
(ފޮޓޯ ކްރެޑިޓްސް: އެކި. އެމްވީ)
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަނީ ރާއްޖޭގެ ސިޔާސީ މަސްރަޙަށް ހާމަކަންބޮޑު، ޒިންމާދާރު ޑިމޮކްރަސީއެއްގެ އައު މިންގަނޑުތަކެއް ތަޢާރަފުކޮށްދެއްވާފައެވެ. އިސްލާމީ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ކަށަވަރުކޮށްދެއްވައި، ނޫސްވެރިންނާ ގަވާއިދުން ބައްދަލުކުރެއްވުމުގެ ސަގާފަތެއް ވަނީ ޤާއިމުކޮށްދެއްވާފައެވެ. ވަކިން ޚާއްޞަކޮށް، ދުނިޔޭގެ ރެކޯޑު މިންވަރަކަށް ދިގުދެމިގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވެވުމާއި، ހުރިހާ މީޑިއާތަކަށް ހަމަހަމަ ފުރުޞަތު ދެއްވުމަކީ ކުރީގެ ސަރުކާރުތަކާ އަޅާބަލާއިރު ފާހަގަކޮށްލެވޭ ބޮޑު ބަދަލެކެވެ.
ސިޔާސީ ކެތްތެރިކަމުގެ ގޮތުން ބަލާއިރު، ފާއިތުވި 15 އަހަރު ރާއްޖޭގައި އޮތް އިދިކޮޅު ލީޑަރުން ހައްޔަރުކުރުމުގެ ސަގާފަތް މި ސަރުކާރުން ވަނީ ނިމުމަކަށް ގެނެސްފައެވެ. ސިޔާސީ ބަދަލުހިފުމުގެ ރޫޙު ދޫކޮށްލައްވައި، އިދިކޮޅު ފަރާތްތަކަށް މިނިވަންކަމާއެކު ހަރަކާތްތެރިވުމުގެ ޖާގަ ވަނީ ފަހިކޮށްދެއްވާފައެވެ. މީގެ އިތުރުން، “އަހާ ފޯރަމް” ފަދަ ޕްލެޓްފޯމްތައް މެދުވެރިކޮށް ރައްޔިތުންގެ ޝަކުވާތަކާއި ފާޑުކިޔުންތަކަށް ސީދާ ރައީސާއި ވަޒީރުން ޖަވާބުދާރީވުމަކީ ރައްޔިތުންނާ ގާތުން މަސައްކަތްކުރުމުގެ އައު ނަމޫނާއެކެވެ.
އަތޮޅުތެރޭގެ ތަރައްޤީއަށް އިސްކަންދެއްވައި، ކުރު މުއްދަތެއްގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް ޒިޔާރަތްކުރައްވައި ރައްޔިތުންގެ އަޑު އައްސަވާފައިވަނީ އިންތިޚާބީ މަޤުޞަދެއްގައެއް ނޫނެވެ. ހަމައެހެންމެ، ނޫސްވެރިކަމުގެ މިނިވަންކަމުގެ ނަމުގައި ދީނީ މިންގަނޑުތަކާ ޚިލާފުވުމާއި އަބުރުކަތިލުން ހުއްޓުވައި، ޒިންމާދާރު ނޫސްވެރިކަމެއް ކުރިއެރުވުމަށް މި ސަރުކާރުން ބާރުއަޅުއްވައެވެ. ރައީސް މުޢިއްޒު ކަނޑައެޅުއްވި މި އުޞޫލުތަކަކީ މުސްތަޤުބަލުގެ ވެރިންނަށްވެސް އަމަލުކުރަން މަޖުބޫރުވާނެފަދަ، ދިވެހި ޑިމޮކްރަސީގައި ބިނާކުރެއްވި ވަރުގަދަ ތަރިކައެކެވެ.
About Post Author
މާދަމާ ނިއުސް
އެމްޑީޕީ ޗެއަރޕާސަން އިންތިޚާބު ރައީސް ނަޝީދު ކާމިޔާބުކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: އެމްޑީޕީ) އެމްޑީޕީގެ ޗެއަރޕާސަން ހޮވުމަށް ބޭއްވި އިންތިޚާބު ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކާމިޔާބު ކުރައްވައިފިއެވެ. ތިން ކެންޑިޑޭޓުން ވާދަކުރެއްވި މި...
އެމެރިކާއިން ވޯލްޑް ކަޕް ފެށީ ބޮޑު މޮޅަކުން
ފީފާ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި އެމެރިކާއިން 4-1 ގެ ނަތީޖާއަކުން ޕެރަގުއާއީ ބަލިކޮށް، މުބާރާތުގެ ފެށުން ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ލަނޑުތައް ކާމިޔާބުކުރީ ފްލޮރިއަން...
ޕޯޗުގަލް ތައްޓަށް ވާދަކުރާނެތަ؟ ރޮނާލްޑޯގެ ޖަވާބެއް ނެތް!
ޕޯޗުގަލް ޓީމުގައި މޮޅު ކުޅުންތެރިން ތިބި ނަމަވެސް، ވޯލްޑް ކަޕް ކާމިޔާބު ކުރެވޭނެ ކަމަށް ބުނަން އަދި އަވަސް ކަމަށް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ...
އަހަރެން އެދުނީ އަވަހަށް ފިލާވަޅު ދަސްކުރަން: ކެނެޑާ ކޯޗު
ބޮސްނިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ކެނެޑާގެ ފަރާތުން ފެނުނު ކުޅުމާ މެދު ހިތްހަމަނުޖެހި، އެ ހާފުން ލިބުނު ފިލާވަޅުތަކުން ދަސްކޮށްގެން ދެވަނަ...
ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް ބިލިޔަނަކަށްވުރެ ގިނަ ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ފުރަތަމަ ފަސް މަސްދުވަހު ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 1.05 ބިލިޔަން ރުފިޔާ ލިބިފައިވާކަމަށް މީރާގެ ތަފާސްހިސާބުތަކުން...
