
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޢިރާޤުގެ ހުއްދައެއް ނެތި އެ ޤައުމުގެ ހުޅަނގު ސަހަރާގައި ޔަހޫދީން ސިއްރު ދެ އަސްކަރީ މަރުކަޒު ބިނާކޮށް، އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ބޭނުންކުރަމުންދާކަން ފަޅާއަރައިފިއެވެ. ދި ނިއު ޔޯކް ޓައިމްސުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި މަރުކަޒުތައް ބޭނުންކުރާތާ އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާއިރު، އެ ތަންތަން ބޭނުންކުރަނީ އަސްކަރީ ބޯޓުތަކަށް ތެޔޮ އެޅުމަށާއި ސިފައިންނަށް ޞިއްޙީ ފަރުވާ ދިނުމަށެވެ. މި މަރުކަޒުތައް ފަޅާއެރީ އަލް-ނަޚާޔިބު ސަރަޙައްދުގައި ބަކަރި ހުއިހައްޕާ މީހަކަށް އެ ތަން ފެނިގެން ރިޕޯޓުކުރުމުންނެވެ. ޢިރާޤުގެ ސަލާމަތީ ބާރުތަކުން އެ ސަރަޙައްދަށް ދިއުމުން ޔަހޫދީ ސިފައިން ދިން ޙަމަލާއެއްގައި ޢިރާޤު ސިފައިންގެ މީހަކު ޝަހީދުވެފައިވާއިރު، މި ކަން ރިޕޯޓުކުރި މީހާ ވެސް ވަނީ މަރާލާފައެވެ. ޢިރާޤުގެ ބައެއް އިސް އޮފިޝަލުން މި ކަން ދޮގުކުރި ނަމަވެސް، އެ ސަރަޙައްދުގައި ބަޔަކު އަސްކަރީ އޮޕަރޭޝަނެއް ހިންގާފައިވާ ކަން ވަނީ ކަށަވަރުވެފައެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
