
ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން 2021 ވަނަ އަހަރު ދިން ބޮމުގެ ހަމަލާގެ ތަހުގީގު ފުޅާކޮށް، ވީހާވެސް އަވަހަށް ނިންމުމަށް ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފް ފުލުހުންނަށް އަންގަވައިފިއެވެ. ޕީޖީން ކޮމިޝަނާ އޮފް ޕޮލިސްއަށް ފޮނުއްވި ސިޓީއެއްގައި، މި ހަމަލާ ރާވައި ފަންޑުކުރުމުގައި އިތުރު ބަޔަކު ތިބިތޯ ބަލައި އެކަން ސާފުކޮށްދިނުމަށް ވަނީ އެދިވަޑައިގެންފައެވެ.
މި ހަމަލާގައި އަމަލީގޮތުން ބައިވެރިވި އަހުމަދު އަދުހަމް 23 އަހަރަށް ޖަލަށްލާފައިވާއިރު، އިތުރު ހަ މީހެއްގެ މައްސަލަ މިހާރު ވެސް ކޯޓުގައި ދަނީ ހިނގަމުންނެވެ. ނަމަވެސް، މި ހަމަލާގެ އަޑީގައި ތިބި މީހުންނާއި ފަންޑުކުރި ފަރާތްތައް މިހާތަނަށް ހޯދިފައި ނުވާތީ، ރައީސް ނަޝީދާއި އެމަނިކުފާނުގެ އަރިސް ބޭފުޅުން ވަނީ ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކުރައްވާފައެވެ. މަޖީދީމަގުގައި ސައިކަލެއްގައި އައިއީޑީއެއް ހަރުކޮށްގެން ދިން މި ނުރައްކާތެރި ހަމަލާގައި ރައީސް ނަޝީދަށް ބޮޑެތި އަނިޔާތަކެއް ލިބިވަޑައިގެން ރާއްޖެއާއި ބޭރުން ފަރުވާ ހޯއްދަވަން ޖެހިވަޑައިގަތެވެ.
About Post Author
މާދަމާ ނިއުސް
އަންނަ ހަފްތާއިން ފެށިގެން އެސްޓީއޯއިން ހޯލްސޭލްކޮށް ފިޔާ ދޫކުރާނެ
އަންނަ ހަފްތާއިން ފެށިގެން ހޯލްސޭލްކޮށް ފިޔާ ދޫކުރަން ފަށާނެ ކަމަށް އެސްޓީއޯއިން ވަނީ ހާމަކޮށްފައެވެ. ބާޒާރުގައި ފިޔާގެ އަގު އުފުލެމުންދާ ކަމުގެ ޝަކުވާ ލިބެމުންދިޔަ...
ދެ އަހަރާ ބައިގެ ތެރޭގައި ސާބިތުކޮށްދެއްވީ ދަރަނީގެ ދަންތުރައިން ރާއްޖެ ސަލާމަތްކުރެވޭނެކަން!
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ކުރީގެ ސަރުކާރުތަކުން ވާރުތަވެފައިވާ ބޮޑު ދަރަނި ދެއްކުމުގައި މިހާރުގެ ސަރުކާރުން އަންނަނީ ނަތީޖާ ނެރެދެމުންނެވެ. އެގޮތުން ފާއިތުވި 10...
ޕޭޕަލް: ސަރުކާރުން ކޮށައިދިން މަގާއެކު ތަނަވަސް ދޮރެއް
(ފޮޓޯ ކްރެޑީޓްސް: ރައީސް އޮފީސް) ދިވެހިންގެ ހުނަރު ބައިނަލްއަޤްވާމީ މާކެޓަށް ވިއްކައިގެން ޑޮލަރުން އާމްދަނީ ހޯދުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ޕޭޕަލް މެދުވެރިކޮށް...
އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގައި ފަލަސްޠީނުގެ ޙައްޤުގައި ރާއްޖެއިން ވަކާލާތުކުރާނެ
ޖޫން 15 އިން ޖުލައި 7 އަށް ބާއްވާ އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ ސެޝަންގައި، ފަލަސްތީނުގެ ހައްގުގައި ރާއްޖެއިން ވަރުގަދައަށް...
ރައީސް ތަފްސީލު ކޮށްދެއްވީ ދެފިކުރުގެ ތަފާތު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އެމަނިކުފާނު ގެންގުޅުއްވާ "ގައުމީ ފިކުރު" އާއި އިދިކޮޅު ފަރާތްތަކުގެ "ފަނާކުރަނިވި ފިކުރު" ހުރި ތަފާތުތައް ތަފްސީލުކޮށްދެއްވާފައެވެ. ރައީސް...
ޕޭޕަލް ރާއްޖެއަށް ތައާރަފުވުމަކީ ކުދި ވިޔަފާރިތަކަށް ލިބުނު ކުރިއެރުމެއް: ބީސީސީ
(ފޮޓޯ ކްރެޑިޓްސް: އިޤްތިޞާދީ ވުޒާރާ) އުރީދޫ އެމް-ފައިސާ މެދުވެރިކޮށް ރާއްޖޭގައި ޕޭޕަލްގެ ޚިދުމަތް ތައާރަފްކުރުމަކީ ކުދި ވިޔަފާރިތަކާއި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ބައިނަލްއަޤްވާމީ ބާޒާރަށް...
