
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް)
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވާފައިވާ 150 މެގަވޮޓުގެ ސޯލަރ މަޝްރޫޢާއެކު އިންޖީނުތައް 8 ގަޑިއިރު ނިއްވާލިޔަސް މާލެ ސަރަހައްދަށް ކަރަންޓުދެވި ތެލަށްކުރާ ޚަރަދު ބޮޑުތަނުން މަދުކުރެވޭނެކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ. ރާއްޖޭގައި ފޯރުކޮށްދޭ ކަރަންޓުގެ %33 އަކީ އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. މިވަޢުދާ އެއްގޮތަށް ރާއްޖޭގެ ސްޕެޝަލް އިކޮނޮމިކް ޒޯންގައި އިރުގެ އަލިން 150 މެގަވޮޓުގެ ހަކަތަ އުފައްދާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތްކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގުރާމުގައި ވާހަކަދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވީ 150 މެގަވޮޓުގެ ސޯލަރ ޤާއިމުކުރުމާއެކު މާލެ ސަރަހައްދަށް ދުވާލު ގަޑީގައި އިންޖީނުތައް ނިއްވާލައިގެން ކަރަންޓު ދެވިދާނެ ކަމަށެވެ. އެ ގޮތުން 8 ނުވަތަ 7 ގަޑިއިރު އިންޖީނު ނިއްވާލައިގެން ތެޔޮ އެންދުމެއް ނެތި ކަރަންޓު ދެވޭނެ ކަމަށާއި މީގެ ސަބަބުން ތެލަށްކުރާ ހޭދަ ވަރަށް ބޮޑަށް ކުޑަކުރެވޭނެކަމަށް ފަހުމީ ވިދާޅުވިއެވެ. ފަހުމީ ވިދާޅުވީ ސޯލަރ މަޝްރޫޢު ނިމުމުގެ ކުރިން އިންޖީނު ނިއްވާލައިގެން ކަރަންޓު ދިނުމުގެ މަގު ފަހިކުރުމަށް މާލެ ސަރަހައްދުގެ ގޭބިސީތަކުގައި ސްމާޓް މީޓަރު ހަރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
“ސްމާޓް މީޓަރު ހަރުކުރުމުގެ މަސައްކަތް ރޯދައަށްފަހު ފެށޭނެ. އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމާލެވޭނެ. ސްމާޓް މީޓަރު ހަރުކުރީމަ އެކި ވަގުތުތަކުގައި ތެލުން އަދި އަވިން އުފައްދާ ހަކަތައިން ކަރަންޓު ދިނުމުގެ މަގު ފަހިވާނީ. އަދި ސްމާޓް މީޓަރުން ރިއަލް ޓައިމްގައި ކަރަންޓު ބޭނުންކުރެވޭ މިންވަރު އެނގެން ހުންނާނެ.” ފަހުމީ ވިދާޅުވިއެވެ. ފަހުމީ ވަނީ މިރަމަޟާން މަހު ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވި ނަމަވެސް ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓު ދެވޭނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.
އެސްއީޒެޑްގައި ޤާއިމުކުރާ ސޯލަރ މަޝްރޫޢުގެ ދަށުން އިޢާދަކުރަނިވި ހަކަތައިން ރާއްޖޭގައި ކަރަންޓު އުފައްދާ މިންވަރު އިތުރުކުރުމަށް “މަގޭ ސޯލަރ” ޕްރޮގްރާމްގެ ދަށުން ގޭބިސީތަކުގައިވެސް ދަނީ ސޯލަރ ޕީވީ ހަރުކޮށްދެމުންނެވެ. މި ކަންކަމަކީ ކޮންމެ އަހަރަކު ރާއްޖެއިން ތެލަށްކުރާ ބޮޑު ޚަރަދު ކުޑަކުރުމުގެ ގޮތުން ސަރުކާރުން ފަށްޓަވާފައިވާ މަޝްރޫޢެކެވެ. ކޮންމެ މަހަކުވެސް 5 ބިލިޔަނެއްހާ ރުފިޔާ އެކި ބާވަތުގެ ތެޔޮ އެތެރެކުރުމަށް މިހާރު ރާއްޖެއިން ޚަރަދުކުރެއެވެ.
About Post Author
މާދަމާ ނިއުސް
އެމްއެމްއޭގެ އޮފީސް އިމާރާތެއް ހުޅުމާލޭގައި ތަރައްގީކުރަނީ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ދައުލަތުގެ ޚަޒާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި ހުޅުމާލޭގައި އެމްއެމްއޭގެ އައު އޮފީސް އިމާރާތެއް ކޮންޓްރެކްޓަރ ފައިނޭންސިންގ...
ޓްރެފިކް މޮނިޓަރިން ސެންޓަރެއް ޤާއިމުކުރަނީ
ޓްރެފިކް މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ޓްރެފިކް މޮނިޓަރިންގ ސެންޓަރެއް ޤާއިމުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު...
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
