
ދުނިޔޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރަން ބާއްވާ އެންމެ ބޮޑު އެއް ފެއާ، އައިޓީބީ ބާލިން 2025ގައި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ބައިވެރިވެ ރާއްޖެ އިޝްތިހާރު ކުރަން ފަށައިފިއެވެ. އައިޓީބީ ބާލިން 2025ގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ 89 ކުންފުންޏެއް ތަމްސީލް ކުރާ 200 މަންދޫބުންގެ ވަފުދެއް ބައިވެރިވެއެވެ. މި ފެއަރ ކުރިއަށް ދަނީ މިމަހުގެ 4 އިން 6 އަށް މެސޭ ބާލިންގައެވެ. މި ފެއާގައި އެމްއެމްޕީއާރުސީން ބައިވެރިވުމުގެ މަގުސަދަކީ ދުނިޔޭގެ ފަތުރުވެރިކަމުގައި ރާއްޖެއިން ހޯދާފައިވާ މަތީ މަގާމު ދަމަހައްޓައި ޖަރުމަނު ބަހުން ވާހަކަދައްކާ ގައުމުތަކުން ރާއްޖެ އަންނަ ފަތުރުވެރިން އިތުރުކުރުމެވެ.
އެމްއެމްޕީއާރްސީން ވިދާޅުވީ މި ފެއާގެ ސަބަބުން ޖަރުމަނު ބަހުން ވާހަކަ ދައްކާ މާކެޓުތަކާއި އެނޫން ވެސް ގައުމުތަކުގެ މަޝްހޫރު ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުންނާއި މީޑިއާތަކާ ގުޅުން ބަދަހިވެގެންދާނެކަމަށެވެ. މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ފަތުރުވެރިކަމުގެ ދާއިރާގެ ސްޓޭކްހޯލްޑަރުންނާ އެކު ނެޓްވޯކިން އާއި ވިޔަފާރީގެ ގުޅުންތައް ބަދަހިކޮށް، ބީ2ބީ އަދި ބީ2ސީ އޯޑިއަންސަށް ރާއްޖޭގެ ފަތުރުވެރިކަމުގެ އުފެއްދުންތައް އިޝްތިހާރުކުރުމަށް މުހިންމު ފެއާއެއްކަން އެމްއެމްޕީއާރްސީން ފާހަގަކުރައްވައެވެ.

މިއަހަރު އައިޓީބީ ބާލިންގައި ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ފަތުރުވެރިކަމުގެ ތަފާތު ތަޖުރިބާތައް ދައްކުވައިދޭ ގޮތަށް 504 އަކަމީޓަރުގެ ޑަބަލް ޑެކާ ސްޓޭންޑެއް ވަނީ ފަރުމާކޮށްފައެވެ. އަދި ސްޓޭންޑް ފަރުމާކޮށްފައިވަނީ މީޑިއާ އަދި ޓްރެވަލް ޓްރޭޑާއެކު މީޓިންގްތައް ބޭއްވުމަށް ފަސޭހަވާނެހެންނެވެ. ވީއައިޕީ މީޓިންގ ރޫމްއެއްގެ އިތުރުން ތިން އިންޑަސްޓްރީ މީޓިންގ އޭރިއާ ހިމެނޭއިރު، މި ހުރިހާ ތަނެއްގައި ފޮޓޯ ބެކްޑްރޮޕް އަދި 360 ޑިގްރީގެ ފޮޓޯ ބޫތު ފަދަ ހިތްގައިމު ކަންތައްތައް ހިމެނެއެވެ. މި ސްޓޭންޑުގައި ރާއްޖޭގެ ޓޫރިޒަމާ ގުޅޭ މުހިންމު މައުލޫމާތު ހިމެނޭ ލީފްލެޓް ބެހުމާއި މީޑިއާ އިންޓަވިއުތައް ދޭނެއެވެ. އަދި ރާއްޖޭގެ ސަގާފަތް ދައްކުވައިދޭ ޓްރެޑިޝަނަލް ކޯނަރަކާއެކު މިއީ ރާއްޖޭގެ ހިތްގައިމުކަން ދައްކުވައިދޭ ސްޓޭންޑަކަށް ވާނެކަމަށް އެމްއެމްޕީއާރްސީން ވިދާޅުވެއެވެ.
މި ފެއާގައި އެމްއެމްޕީއާރުސީއިން ވަނީ އިން “ދަ ނެކްސްޓް ޗެޕްޓާ އޮފް މޯލްޑިވްސް ޓޫރިޒަމް – ބާލިން އެޑިޝަން” ގެ ނަމުގައި ހާއްސަ ސެމިނާއެއް ބާއްވައިފައެވެ. މި ސެމިނާގައި އާ މާކެޓް ސެގްމަންޓްތައް ހޯދުމަށާއި، ބުކިންގ އިތުރުކޮށް، ދެމެހެއްޓެނިވި ތަރައްޤީ ކުރިއެރުވުމަށް ސަރުކާރާއި ސިނާއަތުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައްޗަށް ވަނީ އަލިއަޅުވާލައި މައުލޫމާތު ދީފައެވެ.

މިފެއާގެ ތެރެއިން ކުރިއަށް ގެންދިޔަ ވަން އޮން ވަން ބައްދަލުވުންތަކުގެ ސަބަބުން ފެއާގެ ބައިވެރިވި ދާއިރާގެ ފަރާތްތަކަށް ލިވްއަބޯޑާއި ޑައިވިން އެކްސްޕީރިއެންސް އާއި ލަގްޒަރީ ރިސޯޓްތަކާއި ގެސްޓްހައުސްތައް އަދި އާއިލީ ޗުއްޓީ ފަދަ ވަކިވަކި އުފެއްދުންތަކާއި ޕްރޮޕަޓީތައް އިޝްތިހާރު ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ޖަރުމަނު ބަހުން ވާހަކަ ދައްކާ ގައުމުތަކަށް އަމާޒުކޮށް އެމްއެމްޕީއާރުސީން ކުރިއަށް ގެންދާ ކެމްޕޭންތަކުގައި ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމުގައި ގެންގުޅޭ ދެމެހެއްޓެނިވި ތަރައްގީގެ ސިޔާސަތާއި އެ މަގުން ކުރެވޭ މަސައްކަތްތަކާއި ރާއްޖެއިން ލިބޭނޭ ގުދުރަތީ ހިތްގައިމު ތަޖުރިބާތައް އަންނަނީ ބުނެދެމުންނެވެ. އަދި ޖަރުމަން ބަހުން މެސެޖިން ގެނެސްދިނުމަށް ވަނީ އިސްކަން ދީފައެވެ. މިއާއެކު ލަގްޒަރީ މާކެޓް ސެގްމަންޓަށް ހަރުދަނާ ގޮތެއްގައި ޓާގެޓް ކުރުމަށް އެމްއެމްޕީއާރުސީއިން އެ މާކެޓުގައި ހުރި މަތީ ފަންތީގެ ބްރޭންޑްތަކާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކން އިޝްތިހާރުކުރަން ކުރާ މަސައްކަތްތަކުގެ ސަބަބުން ކަނެކްޓިވިޓީ އިތުރަށް ރަނގަޅުވެ ޖަރުމަނާއި ސްވިޒަލޭންޑް އަދި އޮސްޓްރިއާއިން އަންނަ ފަތުރުވެރިން އިތުރުވާނެ ކަމަށް ބެލެވެއެވެ.
ޖަރުމަނުވިލާތުން 2024 ވަނަ އަހަރު 157،246 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، ޖަރުމަނަކީ ރާއްޖެއަށް ހަތަރުވަނައަށް އެންމެ ގިނައިން ފަތުރުވެރިކަން އަންނަ ގައުމެވެ. އަދި މިއަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް ޖަރުމަނުވިލާތުން 14،119 ފަތުރުވެރިން ރާއްޖެއައިސްފައިވެއެވެ.

ފުރަތަމަ ފަހަރަށް 2024 ވަނަ އަހަރު، ދެ މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ ގެނައުމުގައި ހޯދުނު ކާމިޔާބީއާ އެކު އެމްއެމްޕީއާރުސީގެ އަމާޒަކީ ސްޓްރެޓެޖިކް ޕާޓްނާޝިޕް، ޕީއާރު އެކްޓިވިޓީސް، އަދި ޓީޔޫއައި އަދި ޑީއީއާރް ޓޫރިސްޓިކް ފަދަ މަޝްހޫރު ޓްރެވަލް އޮޕަރޭޓަރުންނާ ގުޅިގެން ކެމްޕެއިންތައް ހިންގައި ރާއްޖެ އަންނަ ޖުމްލަ ފަތުރުވެރިންގެ އަދަދު ދެމިލިއަންގައި ހިފަހައްޓައި އެ އަދަދު އިތުރުކުރުމެވެ.
About Post Author
މާދަމާ ނިއުސް
ސޮވެރިން ފަންޑަށް ޖަމާކުރި ފައިސާގެ އަދަދު 1.2 ބިލިޔަނަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ސޮވެރިންގ ޑިވެލޮޕްމެންޓް ފަންޑަށް (އެސްޑީއެފް)...
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
