު...
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
