
(ފޮޓޯ ކްރެޑިޓްސް: މިހާރު)
މާލެ ކައިރީގައި އަޅާފައި އޮތް ދެ ބޯޓެއް ކޮޅިގަނޑެއްގައި ނަގިލި ކަނޑައިގެން ގޮސް އޮޔާގޮސް ސިނަމާލެ ބްރިޖުގައި ޖެހުނު ނަމަވެސް، ބްރިޖަށް ބޮޑު ގެއްލުމެއް ނުލިބި ކާރިސާއަކުން ސަލާމަތްވެފައިވާ ކަމަށް އުމްރާނީ ތަރައްގީއާ ބެހޭ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ. ބްރިޖު އެޅި ޗައިނާގެ އެސްއެޗްއީސީ ކުންފުނިން ކުރި އިންސްޕެކްޝަނުން ދެއްކި ގޮތުގައި ބްރިޖުގެ ސްޓްރަކްޗަރަށް ގެއްލުމެއް ނުވެ، ލިބިފައިވަނީ ކުދި ކޫރުންތަކެއް ކަމަށާއި އެ ކަންކަން އެ ކުންފުނިން މަރާމާތު ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި މިފަދަ ހާދިސާތަކުން ރައްކާތެރިވުމަށްޓަކައި ބާރުގަދަ ދެ ޓަގުބޯޓު ހޯދުމުގެ މަސައްކަތް އެމްޕީއެލް އިން ކުރަމުންދާ ކަމަށާއި، ބަނދަރުތަކުގައި އުޅަނދުފަހަރު އެޅުމުގެ އުސޫލުތައް ހަރުދަނާ ކުރައްވާނެ ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ. މި ހާދިސާ ހިނގި ދެ ބޯޓަކީ މިދިޔަ އެޕްރީލް މަހު ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ، ދޫނިދޫ ކައިރީގައި އަޅާފައި އޮތް ދެ އުޅަނދެވެ.
About Post Author
މާދަމާ ނިއުސް
މީރާއަށް ނުލިބިހުރި ފައިސާގެ ތެރެއިން 497 މިލިޔަން ރުފިޔާ ހޯދައިފި
(ފޮޓޯ ކްރެޑިޓްސް: މީރާ) މިދިޔަ މަހު ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް މީރާއިން ކުރި މަސައްކަތުން 497 މިލިޔަން ރުފިޔާ ހޯދާފައިވާއިރު، އެ މަހު...
ރާއްޖޭން ބޭރުގައި އޭޓީއެމްތަކުން ފައިސާ ނަގާއިރު ނަގާ ކްރޮސް ބޯޑަރ ފީ ކަނޑާލައިފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭން ބޭރުގެ އޭޓީއެމްތަކުން ޑެބިޓް ކާޑު ބޭނުންކޮށްގެން ފައިސާ ނަގާއިރު ނަގަމުން އައި "ކްރޮސް ބޯޑަރ" ފީ ނެގުން...
ފަތުރުވެރިކަމުގެ މަސައްކަތް ކުރިއަށް ނުދާ ތަންތަނުގެ އެއްބަސްވުން އުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކާއި ފަޅުތަކުގެ ތެރެއިން މަސައްކަތް ނުނިމި ގިނަ ދުވަސްވެފައިވާ ތަންތަނާމެދު ޢަމަލުކުރާނެ އައު ޤަވާޢިދެއް ފަތުރުވެރިކަމާބެހޭ...
ބޭރު ފައިސާއާބެހޭ 2 ޤަވާއިދެއް އިސްލާހުކޮށް ގެޒެޓްކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ބޭރު ފައިސާއާ ބެހޭ ޤާނޫނަށް ގެނައި އިސްލާހުތަކާ ގުޅިގެން، ބޭރު ފައިސާ މާރުކުރުމުގެ މާލީ އިލްތިޒާމުތަކާއި ވިޔަފާރިތަކަށް ލުއިދިނުމުގެ...
މެލޭޝިއާގެ ބޮޑުވަޒީރުގެ ދަތުރުފުޅުގައި ރާއްޖެއާ އެކު މުހިންމު ދާއިރާތަކުން އެއްބަސްވުންތަކުގައި ސޮއިކުރަނީ
(ފޮޓޯ ކްރެޑިޓްސް: ރަޢީސް އޮފީސް) ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް އަންނަ ހޯމަ ދުވަހު ދެ ދުވަހުގެ...
އަހަރުގެ އެންމެ މޮޅު އިންޖިނިއަރަކަށް ޑރ. ފުރުގާން، ލައިފްޓައިމް އެވޯޑު ތިން ބޭފުޅަކަށް
(ފޮޓޯ ކްރެޑިޓްސް: ރަޢީސް އޮފީސް) ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި އިންޖީނިއާސް އެވޯޑު ރަސްމިއްޔާތުގައި، އަހަރުގެ އެންމެ މޮޅު އިންޖީނިއަރުގެ އެވޯޑު ހަކަތައިގެ ދާއިރާއިން...
