
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ފިޠުރު ޢީދުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވި ޚިތާބުގައި، ރޯދަމަސް ނިމުމަކީ އަޅުކަންތައް ހުއްޓާލަންވީ ވަގުތު ނޫންކަމަށާއި، ޝައްވާލު މަހުގެ ހަ ރޯދައަކީ އަޅުކަމުގައި ދެމިތިބުމަށް ލިބޭ ދަޢުވަތެއްކަން ފާހަގަކުރެއްވިއެވެ. ރޯދަމަހުގެ އަޅުކަންތައް ފުރިހަމަކުރެވުނުކަމުގެ އުންމީދާއެކު ޢީދުގެ އުފާ ފާޅުކުރާއިރު، މާތް ﷲ އަށް ޙަމްދުކުރުމާއި، ނިކަމެތިންނަށް އެހީތެރިވުމާއި، މުސްލިމުންގެ މެދުގައި އޮންނަންޖެހޭ އެއްބައިވަންތަކަމާއި ލޯބި އާލާކުރުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.
ރައީސްގެ ޚިތާބުގައި އިތުރަށް ވިދާޅުވީ، ޢީދުގެ އުފާ ފާޅުކުރުމުގައި އިސްލާމީ މިންގަނޑުތަކަށް ބޯލަނބަންޖެހޭނެ ކަމަށާއި، ރޯދަމަހުން ލިބުނު ކެތްތެރިކަމާއި ރަނގަޅު އަޚުލާޤީ ސިފަތައް މުޅި އަހަރު ދަމަހައްޓަންޖެހޭ ކަމަށެވެ. މީގެ އިތުރުން، ފަލަސްޠީނާއި އިސްލާމީ އުންމަތުގެ އެކި ކަންކޮޅުތަކުގައި ހިތްދަތިކަން ތަހައްމަލުކުރަމުންދާ އަޚުންނާއި އުޚުތުންގެ އިޙްސާސްތަކުގައި ބައިވެރިވެ، އެ ފަރާތްތަކަށް އަމާންކަމާއި ނަޞްރު ދެއްވުން އެދި ދުޢާކުރުމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ބާރުއެޅުއްވިއެވެ.
About Post Author
މާދަމާ ނިއުސް
ޤާނޫނުގެ އިމުގެ ތެރެއިން މިނިވަންކަން: ޙަޤީޤަތާއި، އަމާނާތްތެރިކަމާއި އަދި ޤައުމީ ހަމަޖެހުން ހިމާޔަތްކުރުން
(ފޮޓޯ ކްރެޑިޓްސް: މިހާރު) ކޮންމެ ދިރުުންހުރި ޑިމޮކްރަސީއެއްގައިވެސް، ފަރުދީ މިނިވަންކަމާއި ޤާނޫނީ ސިޔާދަތާ ދެމެދު ހަމަހަމަކަން ހިފަހައްޓަންޖެހެއެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ...
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާ ކުރަން އުސޫލެއް ތަޢާރަފްކުރަނީ
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާކޮށް، ހުރިހާ ޕާޓީއަކުން އެއް އުސޫލަކުން ޢަމަލުކުރާނެ ގަވާއިދެއް އެކުލަވާލުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން (އީސީ) ފަށައިފިއެވެ. އީސީން...
ހަވާއެރުވުމާއެކު މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތް ބާއްވައިފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތްތައް، ރައީސުލްޖުމްހޫރިއްޔާ...
“ޒަކާތު ފަންޑުގެ އިންވެސްޓްމަންޓުތަކުން، އުނިކަމެއް ނާންނާނެ”
ޒަކާތު ފަންޑުގެ ފައިސާ އިންވެސްޓްކުރަނީ ފަޤީރުންނާއި މިސްކީނުންގެ ޙައްޤުތަކަށް އުނިކަން ނާންނާނެހެން، އިސްލާމީ ޝަރީޢަތުގެ އުސޫލުތަކާ އެއްގޮތަށް ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކޮށްފިއެވެ....
ހުއްދަނެތި ބޭސް އެތެރެކޮށްފިނަމަ އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ
ރާއްޖެއަށް ބޭސް އެތެރެކުރުމާއި، ގުދަންކުރުމާއި، ވިއްކުމާ ގުޅޭ އާ ގަވާއިދެއް އެކުލަވާލައި، އެ ގަވާއިދާ ހިލާފުވާ ފަރާތްތައް އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާކޮށް ލައިސަންސް...
ކުޅުދުއްފުށީގައި ޕިކްޕޯސްޓުގެ ޚިދުމަތް ފަށައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް ޕޯސްޓް) ކުޅުދުއްފުށި ސިޓީގެ ޕޯސްޓު އޮފީހުން ޕިކްޕޯސްޓުގެ ޚިދުމަތް ދޭން ފަށައި، އެ އޮފީސް ބަންޑާރަމަގުގައި ހުންނަ ސީނާ ބިލްޑިންގަށް...
