
ބޭނުންކުރުން ހުއްޓާލައި ކުދިކޮށް ކޮށާފައިވާ ޕޮލިމަރ ބޭންކް ނޫޓުތައް ބޭނުންކޮށްގެން އާ ތަކެތި އުފެއްދުމަށް ހިތްވަރު ދިނުމުގެ ގޮތުން “ކްރާފްޓެޑް ބައި ކަރަންސީ” ނަމުގައި އެމްއެމްއޭއިން ދެ މުބާރާތެއް އިފްތިތާޙްކޮށްފިއެވެ. ތިމާވެއްޓާ ރައްޓެހި ގޮތަކަށް ނޫޓުތައް ރީސައިކަލް ކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ މި މުބާރާތްތަކަކީ ސުވެނިއަރ ފަރުމާކުރުމުގެ މުބާރާތަކާއި އާޓްވޯކް ތައްޔާރުކުރުމުގެ މުބާރާތެކެވެ. ފަރުދުންނާއި ވިޔަފާރިތަކަށްވެސް ބައިވެރިވެވޭ މި މުބާރާތްތަކުން ހޮވޭ ފަރާތްތަކަށް 15,000 ރުފިޔާއާ ހަމައަށް ފައިސާގެ އިނާމު ހުށަހަޅާފައިވާއިރު، މުބާރާތުގެ އުފެއްދުންތައް 2026 ވަނަ އަހަރުގެ ފައިނޭންޝަލް އެކްސްޕޯގައި ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ. ބައިވެރިވާން އެދޭ ފަރާތްތަކުން 14 މެއި 2026 ގެ ކުރިން އެޕްލިކޭޝަން ހުށަހަޅަންޖެހޭއިރު، ސުވެނިއަރ މުބާރާތުން ވަނަ ހޯދާ ފަރާތްތަކަށް އެމްއެމްއޭއަށް ބޭނުންވާ ހަނދާނީ ހަދިޔާ އުފެއްދުމުގެ ފުރުޞަތުވެސް ލިބިގެންދާނެއެވެ.
About Post Author
މާދަމާ ނިއުސް
ޕީއެންސީގެ ވޯޓުލުން އަބަދުވެސް ކުރިއަށްދަނީ އަސާސީ ގަވާއިދާ އެއްގޮތަށް އަތް ހިއްލައިގެން: އެއީ އައު ކަމެއް ނޫން!
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލީހުގައި ވޯޓުލުމުގެ ކަންކަން ކުރިއަށްދާނީ އެ ޕާޓީގެ އަސާސީ ގަވާއިދުގައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށް އެ...
“މިއީ ކުރު މުއްދަތެއްގެ ތެރޭގައި އިސްލާމީ އެންމެ ގިނަ މަޝްރޫއުތައް ހިންގޭ ދައުރު”
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް) ރާއްޖޭގެ ތާރީޚުގައިވެސް އެންމެ ކުރު މުއްދަތެއްގެ ތެރޭގައި އެންމެ ގިނަ އިސްލާމީ މަޝްރޫއުތައް ހިންގަމުންދަނީ މި ސަރުކާރުން ކަމަށް...
“އިގްތިޞާދާ ގުޅޭގޮތުން ދޮގު ވާހަކަ ފަތުރަނީ، ދައްކާނެ އިތުރު ވާހަކައެއް ނެތުމުން”
ސިޔާސީ ބޭނުމަށްޓަކައި ރާއްޖޭގެ އިޤްތިޞާދާ މެދު ދޮގު މަޢުލޫމާތު ނުފެތުރުމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު އިލްތިމާސްކުރައްވައިފިއެވެ. ވަޒީރު ވިދާޅުވީ ތަކެތީގެ އަގު އިންތިހާއަށް...
އެންސްޕާއިން އިޖުތިމާޢީ އެހީދެނީ ޙައްގުވެރިންނަށްކަން ކަށަވަރުކުރަނީ
(ފޮޓޯ ކްރެޑިޓްސް: އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާ) އިޖުތިމާއީ އެހީތެރިކަން ސީދާ ހައްގުވެރިންނަށް ފޯރުކޮށްދިނުމަށްޓަކައި، އެންސްޕާގެ މޮނިޓަރިންގ ނިޒާމު އަލުން ހަރުދަނާކުރުމުގެ...
ފަވަރަ ޔޫޕީއައި ގުޅާލުން: މި ނިޒާމު މަސައްކަތް ކުރަނީ ކިހިނެއް؟
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އިންޑިއާގައި ދިރިއުޅޭ އަދި ބޭސްފަރުވާއާއި ތައުލީމަށް އެ ގައުމަށް ދަތުރުކުރާ ދިވެހިންނަށް ފަސޭހަކަމާއެކު ފައިސާ ފޮނުވޭނެ އިންތިޒާމު މަރުކަޒީ...
ވައިގެ ދަތުރުފަތުރުގެ އިތުރު ދެ އެއްބަސްވުމެއްގެ މަސައްކަތް ކުރިއަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވައި ވައިގެ ދަތުރުފަތުރުގެ ދާއިރާ ފުޅާކުރުމަށްޓަކައި، އިތުރު ދެ އެއަރ ސަރވިސް އެގްރީމެންޓެއް އެކުލަވާލުމުގެ މަސައްކަތް...
