
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އެމެރިކާގެ ވެރިރަށް ވޮޝިންގްޓަންގެ ހިލްޓަން ހޮޓަލުގައި ބޭއްވި ވައިޓް ހައުސް ކޮރެސްޕޮންޑެންޓުންގެ ޖަމުޢިއްޔާގެ އަހަރީ ފަރީއްކޮޅުގެ ތެރެއިން ސަލާމަތީ ޗެކް ޕޮއިންޓެއް ފޫއަޅުވާލައި، އެމެރިކާގެ ސީކްރެޓް ސަރވިސްގެ އެޖެންޓަކަށް ބަޑިން ޙަމަލާދިން މީހެއްގެ މައްޗަށް، ރައީސް ޑޮނަލްޑް ޓްރަމްޕް އަވަހާރަކޮށްލަން އުޅުމުގެ ފެޑެރަލް ދަޢުވާ އުފުލައިފި ކަމަށް ކޯޓުން ހާމަކޮށްފިއެވެ. ކެލިފޯނިއާގެ ޓޮރެންސްއަށް ނިސްބަތްވާ އުމުރުން 31 އަހަރުގެ ކޯލް ތޯމަސް އެލަންގެ މައްޗަށް، ތިން ކުށެއް ހިމެނޭ ޝަކުވާއެއްގެ ދަށުން ހަތިޔާރު އުފުލުމުގެ ދަޢުވާތައް ވެސް ވަނީ އުފުލާފައެވެ.
ނޫސްވެރިންނާއި ސިޔާސީ ބޭފުޅުން ބައިވެރިވި ވައިޓް ހައުސް ކޮރެސްޕޮންޑެންޓުންގެ ޖަމުޢިއްޔާގެ އަހަރީ ފަރީއްކޮޅުގައި ދޭން އުޅުނު ޙަމަލާއެއް ސަލާމަތީ ބާރުތަކުން ހުއްޓުވިތާ ދެ ދުވަސް ފަހުން، ޖަލު ހެދުމެއްގައި އެލަން ވަނީ ހޯމަ ދުވަހު ވޮޝިންޓަންގެ ފެޑެރަލް ކޯޓަށް ފުރަތަމަ ފަހަރަށް ހާޒިރުކޮށްފައެވެ. އޭނާ މަސައްކަތް ކުރީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަވަހާރަކޮށްލުމަށް، ޕްރޮސެކިއުޓަރ ޖޮސެލިން ބެލެންޓައިން ކޯޓުގައި ވިދާޅުވިއެވެ. މި ތުހުމަތުތަކަށް އެލަން އަދި ރަސްމީކޮށް ޖަވާބެއް ދީފައެއް ނުވެއެވެ. އެމެރިކާގެ މާޝަލުންގެ ބެލުމުގެ ދަށުގައި ދިފާޢީ މޭޒު ކައިރީގައި އިނދެ، އެލަން ބުނީ ހުރިހާ ސުވާލަކަށްވެސް ތެދުބަހުން ޖަވާބުދޭނެ ކަމަށާއި، އޭނާ އަކީ ކޮމްޕިއުޓަރ ސައިންސްގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލްކޮށްފައިވާ މީހެއް ކަމަށެވެ. މައްސަލަ ކުރިއަށްދާއިރު އެލަން ބަންދުގައި ބެހެއްޓުމަށް އެމެރިކާގެ މެޖިސްޓްރޭޓް ފަނޑިޔާރު މެތިއު ޝާބޯ ވަނީ އަމުރުކުރައްވާފައެވެ. އަދި އޭނާ ބަންދުގައި ބެހެއްޓުމާ މެދު ގޮތެއް ނިންމުމަށް އަންނަ ބުރާސްފަތި ދުވަހަށް އިތުރު އަޑުއެހުމެއް ވަނީ ތާވަލުކޮށްފައެވެ.
މިއީ، 2024 ވަނަ އަހަރު ޕެންސިލްވޭނިޔާގެ ބަޓްލަރގައި ޓްރަމްޕްގެ ކަންފަތްޕުޅަށް އަނިޔާވި ހަމަލާއާއި، ފްލޮރިޑާގެ ގޮލްފް ކްލަބުގައި އޭނާ އަވަހާރަކޮށްލަން އުޅުނު ހާދިސާއަށްފަހު ދީފައިވާ މި ފަދަ ތިންވަނަ ހަމަލާއެވެ. އަދު މީގެ އިތިރުން، މި ހާދިސާ ހިނގި ހިލްޓަން ހޮޓަލަކީ 1981 ވަނަ އަހަރު ކުރީގެ ރައީސް ރޮނަލްޑް ރޭގަން އަވަހާރަކޮށްލުމަށް ވެސް ބަޑީގެ ހަމަލާތަކެއް ދީފައިވާ ތާރީޚީ ހޮޓަލެއް ކަން މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ފާހަގަކުރެއެވެ.
About Post Author
މާދަމާ ނިއުސް
މަންހަޓަން ގްރޭންޑް ހޮޓެލުގައި އިވެންޓު ބޭއްވުމަށް ހުޅުވާލައިފި
(ފޮޓޯ ކްރެޑިޓްސް: މަންހަތަން) ހުޅުމާލޭގައި ވޯލްޑް ބިޒްނަސް ޕްރައިވެޓް ލިމިޓެޑުން ތަރައްޤީކުރާ 5 ތަރީގެ "މަންހަޓަން ގްރޭންޑް ހޮޓެލް" އަންނަ މަހު ހުޅުވުމަށް ތައްޔާރުވެ،...
އުރީދޫއަށް 172 މިލިޔަން ރުފިޔާ ސާފު ފައިދާއެއް
(ފޮޓޯ ކްރެޑިޓްސް: އޫރިދޫ) މި އަހަރުގެ ދެވަނަ ކުއާޓަރުގައި އުރީދޫ މޯލްޑިވްސްއަށް ސާފު ފައިދާގެ ގޮތުގައި 172 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ ފުރަތަމަ...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދައިދޭނަން”
އިޤްތިޞާދީ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރާ މަސައްކަތާއެކު، ރައްޔިތުންގެ އުއްމީދުތަކާ ގުޅިފައިވާ ހުރިހާ ތަރައްޤީގެ މަޝްރޫޢުތަކެއް 2028 ވަނަ އަހަރުގެ ދެވަނަ ކުއާޓަރަށް ނިންމަވާނެ ކަމަށް...
“ޤައުމީ ވިސްނުން އިސްކުރާނަމަ، ފަނާކުރަނިވި ފިކުރަށް ޖާގައެއް ނޯންނާނެ”
ޤައުމީ މަސްލަހަތު އިސްކޮށް، ފަނާކުރަނިވި ފިކުރުތަކަށް ފުރުޞަތު ނުދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ. އުކުޅަހުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް...
އައު ޤާނޫނާއެކު ފަޅުރަށްތަކާއި ފަޅުތައް ނަހަމަގޮތުގައި ބޭނުމެއް ނުކުރެވޭނެ
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް) ފަޅުރަށްރަށާއި ފަޅުތައް ކުއްޔަށް ދިނުމާބެހޭ ބިލު ޤާނޫނަކަށް ވުމުން، ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން އެފަދަ ތަންތަން...
ޕޯޓް ބަދަލުކުރަން ތިލަފުށި ފަޅު ހުސްކުރަން އަންގައިފި
(ފޮޓޯ ކްރެޑިޓްސް: އެޗްޑީސީ) މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، އެ ސަރަހައްދުގައި ހުރި އުޅަނދުތައް ހަތް ދުވަސް ތެރޭގައި...
