
(ފޮޓޯ ކްރެޑިޓްސް: އަނަންތަރަ)
ޙަލާލު ޓޫރިޒަމް މޮޑެލްގެ ދަށުން ރިސޯޓު ތަރައްޤީކޮށް ހިންގުމަށްޓަކައި ދޫކުރާ ރަށްރަށުގެ ލިސްޓަށް ށ. ފުށިފަރު އިތުރުކޮށް، އެ ރަށް ބީލަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން މިހާރު ވަނީ ހުޅުވާލާފައެވެ. ފުށިފަރުގެ އިތުރުން ހދ. މަކުނުދޫ، ލ. ފޮނަގާދޫ އަދި ސ. ދޮންހެރަ ހިމެނޭހެން ޖުމްލަ ހަތަރު ސަރަހައްދެއް މި މޮޑެލްގެ ދަށުން ތަރައްޤީކުރުމަށް ވަނީ ކަނޑައަޅާފައެވެ. މި ރަށްރަށް 50 އަހަރަށް ކުއްޔަށް ދޫކުރާއިރު، ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މެއި މަހުގެ 11 ވަނަ ދުވަހެވެ.
މި މަޝްރޫޢުތަކަށް އިންވެސްޓަރުންނަށް ގިނަ ލުއިތަކެއް ދިނުމަށް ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި އިކުއިޒިޝަން ފީ ބަހާލައިގެން ދެއްކުމާއި، އިމްޕޯޓް ޑިއުޓީން %20 މައާފްކޮށްދިނުމުގެ އިތުރުން، ކަނޑައެޅިފައިވާ މުއްދަތަށްވުރެ އަވަހަށް މަސައްކަތް ނިންމާ ރިސޯޓު ހުޅުވައިފިނަމަ ބިމު ކުލި މައާފްކޮށްދިނުން ހިމެނެއެވެ. ށ. ފުށިފަރު ލިސްޓަށް އިތުރުވުމާ ގުޅިގެން މަޢުލޫމާތު ދިނުމުގެ ބައްދަލުވުންތަކާއި ބީލަން ހުށަހަޅަންޖެހޭ ތާރީޚުތަކަށް ވަނީ ބަދަލު ގެނެސްފައެވެ. މީގެ އިތުރުން، އާންމު އުސޫލުން ރިސޯޓު ތަރައްޤީކުރާ 13 ސަރަހައްދެއްގެ ބީލަން ހުށަހެޅުމުގެ މުއްދަތުވެސް ވަނީ މެއި 13 އާ ހަމައަށް އިތުރުކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
އެމްއެމްއޭގެ އޮފީސް އިމާރާތެއް ހުޅުމާލޭގައި ތަރައްގީކުރަނީ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ދައުލަތުގެ ޚަޒާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި ހުޅުމާލޭގައި އެމްއެމްއޭގެ އައު އޮފީސް އިމާރާތެއް ކޮންޓްރެކްޓަރ ފައިނޭންސިންގ...
ޓްރެފިކް މޮނިޓަރިން ސެންޓަރެއް ޤާއިމުކުރަނީ
ޓްރެފިކް މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ޓްރެފިކް މޮނިޓަރިންގ ސެންޓަރެއް ޤާއިމުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު...
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
