
(ފޮޓޯ ކްރެޑިޓްސް: ރަޢީސް އޮފީސް)
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް އަންނަ ހޯމަ ދުވަހު ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ. ވޭތުވެދިޔަ ނުވަ އަހަރުގެ ތެރޭގައި މެލޭޝިއާގެ ބޮޑުވަޒީރަކު ރާއްޖެއަށް ކުރައްވާ މި ފުރަތަމަ ދަތުރުފުޅުގައި، ދެ ޤައުމުގެ ގުޅުން ބަދަހިކުރުމުގެ ގޮތުން މުހިންމު ދާއިރާތަކުން މަޝްވަރާތައް ބާއްވައި، ފަހުމުނާމާތަކެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ދަޢުލަތުގެ އިސްވެރިން ބޮޑުވަޒީރުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތް ކުރައްވާނެއެވެ. ބޮޑުވަޒީރު އަންވަރު ރާއްޖެ ވަޑައިގަންނަވަނީ ބްރިކްސް ސަމިޓަށް އިންޑިއާއަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހުގައެވެ.
About Post Author
މާދަމާ ނިއުސް
ކައުންސިލުތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި 1.68 ބިލިޔަން ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) މިމަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި 1.68 ބިލިޔަން ރުފިޔާ ދޫކޮށްފައިވާއިރު، މިއީ...
ބަދަލުވަމުން އަންނަ ދުނިޔޭގައި ޓީޗަރުންގެ ޢިލްމާއި ތަޖުރިބާ މުހިންމު: ނައިބު ރައީސް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) 8 ވަނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސައިން މުޙައްމަދު...
އަންނަ އަހަރު ކީ ސްޓޭޖް 1ގެ ފޮތްތަކަށް ބަދަލު ގެންނަނީ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ދަރިވަރުން ހާސިލްކުރާ މިންވަރު އިތުރުކުރުމަށްޓަކައި އަންނަ އަހަރު ކީ ސްޓޭޖް 1 ގެ ފޮތްތަކުގެ ކޮންޓެންޓަށް ބޮޑެތި ބަދަލުތަކެއް...
“އިސްލާމީ ޤައުމެއްގެ ގޮތުގައި ދެމިއޮތީ ދުސްތޫރީ ގޮތުން ދީން ހިމާޔަތްވެފައި އޮތުމުން”
ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުގައި، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު...
ބައްސާމް 1.2 މިލިޔަން ޑޮލަރުން ޖޫރިމަނާކޮށް އުމުރަށް ސަސްޕެންޑު
(ފޮޓޯ ކްރެޑިޓްސް: އިންފެންޓީނޯ) އެފްއޭއެމްގެ ކޮވިޑް އެހީގެ ފައިސާއާއި އެހެނިހެން ފައިސާއަށް ޚިޔާނާތްތެރިވެ އަމިއްލަ މަންފާއަށް ބޭނުންކުރި މައްސަލައިގައި، އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް...
ބުރިޖުގައި ޖެހުނު 2 ބޯޓު އަޑިއަށް ހިނގައްޖެ
(ފޮޓޯ ކްރެޑިޓްސް: ޝޯޝަލް މީޑިއާ) މޫސުން ގޯސްވެ ނަގިލި ކަހާލުމުގެ ސަބަބުން މާލޭ ބަނދަރުން އޮޔާގޮސް، ސިނަމާލެ ބުރިޖުގެ ތަނބެއްގައި ޖެހުނު ތެޔޮ އުފުލާ...
