
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މިފްކޯއަކީ މިހާރު ސަރުކާރުގެ ސަބްސިޑީއާ ނުލައި އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ކުންފުންޏެއް ކަމަށް މަސްވެރިކަމާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ކުރިން މަސް ގަތުމަށް ކިލޯއަކަށް 13 ރުފިޔާގެ މަގުން އަހަރަކު 1.1 ބިލިއަން ރުފިޔާ ސަރުކާރުން ހޭދަކުރި ނަމަވެސް، ކުންފުނީގެ ހިންގުމަށް ގެނައި އިސްލާހީ ބަދަލުތަކާއެކު މިހާރު އެ އެހީ ދިނުން ވަނީ ހުއްޓާލާފައެވެ. ސަރުކާރުން މިހާރު ސަބްސިޑީ ދެނީ ހަމައެކަނި މަސްވެރިންނަށް ފޯރުކޮށްދޭ ތެލަށް ކަމަށާއި، މިފްކޯއިން ތެޔޮ ގަންނަނީވެސް އެހެން ކުންފުނިތަކާ އެއް އަގަކަށް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މި ބަދަލުތަކަކީ ރައްޔިތުންގެ ޓެކްސް ފައިސާ ޒިންމާދާރު ގޮތެއްގައި ބޭނުންކުރުމަށާއި މިފްކޯއަކީ ފައިދާހުރި ކުންފުންޏަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން އެޅުނު މުހިންމު ފިޔަވަޅުތަކެކެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މިހާރު މިފްކޯއިން މަސް ގަންނަ އަގު ކަނޑައަޅަނީ ބައިނަލްއަގުވާމީ ބާޒާރަށް ރިއާޔަތްކޮށް އަމިއްލައަށެވެ.
About Post Author
މާދަމާ ނިއުސް
އެމްޑީޕީ ޗެއަރޕާސަން އިންތިޚާބު ރައީސް ނަޝީދު ކާމިޔާބުކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: އެމްޑީޕީ) އެމްޑީޕީގެ ޗެއަރޕާސަން ހޮވުމަށް ބޭއްވި އިންތިޚާބު ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކާމިޔާބު ކުރައްވައިފިއެވެ. ތިން ކެންޑިޑޭޓުން ވާދަކުރެއްވި މި...
އެމެރިކާއިން ވޯލްޑް ކަޕް ފެށީ ބޮޑު މޮޅަކުން
ފީފާ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި އެމެރިކާއިން 4-1 ގެ ނަތީޖާއަކުން ޕެރަގުއާއީ ބަލިކޮށް، މުބާރާތުގެ ފެށުން ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ލަނޑުތައް ކާމިޔާބުކުރީ ފްލޮރިއަން...
ޕޯޗުގަލް ތައްޓަށް ވާދަކުރާނެތަ؟ ރޮނާލްޑޯގެ ޖަވާބެއް ނެތް!
ޕޯޗުގަލް ޓީމުގައި މޮޅު ކުޅުންތެރިން ތިބި ނަމަވެސް، ވޯލްޑް ކަޕް ކާމިޔާބު ކުރެވޭނެ ކަމަށް ބުނަން އަދި އަވަސް ކަމަށް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ...
އަހަރެން އެދުނީ އަވަހަށް ފިލާވަޅު ދަސްކުރަން: ކެނެޑާ ކޯޗު
ބޮސްނިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ކެނެޑާގެ ފަރާތުން ފެނުނު ކުޅުމާ މެދު ހިތްހަމަނުޖެހި، އެ ހާފުން ލިބުނު ފިލާވަޅުތަކުން ދަސްކޮށްގެން ދެވަނަ...
ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް ބިލިޔަނަކަށްވުރެ ގިނަ ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ފުރަތަމަ ފަސް މަސްދުވަހު ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 1.05 ބިލިޔަން ރުފިޔާ ލިބިފައިވާކަމަށް މީރާގެ ތަފާސްހިސާބުތަކުން...
