
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ފަތުރުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކާއި ފަޅުތަކުގެ ތެރެއިން މަސައްކަތް ނުނިމި ގިނަ ދުވަސްވެފައިވާ ތަންތަނާމެދު ޢަމަލުކުރާނެ އައު ޤަވާޢިދެއް ފަތުރުވެރިކަމާބެހޭ ވުޒާރާއިން ވަނީ ޝާއިޢުކޮށްފައެވެ. މި ޤަވާޢިދުގެ ދަށުން، އެއްވެސް މަސައްކަތެއް ނުކޮށް 8 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ތަންތަނުގެ އެއްބަސްވުން ވަގުތުން އުވާލެވޭނެއެވެ.
މިފަދަ ނުހެދި ހުރި 168 ތަނެއް ފާހަގަކުރެވިފައިވާއިރު، އެ ތަންތަނުން ދައުލަތަށް ލިބެންޖެހޭ 537 މިލިއަން އެމެރިކާ ޑޮލަރު ނުލިބިވާކަމަށް އެ ވުޒާރާއިން ބަޔާންކުރެއެވެ. މަސައްކަތް ކުރިއަށް ނުދާ ތަންތަން 4 ގިންތިއަކަށް ބަހާލައިގެން މައްސަލަ ހައްލުކުރުމަށް ހަމަޖެހިފައިވާއިރު، މަސައްކަތް ފަށާފައިވާ ފަރާތްތަކަށް އިތުރު ފުރުޞަތުތަކެއްވެސް ދިނުމަށް ވަނީ ކަނޑައަޅާފައެވެ. މި ފިޔަވަޅުތަކުގެ ސަބަބުން ހުއްޓިފައިވާ މަޝްރޫޢުތައް އަލުން ފެށި، ދައުލަތަށް ލިބެންޖެހޭ ޓެކުހާއި އާމްދަނީ އަނބުރާ ލިބުމުގެ އިތުރުން ވަޒީފާގެ ފުރުޞަތުތައް ފަހިވެ އިޤްތިޞާދަށް ކުރިއެރުން ލިބިގެންދާނެއެވެ.
About Post Author
މާދަމާ ނިއުސް
ކައުންސިލުތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި 1.68 ބިލިޔަން ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) މިމަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި 1.68 ބިލިޔަން ރުފިޔާ ދޫކޮށްފައިވާއިރު، މިއީ...
ބަދަލުވަމުން އަންނަ ދުނިޔޭގައި ޓީޗަރުންގެ ޢިލްމާއި ތަޖުރިބާ މުހިންމު: ނައިބު ރައީސް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) 8 ވަނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސައިން މުޙައްމަދު...
އަންނަ އަހަރު ކީ ސްޓޭޖް 1ގެ ފޮތްތަކަށް ބަދަލު ގެންނަނީ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ދަރިވަރުން ހާސިލްކުރާ މިންވަރު އިތުރުކުރުމަށްޓަކައި އަންނަ އަހަރު ކީ ސްޓޭޖް 1 ގެ ފޮތްތަކުގެ ކޮންޓެންޓަށް ބޮޑެތި ބަދަލުތަކެއް...
“އިސްލާމީ ޤައުމެއްގެ ގޮތުގައި ދެމިއޮތީ ދުސްތޫރީ ގޮތުން ދީން ހިމާޔަތްވެފައި އޮތުމުން”
ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުގައި، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު...
ބައްސާމް 1.2 މިލިޔަން ޑޮލަރުން ޖޫރިމަނާކޮށް އުމުރަށް ސަސްޕެންޑު
(ފޮޓޯ ކްރެޑިޓްސް: އިންފެންޓީނޯ) އެފްއޭއެމްގެ ކޮވިޑް އެހީގެ ފައިސާއާއި އެހެނިހެން ފައިސާއަށް ޚިޔާނާތްތެރިވެ އަމިއްލަ މަންފާއަށް ބޭނުންކުރި މައްސަލައިގައި، އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް...
ބުރިޖުގައި ޖެހުނު 2 ބޯޓު އަޑިއަށް ހިނގައްޖެ
(ފޮޓޯ ކްރެޑިޓްސް: ޝޯޝަލް މީޑިއާ) މޫސުން ގޯސްވެ ނަގިލި ކަހާލުމުގެ ސަބަބުން މާލޭ ބަނދަރުން އޮޔާގޮސް، ސިނަމާލެ ބުރިޖުގެ ތަނބެއްގައި ޖެހުނު ތެޔޮ އުފުލާ...
