Read Time:2 Minute, 21 Second

(ފޮޓޯ ކްރެޑިޓްސް: ރަޢީސް އޮފީސް)

 

 

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި އިންޖީނިއާސް އެވޯޑު ރަސްމިއްޔާތުގައި، އަހަރުގެ އެންމެ މޮޅު އިންޖީނިއަރުގެ އެވޯޑު ހަކަތައިގެ ދާއިރާއިން ޕީއެޗްޑީ ހާސިލްކުރައްވާފައިވާ އެމްޑަބްލިއުއެސްސީގެ ޖެނެރަލް މެނޭޖަރު ޑރ. ފުރުގާން އިބްރާހިމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އަރުވާފައެވެ. މި ރަސްމިއްޔާތުގައި އިންޖީނިއަރިންގެ ދާއިރާއަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި އަބްދުއްޝަކޫރު ސޯލިހާއި، މަރުހޫމް އަހުމަދު މަހުރީންގެ އިތުރުން މަރުހޫމް މުހައްމަދު ރަޝީދަށް ވަނީ ލައިފްޓައިމް އެޗީވްމަންޓް އެވޯޑު އަރުވާފައެވެ. މީގެ އިތުރުން އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ އެހެން އިންޖީނިއަރުންނަށާއި މަޝްރޫއުތަކަށް ވެސް ވަނީ އެވޯޑު ދީފައެވެ. މި ހަފުލާގައި ވާހަކަދައްކަވަމުން އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވަނީ އިންޖީނިއަރުންނަކީ ގައުމު ބިނާކުރާ މުހިންމު ބައެއްކަން ފާހަގަކުރައްވައި، ތަރައްގީގެ މަޝްރޫއުތަކާ ގުޅޭގޮތުން ދަރިވަރުންނަށް މައުލޫމާތާއި ތަޖުރިބާ ފޯރުކޮށްދިނުމުގެ މުހިންމުކަން ހާމަކުރައްވާފައެވެ. ސައްބީހަށް ވުރެ ގިނަ ހުށަހެޅުން ލިބުނު މި އެވޯޑު ހަފުލާގައި ޖުމްލަ އަށް ކެޓަގަރީއަކުން ވަނީ އެވޯޑު ދީފައެވެ.

About Post Author

މާދަމާ ނިއުސް

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %