
(ފޮޓޯ ކްރެޑިޓްސް: އެމްއައިބީ)
ރާއްޖޭގެ ފުރަތަމަ އަދި ހަމައެކަނި ފުލް ފްލެޖްޑް އިސްލާމިކް ބޭންކް ކަމަށްވާ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަށް ސާފު ފައިދާގެ ގޮތުގައި މިދިޔަ އަހަރު 282 މިލިއަން ރުފިޔާ ލިބިއްޖެ އެވެ. މިއީ 2023 ވަނަ އަހަރާ އަޅާ ބަލާއިރު 60 ޕަސެންޓް އިތުރު އަދަދެކެވެ. އެ ބޭންކުން އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ ނޮވެމްބަރު މަހު އެމްއައިބީގެ އެސެޓް ވެލިއު 10 ބިލިއަން ރުފިޔާ އަށް ވުރެ ވަނީ މަތިވެފަ އެވެ. އަދި އެ ބޭންކުން 2024 ވަނަ އަހަރު ނިންމާލީ 11.4 ބިލިއަން ރުފިޔާގެ އެސެޓް ވެލިއުއަކާއެކު އެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 39 ޕަސެންޓް އިތުރު އަދަދެެކެވެ.
އެމްއައިބީއިން ބުނީ މިދިޔަ އަހަރު އެ ބޭންކުން ގެނެސްދީފައިވާ ލުއިފަސޭހަތަކާއި އެކު ކަސްޓަމަރުން އެ ބޭންކަށް ކުރާ އިތުބާރު އިތުރުވެފައިވާ ކަމަށެވެ. އަދި މިދިޔަ އަހަރަކީ އެ ބޭންކަށް ކާމިޔާބު އަހަރެއްގެ ގޮތުގައި އެ ބޭންކުން ސިފަ ކުރެ އެވެ. އެމްއައިބީ އަކީ ރާއްޖޭގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ އެއް ބޭންކެވެ. އެމްއައިބީއަކީ ބޭންކަށް ނުގޮސް، ވަގުތުން އެކައުންޓު ހުޅުވުމުގެ ހިދުމަތް ދޭ ހަމައެކަނި ބޭންކެވެ. އެ ބޭންކުގައި އަމިއްލަ އެކައުންޓާއި ކުންފުނި އެކައުންޓު ވެސް މިހާރު އޮންލައިންކޮށް ހުޅުވެ އެވެ. އެ ހިދުމަތްތަކާ އެކު މިދިޔަ އަހަރު އެ ބޭންކަށް ކަސްޓަމަރުން ޑިޕޮސިޓް ކުރި ފައިސާގެ އަދަދު ވަނީ އިތުރުވެފަ އެވެ. އެގޮތުން މިދިޔަ އަހަރު ނިމުނުއިރު 9.12 ބިލިއަން ރުފިޔާއަށް ބޭންކުގެ ޑިޕޮސިޓް ބޭސް ވަނީ އިތުރުވެފަ އެވެ.
އެމްއައިބީ އަކީ އިޖުތިމާއީ ގޮތުން ގިނަ މަސައްކަތްތަކެއް ވެސް ކުރާ ބެންކެކެވެ. ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް މަސައްކަތްކުރާ އެ ބޭންކަށް މިދިޔަ ކުއާޓަރުގައި ވަނީ ބައިނަލްއަގުވާމީ ދެ އެވޯޑް ވެސް ލިބިފަ އެވެ. އެމްއައިބީއިން ބުނީ އެ ބޭންކުގެ ކާމިޔާބީގެ އެންމެ ބޮޑު ބައިވެރިޔަކީ އެ ބޭންކުގެ ކަސްޓަމަރުން ކަމަށެވެ. އަދި ކަސްޓަމަރުންގެ އިތުބާރު ދެމެހެއްޓުމުގައި ދެމިތިބޭނެ ކަމަށާއި މިއަހަރަށް ގިނަ މަސައްކަތްތަކެއް ރާވާފައިވާ ކަމަށް މޯލްޑިވްސް އިސްލާމިކް ބޭންކުން ބުނެ އެވެ.
About Post Author
މާދަމާ ނިއުސް
އެމްއެމްއޭގެ އޮފީސް އިމާރާތެއް ހުޅުމާލޭގައި ތަރައްގީކުރަނީ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ދައުލަތުގެ ޚަޒާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި ހުޅުމާލޭގައި އެމްއެމްއޭގެ އައު އޮފީސް އިމާރާތެއް ކޮންޓްރެކްޓަރ ފައިނޭންސިންގ...
ޓްރެފިކް މޮނިޓަރިން ސެންޓަރެއް ޤާއިމުކުރަނީ
ޓްރެފިކް މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ޓްރެފިކް މޮނިޓަރިންގ ސެންޓަރެއް ޤާއިމުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު...
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
