
(ފޮޓޯ ކްރެޑިޓްސް: މަސްވެރިކަމާއި ބެހޭ ވުޒާރާ)
މިފްކޯގެ މިދިޔަ 28 އަހަރުގެ ތާރީޚުގައިވެސް ޖަނަވަރީ މަހެއްގައި އެންމެ ގިނަ އަދަދަކަށް މަސް ކިރުވާފައިވަނީ މިއަހަރުގެ ޖަނަވަރީ މަހުކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ތަފާސްހިސާބުތައް ދައްކާގޮތުން ހުސްވި ޖަނަވަރީ މަހުގެ ތެރޭގައި މިފްކޯއަށް 8،324 މެޓްރިކް ޓަނުގެ މަސް ވަނީ ކިރުވާފައެވެ. މިއީ 1997 ވަނަ އަހަރުން ފެށިގެން މިހާތަނަށް މިފްކޯގެ ތާރީޚުގައި ޖަނަވަރީ މަހެއްގައި އެންމެ ގިނައިން މަސް ކިރުވި ފަހަރެވެ.
މިއަހަރުގެ ޖަނަވަރީ މަހު މަސްވެރިން ކިރުވާފައިވާ މަހަށް މިފްކޯއިން ވަނީ 117 މިލިޔަން ރުފިޔާ ދޫކޮށްފައެވެ. މިއީ ހުސްވި ޑިސެންބަރ މަހާއި އަޅާބަލާއިރު %122 އިތުރުވުމެކެވެ. ޑިސެމްބަރ މަހު މިފްކޯއިން މަސްވެރިންނަށް ދޫކޮށްފައިވަނީ 52 މިލިޔަން ރުފިޔާއެވެ.

(ފޮޓޯ ކްރެޑިޓްސް: ޒުވާން މަސްވެރިޔާ)
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ވައުދުފުޅާއި އެއްގޮތައް ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ދަނީ ފައިސާ ދޫކުރަމުންނެވެ. މި ވައުދު ފުއްދަން ފަށާފައިވަނީ މިދިޔަ މަސްވެރިންގެ ދުވަހުއެވެ. އަދި މި ބަދަލާއި އެކު މަހަށް ނިކުން ދޯނިތަކުގެ އިތުރުވެފައިވާކަމަށް މިފްކޯއިން ވިދާޅުވެއެވެ. ސަރުކާރުން ގެންދަވަނީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވައި މިފްކޯ ރިފޯމްކުރުމުގެ މަސައްކަތް ކުރައްވަމުންނެވެ. ސަރުކާރުން ވިދާޅުވެފައިވަނީ މަސްވެރިކަމުގެ ސިނާއަތައް ދިމާވެފައިވާ ބޮޑެތި މައްސަލަތަކަށް މި 3 އަހަރު ދުވަހުގެ ތެރޭގައި ހައްލުކުރައްވާނެކަމަށެވެ.
މިފްކޯ ރިފޯމްކޮށް ފައިދާވާ ކުންފުންޏަކަށް ބަދަލުކުރެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން އެ ކުންފުނީގައި މިހާތަނަށް އޮތް ކޮރަޕްޝަންތައް މުލުން ލުހެލާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ. މިފްކޯގެ ހިންގުން ހަރުދަނާ ކުރުމަށް، ކުންފުނީގެ ސީ.އީ.އޯގެ މަޤާމަށް ބޭރުގެ ފަރާތެއް ގެނެސް މަސައްކަތް ފަށާފައިވާއިރު، މިހާރު ކުރެވޭ މަސައްކަތުން މިފްކޯތެރެއިން ކުރެވޭ ބޭކާރު ޚަރަދުތައް ކުޑަކުރެވޭނެކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. ރައީސް ވިދާޅުވީ، މަސްވެރިކަމުގެ ސިނާއަތުގައި މިހާރު އެންމެ ބޮޑު އިސްކަމެއްދެއްވަނީ، މަސްވެރިންގެ ކަންބޮޑުވުންތައް ހައްލުކޮށްދިނުމަށް ކަމަށެވެ. މަސްވެރިންނަށް ހެޔޮއަގުގައި ތެޔޮ ފޯރުކޮށްދިނުމުގެ މަސައްކަތްވެސް ރޭވިފައިވާ ގޮތަށް ކުރިއަށްދާނެކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
ސަރުކާރުން މަސްވެރިކަމުގެ ސިނާއަތް ތަރައްޤީކުރުމުގެ މުހިންމު މަޝްރޫޢަތަކެއް ވަނީ ފަށާފައެވެ. މިގޮތުން ކޯލްޑް ސްޓޯރޭޖްތަކާއި ޕްރޮސެސިންގ ޕްލާންޓުތަކުގެ މަސައްކަތް ދަނީ ކުރިއަށެވެ. އަދި މިކުރެވޭ މަސައްކަތްތަކާއިއެކު މަސްވެރިކަމުގެ ސިނާޢަތުން ލިބޭ ނަފާ އިތުރުވެ، މިކަމުގެ ހެޔޮ އަސަރު ޤައުމުގެ އިޤްތިސާދަށްވެސް ކުރާނެކަން ސަރުކާރުން ފާހަގަކުރައްވައެވެ.
About Post Author
މާދަމާ ނިއުސް
އެމްއެމްއޭގެ އޮފީސް އިމާރާތެއް ހުޅުމާލޭގައި ތަރައްގީކުރަނީ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ދައުލަތުގެ ޚަޒާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި ހުޅުމާލޭގައި އެމްއެމްއޭގެ އައު އޮފީސް އިމާރާތެއް ކޮންޓްރެކްޓަރ ފައިނޭންސިންގ...
ޓްރެފިކް މޮނިޓަރިން ސެންޓަރެއް ޤާއިމުކުރަނީ
ޓްރެފިކް މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ޓްރެފިކް މޮނިޓަރިންގ ސެންޓަރެއް ޤާއިމުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު...
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
