
(ފޮޓޯ ކްރެޑިޓްސް: ޙުލާސާ ނިއުސް)
ރާއްޖޭގެ ކުރީގެ ތިން ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި، އަބްދުﷲ ޔާމީނާއި، އިބްރާހީމް މުހައްމަދު ސޯލިހު، ނޫސްވެރިކަމުގެ މިނިވަންކަމުގެ ދިފާއުގައި އެއްގަލަކަށް އެރުމަކީ ސިޔާސީ އޮޅުވާލުމެކެވެ. މިއީ ބާރު ގެއްލުމުން އަމިއްލަ މާޒީ ހަނދާން ނައްތާލައި، ސިޔާސީ މަންފާއަށްޓަކައި ދައްކާ ވާހަކަތަކެކެވެ.
ރައީސް ނަޝީދުގެ ދައުރުގައި ޑިމޮކްރަސީގެ ނަމުގައި ސިފައިން ފޮނުއްވައިގެން ދައުލަތުގެ މީޑިއާ ހިސާރުކޮށް، ސަރުކާރަށް ފާޑުކިޔާ މީޑިއާތަކަށް ހަމަލާދީ ބިރުދެއްކިއެވެ. ރައީސް ޔާމީންގެ ވެރިކަމަކީ ނޫސްވެރިކަމުގެ އެންމެ އަނދިރި ޒަމާނެވެ. އަބުރުގެ ގާނޫނު މެދުވެރިކޮށް މީޑިއާތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށް، ނޫސްވެރިން ހައްޔަރުކޮށް އަނިޔާކުރުމުގެ ރެކޯޑެއް އެމަނިކުފާނުގެ އޮތެވެ. ރައީސް ސޯލިހުގެ ދައުރުގައިވެސް ނޫސްވެރިންގެ މަސްދަރު ހާމަކުރަން މަޖުބޫރުވާ ގޮތަށް ހެކީގެ ގާނޫނު ތަސްދީގުކޮށް، އިދިކޮޅު ހަރަކާތްތައް ކަވަރުކުރި ނޫސްވެރިންނަށް ފުލުހުން އަނިޔާކޮށްފައިވެއެވެ.
މި ތިން ބޭފުޅުންގެ ވެރިކަމުގައިވެސް ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ރާއްޖެ ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. މިއަދު މި ތިން ބޭފުޅުން އެއް ޕޯޑިއަމަކުން ފެނުމަކީ، ބާރު ހޯދުމަށްޓަކައި ރައްޔިތުންގެ ޖަޒުބާތާ ކުޅުމަށް ކުރާ ކަމެކެވެ. ނޫސްވެރިކަމުގެ މިނިވަންކަމަކީ ހަމައެކަނި ބާރު ނެތް ދުވަހު ދައްކަންޖެހޭ ވާހަކައެއް ނޫނެވެ. މާޒީގައި ކަންކޮށްފައިވާ ގޮތުން، މި ބޭފުޅުންނަކީ ނޫސްވެރިކަމުގެ ހަގީގީ ޗެމްޕިއަނުން ނޫންކަން ތާރީހުން އެނގެން އެބައޮތެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
