
މުސްލިމް ވޯލްޑް ލީގް (ރާބިޠަތުލް ޢާލަމިލްއިސްލާމީ) އިން އިންތިޒާމުކޮށްގެން ބާއްވާ ބައިނަލްއަޤްވާމީ ކޮންފަރެންސެއްގައި ބައިވެރިވެވަޑައިގަތުމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ޕާކިސްތާނަށް ވަޑައިގެންފިއެވެ. މި ކޮންފަރެންސްގެ މައުޟޫއަކީ އިސްލާމީ މުޖުތަމަޢުތަކުގައި އަންހެންދަރީންނަށް ތަޢުލީމު ދިނުމެވެ. ދެ ދުވަހުގެ މިދަތުރުފުޅުގައި ކޮންފަރެންސްގެ އިލްމުވެރިންގެ ސެޝަންގައި ޑރ. ޝަހީމް ވާހަކަފުޅު ދައްކަވާނެ ކަމަށް އެ ވުޒާރާއިން މަޢުލޫމާތު ދީފައިވެއެވެ.
ޑރ. ޝަހީމަކީ މުސްލިމް ވޯލްޑް ލީގްގެ ސުޕްރީމް ކައުންސިލްގެ މެންބަރެއްވެސް މެއެވެ. މި ކޮންފަރެންސްގައި ވަޒީރު ޝަހީމު ބައިވެރިވެވަޑައިގަތުމަކީ އިސްލާމީ ޢާލަމުގައި ދިވެހިރާއްޖޭގެ ދައުރު އިތުރަށް ފުޅާކުރުމަށް ލިބޭ ފުރުޞަތެކެވެ. ރާބިޠަތުލް ޢާލަމިލް އިސްލާމީ (މުސްލިމް ވޯލްޑް ލީގް) ގެ އެންމެ މަތީ މަޖިލީހަކީ އިސްލާމީ ދުނިޔޭގެ ފާހަގަކޮށްލެވޭ އިލްމީ ޝަޚްޞިއްޔަތުތައް ހިމެނޭ މަޖިލީހެކެވެ. މި ޖަމްޢިއްޔާގެ ހެޑް އޮފީސް ހުންނަނީ ސަޢޫދީ ޢަރަބިއްޔާގެ މައްކާގައެވެ.
ވަޒީރު ޑރ. ޝަހީމް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އިސްލާމީ ތަޞައްވުރު ރާބިޠާއާ ހިއްސާކުރައްވާފައެވެ. އަދި ރާބިޠާއާއި ރާއްޖެއާ ދެމެދު ގުޅުން އިތުރަށް ވަރުގަދަކުރުމަށް ގިނަ މަޝްވަރާތަކެއް ސަރުކާރުން ވަނީ ކޮށްފައެވެ. މި މަޝްވަރާތަކުގެ ތެރޭގައި، އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއާއި ރާބިޠާއާ ދެމެދު 2012 އިން 2015 އަށް ސޮއިކޮށްފައިވާ ތިން އެއްބަސްވުމަށް ޢަމަލުކުރަން ފެށުމަށާއި، ރާއްޖޭގައި ރާބިޠާގެ އޮފީހުގެ މަސައްކަތްތައް އަލުން ފެށުމަށް ވަނީ ނިންމާފައެވެ.
އިސްލާމީ މުޖުތަމަޢުތަކުގައި އަންހެންދަރީންގެ ތަޢުލީމީ ޙައްޤުތައް ކަށަވަރުކުރުމާއި، އެކަމަށް ހުރި ގޮންޖެހުންތައް ދެނެގަނެ ހައްލުކުރުމަށް މަގުފަހިކުރުމަކީ މި ކޮންފަރެންސްގެ މައިގަނޑު މަޤްޞަދު ކަމަށް ބެލެވެއެވެ. މި ކޮންފަރެންސްގައި ބައިވެރިވެވަޑައިގަންނަވާ އެހެން ޤައުމުތަކުގެ އިސް ފަރާތްތަކާއެކު މަޝްވަރާކުރުމުގެ ފުރުޞަތު ޑރ. ޝަހީމަށް ލިބިވަޑައިގަންނަވާނެއެވެ.
About Post Author
މާދަމާ ނިއުސް
ޤާނޫނުގެ އިމުގެ ތެރެއިން މިނިވަންކަން: ޙަޤީޤަތާއި، އަމާނާތްތެރިކަމާއި އަދި ޤައުމީ ހަމަޖެހުން ހިމާޔަތްކުރުން
(ފޮޓޯ ކްރެޑިޓްސް: މިހާރު) ކޮންމެ ދިރުުންހުރި ޑިމޮކްރަސީއެއްގައިވެސް، ފަރުދީ މިނިވަންކަމާއި ޤާނޫނީ ސިޔާދަތާ ދެމެދު ހަމަހަމަކަން ހިފަހައްޓަންޖެހެއެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ...
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާ ކުރަން އުސޫލެއް ތަޢާރަފްކުރަނީ
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާކޮށް، ހުރިހާ ޕާޓީއަކުން އެއް އުސޫލަކުން ޢަމަލުކުރާނެ ގަވާއިދެއް އެކުލަވާލުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން (އީސީ) ފަށައިފިއެވެ. އީސީން...
ހަވާއެރުވުމާއެކު މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތް ބާއްވައިފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތްތައް، ރައީސުލްޖުމްހޫރިއްޔާ...
“ޒަކާތު ފަންޑުގެ އިންވެސްޓްމަންޓުތަކުން، އުނިކަމެއް ނާންނާނެ”
ޒަކާތު ފަންޑުގެ ފައިސާ އިންވެސްޓްކުރަނީ ފަޤީރުންނާއި މިސްކީނުންގެ ޙައްޤުތަކަށް އުނިކަން ނާންނާނެހެން، އިސްލާމީ ޝަރީޢަތުގެ އުސޫލުތަކާ އެއްގޮތަށް ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކޮށްފިއެވެ....
ހުއްދަނެތި ބޭސް އެތެރެކޮށްފިނަމަ އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ
ރާއްޖެއަށް ބޭސް އެތެރެކުރުމާއި، ގުދަންކުރުމާއި، ވިއްކުމާ ގުޅޭ އާ ގަވާއިދެއް އެކުލަވާލައި، އެ ގަވާއިދާ ހިލާފުވާ ފަރާތްތައް އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާކޮށް ލައިސަންސް...
ކުޅުދުއްފުށީގައި ޕިކްޕޯސްޓުގެ ޚިދުމަތް ފަށައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް ޕޯސްޓް) ކުޅުދުއްފުށި ސިޓީގެ ޕޯސްޓު އޮފީހުން ޕިކްޕޯސްޓުގެ ޚިދުމަތް ދޭން ފަށައި، އެ އޮފީސް ބަންޑާރަމަގުގައި ހުންނަ ސީނާ ބިލްޑިންގަށް...
