
މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާބެހޭ ވަޒީރު، ޠާރިޤް އިބްރާހީމް ރަސްމީ ދަތުރުފުޅެއްގައި އެކުވެރި ޢަރަބި އިމާރާތް (ޔޫއޭއީ)ގެ ވެރިރަށް އަބޫދާބީއަށް ވަޑައިގެންފިއެވެ. މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްއިން ކުރި ޓްވީޓެއްގައި ހާމަކޮށްފައިވާ ގޮތުގައި، ވަޒީރު ޠާރިޤްގެ މި ދަތުރުފުޅުގެ މަޤްޞަދަކީ 15 ވަނަ އިންޓަރނޭޝަނަލް ރިނިއުވަބަލް އެނަރޖީ އެޖެންސީ (އައިރީނާ) އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމެވެ. އައިރީނާގެ އެސެމްބްލީގެ 15 ވަނަ ސެޝަން އޮންނާނީ ޖަނަވަރީ މަހުގެ 12 އިން 13 އަށެވެ. އަދި މި ސެޝަނާ ގުޅޭ އެހެނިހެން ބައްދަލުވުންތައް މާދަމާ ވެސް ކުރިއަށްދާނެ ކަމަށް މިނިސްޓްރީން މަޢުލޫމާތު ދީފައިވެއެވެ.
މި ބައްދަލުވުމުގައި އައިރީނާގެ ކޮންމެ މެންބަރު ޤައުމަކުން އެއް ބޭފުޅަކު ބައިވެރިވެވަޑައިގަންނަވާނެއެވެ. 2024 ވަނަ އަހަރު ނިމުނުއިރު އައިރީނާގެ މެންބަރުންގެ ތެރޭގައި 170 ޤައުމެއް ހިމެނޭ ކަމަށް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ. މި އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަކީ އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން ދިވެހިރާއްޖެއަށް އިތުރު ފުރުޞަތުތަކެއް ހޯދައި، ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ ދައުރު އިތުރަށް ފުޅާކުރުމަށް ލިބޭ މުހިންމު ފުރުޞަތެއް ކަމަށް ބެލެވެއެވެ.
About Post Author
މާދަމާ ނިއުސް
“ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރަށްވުރެ ދަށްނުވާނެކަމުގެ ޔަގީންކަން އެބައޮތް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް އަސަރުކޮށްފައިވީ ނަމަވެސް، މިދިޔަ އަހަރަށްވުރެ...
ކަނޑުއޮތްގިރިން މަސްވެރިންނަށް އައިސް ވިއްކަން ފަށައިފި
(ފޮޓޯ ކްރެޑިޓްސް: މިފްކޯ) ކަނޑުއޮތްގިރީގައި ދުވާލަކު 25 ޓަނުގެ އައިސް އުފެއްދޭ ޕްލާންޓެއް ގާއިމުކޮށް، މަސްވެރިންނަށް އައިސް ވިއްކަން މިފްކޯއިން ވަނީ ފަށާފައެވެ. މީގެ...
ޤާނޫނުގެ އިމުގެ ތެރެއިން މިނިވަންކަން: ޙަޤީޤަތާއި، އަމާނާތްތެރިކަމާއި އަދި ޤައުމީ ހަމަޖެހުން ހިމާޔަތްކުރުން
(ފޮޓޯ ކްރެޑިޓްސް: މިހާރު) ކޮންމެ ދިރުުންހުރި ޑިމޮކްރަސީއެއްގައިވެސް، ފަރުދީ މިނިވަންކަމާއި ޤާނޫނީ ސިޔާދަތާ ދެމެދު ހަމަހަމަކަން ހިފަހައްޓަންޖެހެއެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ...
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާ ކުރަން އުސޫލެއް ތަޢާރަފްކުރަނީ
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާކޮށް، ހުރިހާ ޕާޓީއަކުން އެއް އުސޫލަކުން ޢަމަލުކުރާނެ ގަވާއިދެއް އެކުލަވާލުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން (އީސީ) ފަށައިފިއެވެ. އީސީން...
ހަވާއެރުވުމާއެކު މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތް ބާއްވައިފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތްތައް، ރައީސުލްޖުމްހޫރިއްޔާ...
“ޒަކާތު ފަންޑުގެ އިންވެސްޓްމަންޓުތަކުން، އުނިކަމެއް ނާންނާނެ”
ޒަކާތު ފަންޑުގެ ފައިސާ އިންވެސްޓްކުރަނީ ފަޤީރުންނާއި މިސްކީނުންގެ ޙައްޤުތަކަށް އުނިކަން ނާންނާނެހެން، އިސްލާމީ ޝަރީޢަތުގެ އުސޫލުތަކާ އެއްގޮތަށް ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކޮށްފިއެވެ....
