Read Time:2 Minute, 7 Second

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)

 

 

ބޭރު ފައިސާއާ ބެހޭ ޤާނޫނަށް ގެނައި އިސްލާހުތަކާ ގުޅިގެން، ބޭރު ފައިސާ މާރުކުރުމުގެ މާލީ އިލްތިޒާމުތަކާއި ވިޔަފާރިތަކަށް ލުއިދިނުމުގެ އުސޫލުތައް ބަޔާންކޮށް އެމްއެމްއޭއިން ދެ ޤަވާއިދެއް އިސްލާހުކޮށްފިއެވެ. މި އިސްލާހުތަކުގެ ދަށުން، ރިސޯޓުތަކުގެ އާމްދަނީގެ 40 އިންސައްތަ ރާއްޖޭގެ ބޭންކަކަށް މާރުކުރަން ޖެހޭއިރު، ބޭރު ފައިސާއިން އަދާކުރަންޖެހޭ ޚަރަދުތަކަށް ލުއި ހޯދުމަށް ކޮންމެ އަހަރެއް ފެށުމުގެ 30 ދުވަސް ކުރިން އެމްއެމްއޭއަށް ހުށަހަޅަންޖެހެއެވެ. އަދި އިންޝުއަރެންސް، ހިއްސާދާރުންގެ މުޢާމަލާތްތައް، ޑިޕްލޮމެޓިކް އަދި މަތީ ތަޢުލީމުގެ ޚަރަދުތަކަށް ލުއި ލިބޭނެ ގޮތް ހަމަޖައްސައި، އެފަދަ ލުއިތަކަށް އެދޭއިރު މީރާގެ ޓެކްސް ކްލިއަރެންސް ހުށަހަޅަން ވަނީ ލާޒިމުކޮށްފައެވެ. މީގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާ ނޫން އެހެން ވިޔަފާރިތަކުން ފައިސާ މާރުކުރަންޖެހޭ އަހަރީ އާމްދަނީގެ މިންވަރު 15 މިލިއަން ޑޮލަރުން 25 މިލިއަން ޑޮލަރަށް މަތިކޮށް، ފައިސާ މާރުކުރުމަށް ޚާއްސަ އެކައުންޓެއް ރަޖިސްޓްރީ ކުރަންޖެހޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

About Post Author

މާދަމާ ނިއުސް

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %