
(ފޮޓޯ ކްރެޑިޓްސް: ވިޒިޓް މޯލްޑިވްސް)
2023 ވަނަ އަހަރާ އަޅާބަލާއިރު ހުސްވި 2024 ވަނަ އަހަރު ފަތުރުވެރިކަމުގެ އޮކިއުޕަންސީ ރޭޓް އިތުރުވެފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިގޮތަށް ދައްކާފައިވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގެ މަންތްލީ ސްޓެޓިސްޓިކް ރިޕޯޓުންނެވެ. ރާއްޖެ އަންނަ ފަތުރުވެރިން ރިސޯޓްތަކާއި، ގެސްޓްހައުސްތަކާއި، ހޮޓެލްތަކާއި އަދި ސަފާރީތަކުގައި ދަނީ ޗުއްޓީ ހޭދަކުރަމުންނެވެ. އެމްއެމްއޭގެ މަންތްލީ ސްޓެޓިސްޓިކް ރިޕޯޓުންދައްކާގޮތުން 2023 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު ފަތުރުވެރިކަމުގެ އޮކިއުޕަންސީ ރޭޓް ވަނީ އިތުރުވެފައެވެ.
2023 ވަނަ އަހަރު އޮކިއުޕަންސީ ރޭޓް ހުރީ %57.6 ގައެވެ. 2024 ވަނަ އަހަރު އޮކިއުޕަންސީ ރޭޓް ވަނީ %59.1 އަށް އިތުރުވެފައެވެ. އެމްއެމްއޭގެ ރިޕޯޓުން ދައްކާގޮތުން މިދިޔަ އަހަރު އޮކިއުޕަންސީ ރޭޓް އެންމެ ބޮޑަށް އިތުރުވެފައިވަނީ ރިސޯޓްތަކުގައެވެ. 2023 ވަނަ އަހަރު ރިސޯޓްތަކުގެ އޮކިއުޕަންސީ ރޭޓް ހުރީ %66.3 ގައެވެ. 2024 ވަނަ އަހަރު މިއަދަދު ވަނީ %71.2 އަށް އިތުރުވެފައެވެ.
ސަފާރީތަކުގެ އޮކިއުޕަންސީ ރޭޓްވެސް ވަނީ މިދިޔަ އަހަރު އިތުރުވެފައެވެ. 2023 ވަނަ އަހަރު އޮކިއުޕަންސީ ރޭޓް ހުރީ %23.5 ގައެވެ. 2024 ވަނަ އަހަރު މި އަދަދު ވަނީ %26.3 އަށް އިތުރުވެފައެވެ.

އެމްއެމްއޭގެ ރިޕޯޓުން ދައްކާގޮތުގައި މިދިޔަ އަހަރު ނިމުނުއިރު ރާއްޖޭގައި ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް މުޅި ޖުމްލަ 61،739 އެނދުވަނީ ނެރެފައެވެ. މިއީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 177 އެނދުގެ އިތުރުވުމެކެވެ.
About Post Author
މާދަމާ ނިއުސް
އެމްއެމްއޭގެ އޮފީސް އިމާރާތެއް ހުޅުމާލޭގައި ތަރައްގީކުރަނީ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ދައުލަތުގެ ޚަޒާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި ހުޅުމާލޭގައި އެމްއެމްއޭގެ އައު އޮފީސް އިމާރާތެއް ކޮންޓްރެކްޓަރ ފައިނޭންސިންގ...
ޓްރެފިކް މޮނިޓަރިން ސެންޓަރެއް ޤާއިމުކުރަނީ
ޓްރެފިކް މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ޓްރެފިކް މޮނިޓަރިންގ ސެންޓަރެއް ޤާއިމުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު...
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
