
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް)
މިމަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 28.73 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %6.2 ގެ ކުރިއެރުމެކެވެ. މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޓެކްސް އާމްދަނީ %8.5 އިތުރުވުމެވެ. މީގެ ތެރޭގައި ޓީޖީއެސްޓީ، އިމްޕޯޓް ޑިއުޓީ، ވިޔަފާރި މުދަލުގެ ޓެކްސް، ޖީއެސްޓީ އަދި ގްރީން ޓެކްސްއިން ލިބުނު އާމްދަނީ ހިމެނެއެވެ.
މި މުއްދަތުގައި ދައުލަތުގެ ޖުމްލަ ޚަރަދު ވަނީ %17 އިތުރުވެ، 30.86 ބިލިޔަން ރުފިޔާއަށް އަރާފައެވެ. މީގެ ތެރެއިން ރިކަރަންޓް ޚަރަދު %18.6 އަދި ކެޕިޓަލް ޚަރަދު %6.9 އިތުރުވެފައިވާއިރު، އެންމެ ބޮޑު ހޭދައެއް ހިނގާފައިވަނީ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށާއި އިމާރާތް ކުރުމުގެ ދާއިރާއަށެވެ. މީގެއިތުރުން އާސަންދަ، ކައުންސިލް ގްރާންޓް އަދި ސަބްސިޑީއަށް ކުރި ޚަރަދުވެސް ވަނީ ފާހަގަކުރެވޭ މިންވަރަކަށް މައްޗަށް ގޮސްފައެވެ. ޚަރަދުތައް ބޮޑުވުމާ ގުޅިގެން ޕްރައިމަރީ ސާޕްލަސް ވަނީ %68.6 ދަށްވެ 1.27 ބިލިޔަން ރުފިޔާއަށް ތިރިވެފައި އަދި ޖުމްލަ ބަޖެޓުން ވަނީ 2.13 ބިލިޔަން ރުފިޔާގެ ޑެފިސިޓެއް ދައްކާފައެވެ.
About Post Author
މާދަމާ ނިއުސް
ކައުންސިލުތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި 1.68 ބިލިޔަން ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) މިމަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި 1.68 ބިލިޔަން ރުފިޔާ ދޫކޮށްފައިވާއިރު، މިއީ...
ބަދަލުވަމުން އަންނަ ދުނިޔޭގައި ޓީޗަރުންގެ ޢިލްމާއި ތަޖުރިބާ މުހިންމު: ނައިބު ރައީސް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) 8 ވަނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސައިން މުޙައްމަދު...
އަންނަ އަހަރު ކީ ސްޓޭޖް 1ގެ ފޮތްތަކަށް ބަދަލު ގެންނަނީ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ދަރިވަރުން ހާސިލްކުރާ މިންވަރު އިތުރުކުރުމަށްޓަކައި އަންނަ އަހަރު ކީ ސްޓޭޖް 1 ގެ ފޮތްތަކުގެ ކޮންޓެންޓަށް ބޮޑެތި ބަދަލުތަކެއް...
“އިސްލާމީ ޤައުމެއްގެ ގޮތުގައި ދެމިއޮތީ ދުސްތޫރީ ގޮތުން ދީން ހިމާޔަތްވެފައި އޮތުމުން”
ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުގައި، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު...
ބައްސާމް 1.2 މިލިޔަން ޑޮލަރުން ޖޫރިމަނާކޮށް އުމުރަށް ސަސްޕެންޑު
(ފޮޓޯ ކްރެޑިޓްސް: އިންފެންޓީނޯ) އެފްއޭއެމްގެ ކޮވިޑް އެހީގެ ފައިސާއާއި އެހެނިހެން ފައިސާއަށް ޚިޔާނާތްތެރިވެ އަމިއްލަ މަންފާއަށް ބޭނުންކުރި މައްސަލައިގައި، އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް...
ބުރިޖުގައި ޖެހުނު 2 ބޯޓު އަޑިއަށް ހިނގައްޖެ
(ފޮޓޯ ކްރެޑިޓްސް: ޝޯޝަލް މީޑިއާ) މޫސުން ގޯސްވެ ނަގިލި ކަހާލުމުގެ ސަބަބުން މާލޭ ބަނދަރުން އޮޔާގޮސް، ސިނަމާލެ ބުރިޖުގެ ތަނބެއްގައި ޖެހުނު ތެޔޮ އުފުލާ...
