
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ޕްލޭއޮފްގެ ފުރަތަމަ ލެގުގައި ރޭ މެންޗެސްޓަރ ސިޓީ އާއި ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނު މެޗުން 3-2 ގެ ނަތީޖާއަކުން މެންޗެސްޓަރ ސިޓީ ބަލިވެއްޖެ އެވެ. މެންޗެސްޓަރ ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ފަންސާސް ދެ ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި މެންޗެސްޓަރ ސިޓީ އިން ބޯޅަ ހިފަހައްޓައިގެން ގިނައިރު ކުޅެފައިވީ ނަމަވެސް ރެއާލް މެޑްރިޑްއިން ވަނީ ސިޓީގެ ގޯލަށް ގިނަ ހަމަލަތަކެއް ފޮނުވާލާފަ އެވެ.
މެންޗެސްޓަރ ސިޓީ އިން މެޗު ފަށައިގެން ރަގަޅު ކުޅުމެއް ދައްކާފައިވާއިރު މެޗުގެ 19 ވަނަ މިނިޓުގައި އެ ޓީމުން ވަނީ ލަނޑެއް ޖަހާ ކުރި ހޯދާފަ އެވެ. މި ލަނޑަކީ ޖޮސްކޯ ގްވަޑިއޯލް ދިން ބޯޅައަކުން އާލިން ހާލާންޑު ކާމިޔާބުކޮށްފައިވާ ލަނޑެކެވެ. ސިޓީން ލަނޑު ޖަހާ ކުރި ހޯދިތާ ގިނައިރުތަކެއް ނުވަނީސް ޖެކް ގްރީލިޝް އަށް އަނިޔާވެ ކޯޗު ޕެޕް ގަޑިއޯލާ އަށް ވަނީ އޭނާގެ ބަދަލުގައި ފިލް ފޯޑެން ކުޅެން އަރުވަން މަޖުބޫރުވެފަ އެވެ. އަދި ދެވަނަ ހާފަށް ނިކުތްއިރު މެންޗެސްޓަރ ސިޓީގެ އަކަންޖީގެ ބަދަލުގައި ރިކޯ ލެވިސް ވަނީ ކުޅެން އަރުވާފަ އެވެ.
ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ގިނައިރުތަކެއް ނުވަނީސް މެޗުގެ ފަރަގު ބޮޑު ކުރުމަށް ސިޓީއަށް ވަނީ ރަގަޅު ފުރުސަތެއް ލިބިފަ އެވެ. ނަމަވެސް އާލިން ހާލަންޑް ފޮނުވާލި ހަމަލާ އަމާޒުވެފައިވަނީ ގޯލުގެ ދަނޑިއަށެވެ. މެޗުގެ ދެވަނަ ހާފުގައި ރެއާލް މެޑްރިޑް އިން ވަނީ އެ ޓީމުގެ ކުޅުން ރަގަޅުކޮށް މެޗުގެ ކޮންޓްރޯލް އަތުލާފަ އެވެ. އެގޮތުން އެ ޓީމުން ވަނީ މެޗުގެ 60 ވަނަ މިނިޓުގައި ލަނޑެއް ޖަހާ މެޗުގެ ނަތީޟާ އެއްވަރުކޮށްފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ކިލިއަން އެމްބާޕޭ އެވެ.
ރެއާލް މެޑްރިޑް އިން މެޗުގެ ނަތީޖާ އެއްވަރުކުރި ފަހުން އެ ޓީމަށް ވަނީ ލީޑު ނަގަން ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފަ އެވެ. އޭގެ ތެރެއިންވެސް ބެލިއަންހަމް އަށް ލިބުނު ފުރުސަތުތައް ފާހަގަ ކުރެވެއެވެ. މި މެޗުގައި ދެވަނަ ފަހަރަށް މެންޗެސްޓަރ ސިޓީ އިން ކުރި ހޯދާފައިވަނީ މެޗުގެ 80 ވަނަ މިނިޓުގައި އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން އާލިން ހާލާންޑް އެވެ. މި ޕެނަލްޓީ އަކީ ޑެނީ ކަބަޔޯސް ސިޓީގެ ފިލް ފޯޑެން އަށް ފައުލް ކުރުމާއި ގުޅިގެން އެ ޓީމަށް ލިބިފައިވާ ޕެނަލްޓީ އެކެވެ.
ނަމަވެސް އޭގެ ހަތަރު މިނިޓު ފަހުން ރެއާލް މެޑްރިޑްގެ މެންޗެސްޓަރ ސިޓީގެ ކުރީގެ ކުޅުންތެރިޔާ ބްރާހިމް ޑިއާޒް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވަ އިތުރު ވަގުތުގެ ދެވަނަ މިނިޓުގައި ޖޫޑް ބެލިންހަމް ވަނީ ވިނިޝިއަސް ޖޫނިއަރ ދިން ބޯޅަ އަކުން އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 3-2 އަށް ބަދަލުކޮށްފަ އެވެ. މި ނަތީޖާ އާއިއެކު ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ޖާގައެއް ހޯދުމަށް މެންޗެސްޓަރ ސިޓީއަށް ވަނީ އުނދަގޫ މަރުހަލާއެއް ކަޑައްތު ކުރަން ޖެހިފަ އެވެ. އެގޮތުން މި މަހުގެ 19 ވަނަ ދުވަހު މެޑްރިޑްގެ ސެންޓިއާގޯ ބަރނަބިއު ސްޓޭޑިއަމްގައި ކުޅޭ މެޗުން އެ ޓީމަށް ޖެހޭނީ ދެ ލަނޑުގެ ތަފާތަކުން ރެއާލް މެޑްރިޑް ބަލިކުރުމަށެވެ.
About Post Author
މާދަމާ ނިއުސް
ޤާނޫނުގެ އިމުގެ ތެރެއިން މިނިވަންކަން: ޙަޤީޤަތާއި، އަމާނާތްތެރިކަމާއި އަދި ޤައުމީ ހަމަޖެހުން ހިމާޔަތްކުރުން
(ފޮޓޯ ކްރެޑިޓްސް: މިހާރު) ކޮންމެ ދިރުުންހުރި ޑިމޮކްރަސީއެއްގައިވެސް، ފަރުދީ މިނިވަންކަމާއި ޤާނޫނީ ސިޔާދަތާ ދެމެދު ހަމަހަމަކަން ހިފަހައްޓަންޖެހެއެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ...
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާ ކުރަން އުސޫލެއް ތަޢާރަފްކުރަނީ
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާކޮށް، ހުރިހާ ޕާޓީއަކުން އެއް އުސޫލަކުން ޢަމަލުކުރާނެ ގަވާއިދެއް އެކުލަވާލުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން (އީސީ) ފަށައިފިއެވެ. އީސީން...
ހަވާއެރުވުމާއެކު މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތް ބާއްވައިފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތްތައް، ރައީސުލްޖުމްހޫރިއްޔާ...
“ޒަކާތު ފަންޑުގެ އިންވެސްޓްމަންޓުތަކުން، އުނިކަމެއް ނާންނާނެ”
ޒަކާތު ފަންޑުގެ ފައިސާ އިންވެސްޓްކުރަނީ ފަޤީރުންނާއި މިސްކީނުންގެ ޙައްޤުތަކަށް އުނިކަން ނާންނާނެހެން، އިސްލާމީ ޝަރީޢަތުގެ އުސޫލުތަކާ އެއްގޮތަށް ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކޮށްފިއެވެ....
ހުއްދަނެތި ބޭސް އެތެރެކޮށްފިނަމަ އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ
ރާއްޖެއަށް ބޭސް އެތެރެކުރުމާއި، ގުދަންކުރުމާއި، ވިއްކުމާ ގުޅޭ އާ ގަވާއިދެއް އެކުލަވާލައި، އެ ގަވާއިދާ ހިލާފުވާ ފަރާތްތައް އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާކޮށް ލައިސަންސް...
ކުޅުދުއްފުށީގައި ޕިކްޕޯސްޓުގެ ޚިދުމަތް ފަށައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް ޕޯސްޓް) ކުޅުދުއްފުށި ސިޓީގެ ޕޯސްޓު އޮފީހުން ޕިކްޕޯސްޓުގެ ޚިދުމަތް ދޭން ފަށައި، އެ އޮފީސް ބަންޑާރަމަގުގައި ހުންނަ ސީނާ ބިލްޑިންގަށް...
