
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ދަރިވަރުން ހާސިލްކުރާ މިންވަރު އިތުރުކުރުމަށްޓަކައި އަންނަ އަހަރު ކީ ސްޓޭޖް 1 ގެ ފޮތްތަކުގެ ކޮންޓެންޓަށް ބޮޑެތި ބަދަލުތަކެއް ގެންނަން ނިންމާފައިވާކަން، 8 ވަނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ތަޢުލީމީ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވަނީ ހާމަކުރައްވާފައެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި ފޮތްތަކަށް ބަދަލު ގެނައި ނަމަވެސް ހަޤީޤީ ނަތީޖާއެއް ފެންނާނީ މުދައްރިސުންގެ މަސައްކަތުން ކަމަށާއި، ޒަމާނީ ޓެކްނޮލޮޖީއާއި އޭއައިގެ ކުރިއެރުންތަކަށް ދަރިވަރުން އަހުލުވެރިކުރުވުމުގައި ޓީޗަރުންގެ ދައުރު ވަރަށް ބޮޑެވެ.
މީގެ އިތުރުން ސާނަވީ ތަޢުލީމަށްފަހު މަތީ ސާނަވީއަށް ކިޔަވަންދާ ދަރިވަރުންގެ ނިސްބަތް 40 އިންސައްތައިން މިހާރު 50 އިންސައްތައަށް އިތުރުކުރެވިފައިވާ ކަމަށާއި، މާލޭ ވޮކޭޝަނަލް ހައި ސްކޫލާއެކު މިއަދަދު 60 އިންސައްތައަށް މަތިކުރެވޭނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އަދި ޓީޗަރުންނަކީ މުޖުތަމަޢުގައި މުހިންމު ބާރަކާއި އިޚްތިޔާރެއް ލިބިގެންވާ ބަޔަކަށްވާތީ، ދަރިވަރުންގެ ތަޢުލީމީ ކުރިއެރުމަށްޓަކައި ބެލެނިވެރިންނާއި މުޖުތަމަޢުގެ އެހެން ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރުމަށް ވަޒީރު އިލްތިމާސްކުރެއްވިއެވެ.
About Post Author
މާދަމާ ނިއުސް
ކައުންސިލުތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި 1.68 ބިލިޔަން ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) މިމަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި 1.68 ބިލިޔަން ރުފިޔާ ދޫކޮށްފައިވާއިރު، މިއީ...
ބަދަލުވަމުން އަންނަ ދުނިޔޭގައި ޓީޗަރުންގެ ޢިލްމާއި ތަޖުރިބާ މުހިންމު: ނައިބު ރައީސް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) 8 ވަނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސައިން މުޙައްމަދު...
“އިސްލާމީ ޤައުމެއްގެ ގޮތުގައި ދެމިއޮތީ ދުސްތޫރީ ގޮތުން ދީން ހިމާޔަތްވެފައި އޮތުމުން”
ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުގައި، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު...
ބައްސާމް 1.2 މިލިޔަން ޑޮލަރުން ޖޫރިމަނާކޮށް އުމުރަށް ސަސްޕެންޑު
(ފޮޓޯ ކްރެޑިޓްސް: އިންފެންޓީނޯ) އެފްއޭއެމްގެ ކޮވިޑް އެހީގެ ފައިސާއާއި އެހެނިހެން ފައިސާއަށް ޚިޔާނާތްތެރިވެ އަމިއްލަ މަންފާއަށް ބޭނުންކުރި މައްސަލައިގައި، އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް...
ބުރިޖުގައި ޖެހުނު 2 ބޯޓު އަޑިއަށް ހިނގައްޖެ
(ފޮޓޯ ކްރެޑިޓްސް: ޝޯޝަލް މީޑިއާ) މޫސުން ގޯސްވެ ނަގިލި ކަހާލުމުގެ ސަބަބުން މާލޭ ބަނދަރުން އޮޔާގޮސް، ސިނަމާލެ ބުރިޖުގެ ތަނބެއްގައި ޖެހުނު ތެޔޮ އުފުލާ...
ޤަތަރު އެއާވޭސްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
ޤަތަރު އެއާވޭސްއިން އަންނަ އޮކްޓޫބަރު މަހުގެ 25 ވަނަ ދުވަހުން ފެށިގެން ރާއްޖެއަށް ކުރާ ދަތުރުތައް ހަފުތާއަކު 12 އިން 21 އަށް އިތުރުކުރަން...
