
(ފޮޓޯ ކްރެޑިޓްސް: ސްޓެލްކޯ)
ކަރަންޓު ޓެރިފް ރޭޓަށް މިވަގުތު އެއްވެސް ބަދަލެއް ގެނައުމުގެ ސިޔާސަތެއް ނެތް ކަމަށް މާލީ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ. އެ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ އަހުމަދު ސާޢިދު މުސްޠަފާ ވިދާޅުވި ގޮތުގައި، ޓެރިފް ރޭޓަށް ބަދަލު ގެނައުމުގެ ބަދަލުގައި ސަރުކާރުގެ މިހާރުގެ އަމާޒަކީ ކަރަންޓު އުފެއްދުމަށް ހިނގާ ޚަރަދު ކުޑަކުރުމެވެ. މީގެ ތެރޭގައި އިޔާދަކުރަނިވި ހަކަތަ އިތުރުކުރުމާއި، އިންޖީނުތަކުގެ ފެންވަރު ރަނގަޅުކުރުން ހިމެނެއެވެ.
ރާއްޖޭގައި ކަރަންޓު އުފައްދަނީ ގެއްލުމުގައި ކަމަށްވާއިރު، މި ޚިދުމަތް ދެމެހެއްޓުމަށް ދައުލަތުން ބޮޑު ސަބްސިޑީއެއް ދެއެވެ. ޓެރިފް ރޭޓަށް ބަދަލު ގެނެސްފިނަމަ ދައުލަތަށް އުފުލަންޖެހޭ މާލީ ބުރަ އިތުރުވާނެތީ، ސަރުކާރުން އިސްކަންދެނީ ޖެނެރޭޝަން ސައިޑުން ޚަރަދު ކުޑަކޮށް، ޚިދުމަތްދޭ ކުންފުނިތައް ކަމަށްވާ ފެނަކަ އަދި ސްޓެލްކޯގެ ހިންގުން ހަރުދަނާކުރުމަށެވެ. މީގެ އިތުރުން، އިދާރީ ހިންގުން ހަރުދަނާކުރުމުގެ ގޮތުން ބައެއް ރަށްތަކުގެ ކަރަންޓު ޚިދުމަތް ސްޓެލްކޯއާ ހަވާލުކުރުމަށްވެސް ވަނީ ނިންމާފައެވެ.
About Post Author
މާދަމާ ނިއުސް
މަންހަޓަން ގްރޭންޑް ހޮޓެލުގައި އިވެންޓު ބޭއްވުމަށް ހުޅުވާލައިފި
(ފޮޓޯ ކްރެޑިޓްސް: މަންހަތަން) ހުޅުމާލޭގައި ވޯލްޑް ބިޒްނަސް ޕްރައިވެޓް ލިމިޓެޑުން ތަރައްޤީކުރާ 5 ތަރީގެ "މަންހަޓަން ގްރޭންޑް ހޮޓެލް" އަންނަ މަހު ހުޅުވުމަށް ތައްޔާރުވެ،...
އުރީދޫއަށް 172 މިލިޔަން ރުފިޔާ ސާފު ފައިދާއެއް
(ފޮޓޯ ކްރެޑިޓްސް: އޫރިދޫ) މި އަހަރުގެ ދެވަނަ ކުއާޓަރުގައި އުރީދޫ މޯލްޑިވްސްއަށް ސާފު ފައިދާގެ ގޮތުގައި 172 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ ފުރަތަމަ...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދައިދޭނަން”
އިޤްތިޞާދީ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރާ މަސައްކަތާއެކު، ރައްޔިތުންގެ އުއްމީދުތަކާ ގުޅިފައިވާ ހުރިހާ ތަރައްޤީގެ މަޝްރޫޢުތަކެއް 2028 ވަނަ އަހަރުގެ ދެވަނަ ކުއާޓަރަށް ނިންމަވާނެ ކަމަށް...
“ޤައުމީ ވިސްނުން އިސްކުރާނަމަ، ފަނާކުރަނިވި ފިކުރަށް ޖާގައެއް ނޯންނާނެ”
ޤައުމީ މަސްލަހަތު އިސްކޮށް، ފަނާކުރަނިވި ފިކުރުތަކަށް ފުރުޞަތު ނުދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ. އުކުޅަހުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް...
އައު ޤާނޫނާއެކު ފަޅުރަށްތަކާއި ފަޅުތައް ނަހަމަގޮތުގައި ބޭނުމެއް ނުކުރެވޭނެ
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް) ފަޅުރަށްރަށާއި ފަޅުތައް ކުއްޔަށް ދިނުމާބެހޭ ބިލު ޤާނޫނަކަށް ވުމުން، ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން އެފަދަ ތަންތަން...
ޕޯޓް ބަދަލުކުރަން ތިލަފުށި ފަޅު ހުސްކުރަން އަންގައިފި
(ފޮޓޯ ކްރެޑިޓްސް: އެޗްޑީސީ) މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، އެ ސަރަހައްދުގައި ހުރި އުޅަނދުތައް ހަތް ދުވަސް ތެރޭގައި...
