
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ޗައިނާގެ އެހީގައި ރާއްޖޭގައި ފެށުމަށް ހަމަޖެހިފައިވާ މަޝްރޫއުތައް އަވަސްކޮށްދެއްވާނެ ކަމުގެ ޔަގީންކަން، ޗައިނާގެ ފޮރިން މިނިސްޓަރު، ވާންގް ޔީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒަށް ދެއްވައިފިއެވެ. ޗައިނާގެ ފޮރިން މިނިސްޓަރ ވާންގް ޔީ ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރެއްވީ، އަމިއްލަ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެން މިއަދު ހަވީރުގެ ވަގުތެއްގައި ރައީސް އޮފީހުގައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސް ޑރ. މުއިއްޒު ވަނީ ޗައިނާއިން ރާއްޖެއާ މެދު ބަހައްޓަވާ ގާތްކަން ފާހަގަކުރައްވައި، ފާއިތުވި އަހަރުތަކުގައި އެގައުމުން ރާއްޖޭގެ ތަރައްގީއާއި ކުރިއެރުމަށް ވެދެއްވާފައިވާ އެހީތެރިކަން ފާހަގަކޮށް ޝުކުރު ދަންނަވާފައެވެ.
މީގެ އިތުރުން، ރައީސް ޑރ. މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ދެގައުމުގެ ދެމެދުގައި ވެފައިވާ ތަރައްގީގެ އެއްބަސްވުންތަކުގައި ހިމެނޭ މަޝްރޫއުތައް އަވަސްކުރުމުގެ މުހިއްމު ކަމަށް އެމަނިކުފާނު ވަނީ އަލިއަޅުއްވާފައެވެ. މިގޮތުން، ސޯޝަލް ހައުސިން އާއި މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަކީ ދިވެހި ރައްޔިތުންނަށް މި ވަގުތު ދިމާވެފައިވާ އެންމެ ބޮޑު އިޖުތިމާއީ މައްސަލަތައް ކަން ފާހަގަ ކުރައްވައި، އެކަން ހައްލު ކުރުމަށް ޗައިނާގެ އެހީތެރި ކަމަށް ވާންގް އަރިހުން ރައީސް އެދިވަޑައިގަތެވެ.
މީގެ އިތުރުން، މަސްވެރިކަމާއި ދަނޑުވެރިކަން އިތުރަށް ފުޅާކޮށް، ތަރައްގީ ކުރުމުގައި ޗައިނާގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ވާންގް ވަނީ ރައީސް މުއިއްޒުގެ ސަރުކާރުގެ އިގްތިސާދީ ސިޔާސަތަށް ތައުރީފް ކުރައްވައި، ރާއްޖޭގެ ތަަރައްގީއަށް އެގައުމުން ވެދެއްވަމުން އަންނަ އެހީތެރިކަމާއި އެއްބާރުލުން ދަމަހައްޓާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. ވާންގް ވަނީ ޗައިނާގެ އެހީގައި ކުރިއަށް ގެންދާ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް އަވަސް ކުރުމުގައި އެހީތެރިވެދިނުމަށް ތައްޔާރަށް ހުންނެވި ކަމުގެ ޔަގީންކަންވެސް ދެއްވައިފަ އެވެ.
ވާންގް ވިދާޅުވީ ސައިޒުގެ ގޮތުން ދެ ގައުމުގެ ކިތަންމެ ތަފާތުވި ނަމަވެސް، ދެ ގައުމު ގުޅިގެން ތަރައްގީ އާއި ކުރިއެރުމަށް މަސައްކަތް ކުރެވޭނެ ކަން ރާއްޖެ އާއި ޗައިނާ އިން ސާބިތުކޮށްދީފައިވާ ކަމަށެވެ. މި ބައްދަލުވުމުގައި ދެ ގައުމު ގުޅިގެން މަސައްކަތް ކުރެވޭނެ އިތުރު ދާއިރާތަކާ ގުޅޭގޮތުން ވެސް ދެ ބޭފުޅުން ވަނީ މަޝްވަރާ ކުރައްވައިފަ އެވެ.
About Post Author
މާދަމާ ނިއުސް
ކަނޑުއޮތްގިރިން މަސްވެރިންނަށް އައިސް ވިއްކަން ފަށައިފި
(ފޮޓޯ ކްރެޑިޓްސް: މިފްކޯ) ކަނޑުއޮތްގިރީގައި ދުވާލަކު 25 ޓަނުގެ އައިސް އުފެއްދޭ ޕްލާންޓެއް ގާއިމުކޮށް، މަސްވެރިންނަށް އައިސް ވިއްކަން މިފްކޯއިން ވަނީ ފަށާފައެވެ. މީގެ...
ޤާނޫނުގެ އިމުގެ ތެރެއިން މިނިވަންކަން: ޙަޤީޤަތާއި، އަމާނާތްތެރިކަމާއި އަދި ޤައުމީ ހަމަޖެހުން ހިމާޔަތްކުރުން
(ފޮޓޯ ކްރެޑިޓްސް: މިހާރު) ކޮންމެ ދިރުުންހުރި ޑިމޮކްރަސީއެއްގައިވެސް، ފަރުދީ މިނިވަންކަމާއި ޤާނޫނީ ސިޔާދަތާ ދެމެދު ހަމަހަމަކަން ހިފަހައްޓަންޖެހެއެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ...
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާ ކުރަން އުސޫލެއް ތަޢާރަފްކުރަނީ
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާކޮށް، ހުރިހާ ޕާޓީއަކުން އެއް އުސޫލަކުން ޢަމަލުކުރާނެ ގަވާއިދެއް އެކުލަވާލުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން (އީސީ) ފަށައިފިއެވެ. އީސީން...
ހަވާއެރުވުމާއެކު މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތް ބާއްވައިފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތްތައް، ރައީސުލްޖުމްހޫރިއްޔާ...
“ޒަކާތު ފަންޑުގެ އިންވެސްޓްމަންޓުތަކުން، އުނިކަމެއް ނާންނާނެ”
ޒަކާތު ފަންޑުގެ ފައިސާ އިންވެސްޓްކުރަނީ ފަޤީރުންނާއި މިސްކީނުންގެ ޙައްޤުތަކަށް އުނިކަން ނާންނާނެހެން، އިސްލާމީ ޝަރީޢަތުގެ އުސޫލުތަކާ އެއްގޮތަށް ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކޮށްފިއެވެ....
ހުއްދަނެތި ބޭސް އެތެރެކޮށްފިނަމަ އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ
ރާއްޖެއަށް ބޭސް އެތެރެކުރުމާއި، ގުދަންކުރުމާއި، ވިއްކުމާ ގުޅޭ އާ ގަވާއިދެއް އެކުލަވާލައި، އެ ގަވާއިދާ ހިލާފުވާ ފަރާތްތައް އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާކޮށް ލައިސަންސް...
