
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ހއ. އުތީމު ކައުންސިލްގެ އައު އިމާރާތުގެ ބިންގާ އަޅައިފިއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ރާއްޖޭގެ އެންމެ އުތުރުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އެރަށަށް ވަޑައިގެން އެރަށު ކައުންސިލްގެ އައު އިމާރާތުގެ ބިން އެޅުމުގެ ރަސްމިއްޔާތުގައި ވަނީ ބައިވެރިވެވަޑައިގެންފައެވެ. އެރަށު ކައުންސިލްގެ ބިންގާ އަޅުއްވާ ދެއްވީ ކައުންސިލް ރައީސް އާއި ސިޓީތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރެވެ.
ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން އާމާރާތްކުރާ 55 ކައުންސިލްގެ ތެރޭގައި ހިމެނޭ ހުރިހާ ރަށެއްގެ ކައުންސިލް އިދާރާތަކުގެ އައު އިމާރާތްތަކުގެ މަސައްކަތް ކުރަނީ، މެލޭޝިއާގެ ކުންފުންޏެއް ކަމަށްވާ “ހެކްސްޓާ ގްލޯބަލް” އިންނެވެ. ލާމަރުކަޒީ ނިޒާމުގެ ދަށުން ކައުންސިލްތައް ބާރުވެރިކުރުމަށް ރައީސް މުއިއްޒު ހާއްސަ އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދަން ފެށި، ކައުންސިލް އިދާރާގެ އައު އިމާރާތް ބިނާކުމުގެ މަޝްރޫއުގެ ސަބަބުން އެ ކައުންސިލްތައް ހިންގުމަށް އިތުރު ލުއި ފަސޭހަކަން ލިބި، ރަށުގެ ރައްޔިތުންނަށް ދެވޭ ހިދުމަތްތައް އިތުރުވެގެންދާނެއެވެ.
ރައީސް ހއ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު މުރައިދޫ އާއި ފިލއްދޫއަށް ވަޑައިގެން ވަނީ، އެރަށު ކައުންސިލްގެ އައު އިމާރާތުގެ ބިންގާވެސް އަޅުއްވާފައެވެ.
About Post Author
މާދަމާ ނިއުސް
އެމްއެމްއޭގެ އޮފީސް އިމާރާތެއް ހުޅުމާލޭގައި ތަރައްގީކުރަނީ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ދައުލަތުގެ ޚަޒާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި ހުޅުމާލޭގައި އެމްއެމްއޭގެ އައު އޮފީސް އިމާރާތެއް ކޮންޓްރެކްޓަރ ފައިނޭންސިންގ...
ޓްރެފިކް މޮނިޓަރިން ސެންޓަރެއް ޤާއިމުކުރަނީ
ޓްރެފިކް މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ޓްރެފިކް މޮނިޓަރިންގ ސެންޓަރެއް ޤާއިމުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު...
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
