
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އެމެރިކާއާއި އީރާނާ ދެމެދު ޞުލްޙައިގެ އެއްބަސްވުމަކާ ހަމައަށް މިހާތަނަށް އާދެވިފައި ނުވާއިރު، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް އަނެއްކާ ވެސް މައްޗަށް ޖެހިލައިފިއެވެ. އެއާއެކު ކުރިއަށް އޮތް ތަނުގައި ދަތުރުފަތުރުގެ ދާއިރާއަށް ބޮޑެތި ލޮޅުންތައް އަންނާނެ ކަމަށް ބެލެވެއެވެ. ފާއިތުވި 24ގަޑިއިރުގެ ތެރޭގައި ސާފު ނުކުރާ ބްރެންޓް ތެލުގެ އަގު ވަނީ 2 އިންސައްތަ މައްޗަށް ޖެހިލައިފައެވެ. އަގު އަނެއްކާ ވެސް އުފުލުމަށް މެދުވެރިވީ ޕާކިސްތާނުގައި ކުރިއަށް ގެންދާނެ ކަމަށް ބެލެވުނު އެމެރިކާ-އީރާން މަޝްވަރާގެ އައު ބުރެއް، ނުބޭއްވުމުންނެވެ. ބްރެންޓް ތެޔޮ ފީފާއެއްގެ އަހު މިހާރު ހުރީ 106.99 އެމެރިކާ ޑޮލަރުގައެވެ.
އެމެރިކާއާއި ޔަހޫދީން އިސްވެ އީރާނަށް ޙަމަލާ ދިނުމުން ފެށިފައިވާ ހަނގުރާމައިގެ ސަަބަބުން ތެލާއި ގޭސްފަދަ ތަކެތި އުފުލުމަށް ބޭނުންކުރާ މައިގަނޑު ކަނޑުއޮޅިއެއް ކަމަށްވާ ހުރްމުޒް ކަނޑުއޮޅި ބޭނުންކުރުމަށް އީރާނުން ވަނީ ދަތިކޮށްފައެވެ. ޙަމަލާ ދޭނެ ކަމުގެ އިންޒާރު އީރާނުން ދީފައި ވާތީ އެ މަގުން ދަތުރުކުރާ އުޅަނދުގެ ޢަދަދު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. ހަނގުރާމައިގެ ކުރިން ދުވާލެއްގެ މައްޗަށް 130އެއްހާ އުޅަނދު ހުރްމުޒް ކަނޑުއޮޅި ހުރަސްކުރަމުން ދިޔަ ނަމަވެސް މިދިޔަ އޭޕްރިލް މަހުގެ 25ވަނަ ދުވަހުން ފެށިގެން މިހާތަނަށް އެ މަގު ހުރަސްކޮށްފައި ވަނީ އެންމެ 18 އުޅަނދެވެ.
ތެލުގެ އަގު އުފުލުމުގެ ސަބަބުން ވައިގެ ދަތުރުފަތުރަށް މިހާރު ވެސް ދަނީ އަސަރުކުރަމުންނެވެ. ސްޕެއިންގެ ފަތުރުވެރިކަމާބެހޭ ވަޒީރު، ޖޯޑީ ހީރޫ ވަނީ ވައިގެ މަގުން ދަތުރުކުރުމަށް ގަސްދުކުރާ މީހުން ދުރާލާ ޓިކެޓު ގަތުމަށް އިލްތިމާސް ކުރައްވައިފައެވެ. ގިނަ އެއާލައިންތަކުން މި ވަގުތު ބޭނުން ކުރަމުން ދަނީ މީގެ ކުރިން ހެޔޮ އަގުގައި ގަނެފައިވާ ތެޔޮ ކަމަށާއި، އެ ތެޔޮ ހުސްވުމުން ޓިކެޓުގެ އަގުތައް އުފުލޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
މަންހަޓަން ގްރޭންޑް ހޮޓެލުގައި އިވެންޓު ބޭއްވުމަށް ހުޅުވާލައިފި
(ފޮޓޯ ކްރެޑިޓްސް: މަންހަތަން) ހުޅުމާލޭގައި ވޯލްޑް ބިޒްނަސް ޕްރައިވެޓް ލިމިޓެޑުން ތަރައްޤީކުރާ 5 ތަރީގެ "މަންހަޓަން ގްރޭންޑް ހޮޓެލް" އަންނަ މަހު ހުޅުވުމަށް ތައްޔާރުވެ،...
އުރީދޫއަށް 172 މިލިޔަން ރުފިޔާ ސާފު ފައިދާއެއް
(ފޮޓޯ ކްރެޑިޓްސް: އޫރިދޫ) މި އަހަރުގެ ދެވަނަ ކުއާޓަރުގައި އުރީދޫ މޯލްޑިވްސްއަށް ސާފު ފައިދާގެ ގޮތުގައި 172 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ ފުރަތަމަ...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދައިދޭނަން”
އިޤްތިޞާދީ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރާ މަސައްކަތާއެކު، ރައްޔިތުންގެ އުއްމީދުތަކާ ގުޅިފައިވާ ހުރިހާ ތަރައްޤީގެ މަޝްރޫޢުތަކެއް 2028 ވަނަ އަހަރުގެ ދެވަނަ ކުއާޓަރަށް ނިންމަވާނެ ކަމަށް...
“ޤައުމީ ވިސްނުން އިސްކުރާނަމަ، ފަނާކުރަނިވި ފިކުރަށް ޖާގައެއް ނޯންނާނެ”
ޤައުމީ މަސްލަހަތު އިސްކޮށް، ފަނާކުރަނިވި ފިކުރުތަކަށް ފުރުޞަތު ނުދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ. އުކުޅަހުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް...
އައު ޤާނޫނާއެކު ފަޅުރަށްތަކާއި ފަޅުތައް ނަހަމަގޮތުގައި ބޭނުމެއް ނުކުރެވޭނެ
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް) ފަޅުރަށްރަށާއި ފަޅުތައް ކުއްޔަށް ދިނުމާބެހޭ ބިލު ޤާނޫނަކަށް ވުމުން، ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން އެފަދަ ތަންތަން...
ޕޯޓް ބަދަލުކުރަން ތިލަފުށި ފަޅު ހުސްކުރަން އަންގައިފި
(ފޮޓޯ ކްރެޑިޓްސް: އެޗްޑީސީ) މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، އެ ސަރަހައްދުގައި ހުރި އުޅަނދުތައް ހަތް ދުވަސް ތެރޭގައި...
