
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ގާއިމުކޮށްފައިވާ 132 ކިލޯވޯލްޓްގެ ހައިވޯލްޓޭޖް ސަބްސްޓޭޝަން ގްރޭޓަރ މާލެ އިންޓަކަނެކްޝަން ގްރިޑާ ގުޅާލުމުގެ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ ޓްރާންސްމިޝަން އެންޑް ޑިސްޓްރިބިއުޝަންގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ނާޝިދު ވިދާޅުވި ގޮތުގައި، މި މަސައްކަތް ކުރިއަށް ގެންދިއުމަށް ކުރިން އަންދާޒާކޮށްފައިވަނީ މާލޭގެ 10 ސަރަހައްދަކުން ކަރަންޓު މެދުކަނޑާލަން ޖެހޭނެ ކަމަށެވެ. ނަމަވެސް މޫސުން ތަންދިނުމާއެކު، މާލޭގެ ދެ ސަރަހައްދަކުން އެއް ގަޑިއިރަށްވުރެ މަދު ވަގުތުކޮޅަކަށް ކަރަންޓު މެދުކަނޑާލައިގެން މި މަސައްކަތް ނިންމާލިންމާލެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
“މި މަސައްކަތް ކުރިއަށްގެންދިއުމަށްޓަކައި މާލޭގެ 10 ސަރަހައްދަކުން ކަރަންޓުގެ ހިދުމަތް މެދުކަނޑާލަންޖެހޭނެ ކަމަށް ކުރިން އަންދާޒާ ކުރެވުނު ނަމަވެސް، މޫސުން ތަންދިނުމާއެކު މާލޭގެ 2 ސަރަހައްދަކުން އެއްގަޑިއިރަށްވުރެވެސް މަދު ވަގުތު ކޮޅަކަށް ކަރަންޓުގެ ހިދުމަތް މެދުކަނޑައިގެން މި މަސައްކަތް ވަނީ ނިންމާލެވިފައި.” އިބްރާހިމް ނާޝިދު ވިދާޅުވިއެވެ.
އެކްސްގައި ހިއްސާކުރެއްވި ވީޑިޔޯ މެސެޖުގައި ނާޝިދު ވިދާޅުވީ ފޭސް 2 ގައި ޤާއިމުކުރެވިފައިވާ ނެޓްވޯކް ކޭބަލްތައްވެސް މިއަހަރުތެރޭ ސަބްސްޓޭޝަނަށް ބަދަލުކުރާނެ ކަމަށާއި މި ކަމާއި ބެހޭގޮތުން ވާންޖެހޭ ތައްޔާރީތައް ވުމަށްފަހު ކަސްޓަމަރުންނަށް ހާމަކުރަމުން ގެންދާނެ ކަމަށެވެ.
“މި ސަބްސްޓޭޝަނުގައި އަޅުގަނޑުމެން އިތުރަށް ކުރަމުން ގެންދާ މަސައްކަތަކީ މިއަހަރު ފޭސް 2 ގައި ޤާއިމުކުރެވިފައި އިން 11 ކިލޯވޯޓުގެ ނެޓްވޯކު ކޭބަލްތައް ސަބްސްޓޭޝަންތަކަށް ބަދަލުކުރުން.” ނާޝިދު ވިދާޅުވިއެވެ.
ސްޓެލްކޯގެ ޚިދުމަތް އިތުރަށް ފުޅާކޮށް ފުރިހަމަކުރުމަށް ކުރެވޭ މިފަދަ މަސައްކަތްތަކުގައި ކަސްޓަމަރުންގެ ފަރާތުން އަބަދުވެސް ލިބެމުންދާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާ ކަމަށް ވެސް ނާޝިދު ވިދާޅުވިއެވެ. މި މަސައްކަތް ނިމުމާއެކު، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާވެ، އިތުބާރު ބޮޑުވެގެންދާނެ ކަމަށް ބެލެވެއެވެ. އަދި މުޅި ގްރޭޓަރ މާލެ ސަރަހައްދުގެ ކަރަންޓުގެ ވިއުގަ އިތުރަށް ވަރުގަދަވެގެންދާނެއެވެ.
About Post Author
މާދަމާ ނިއުސް
ޤާނޫނުގެ އިމުގެ ތެރެއިން މިނިވަންކަން: ޙަޤީޤަތާއި، އަމާނާތްތެރިކަމާއި އަދި ޤައުމީ ހަމަޖެހުން ހިމާޔަތްކުރުން
(ފޮޓޯ ކްރެޑިޓްސް: މިހާރު) ކޮންމެ ދިރުުންހުރި ޑިމޮކްރަސީއެއްގައިވެސް، ފަރުދީ މިނިވަންކަމާއި ޤާނޫނީ ސިޔާދަތާ ދެމެދު ހަމަހަމަކަން ހިފަހައްޓަންޖެހެއެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ...
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާ ކުރަން އުސޫލެއް ތަޢާރަފްކުރަނީ
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާކޮށް، ހުރިހާ ޕާޓީއަކުން އެއް އުސޫލަކުން ޢަމަލުކުރާނެ ގަވާއިދެއް އެކުލަވާލުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން (އީސީ) ފަށައިފިއެވެ. އީސީން...
ހަވާއެރުވުމާއެކު މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތް ބާއްވައިފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތްތައް، ރައީސުލްޖުމްހޫރިއްޔާ...
“ޒަކާތު ފަންޑުގެ އިންވެސްޓްމަންޓުތަކުން، އުނިކަމެއް ނާންނާނެ”
ޒަކާތު ފަންޑުގެ ފައިސާ އިންވެސްޓްކުރަނީ ފަޤީރުންނާއި މިސްކީނުންގެ ޙައްޤުތަކަށް އުނިކަން ނާންނާނެހެން، އިސްލާމީ ޝަރީޢަތުގެ އުސޫލުތަކާ އެއްގޮތަށް ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކޮށްފިއެވެ....
ހުއްދަނެތި ބޭސް އެތެރެކޮށްފިނަމަ އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ
ރާއްޖެއަށް ބޭސް އެތެރެކުރުމާއި، ގުދަންކުރުމާއި، ވިއްކުމާ ގުޅޭ އާ ގަވާއިދެއް އެކުލަވާލައި، އެ ގަވާއިދާ ހިލާފުވާ ފަރާތްތައް އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާކޮށް ލައިސަންސް...
ކުޅުދުއްފުށީގައި ޕިކްޕޯސްޓުގެ ޚިދުމަތް ފަށައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް ޕޯސްޓް) ކުޅުދުއްފުށި ސިޓީގެ ޕޯސްޓު އޮފީހުން ޕިކްޕޯސްޓުގެ ޚިދުމަތް ދޭން ފަށައި، އެ އޮފީސް ބަންޑާރަމަގުގައި ހުންނަ ސީނާ ބިލްޑިންގަށް...
