
(ފޮޓޯ ކްރެޑިޓްސް: ސްވޭމް)
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން އިންތިޒާމުކޮށްގެން މުޅިން އަލަށް ފަށާ 14 އަހަރުންދަށުގެ ޗެމްޕިއަންޝިޕު އަންނަ ފެބްއަރީމަހުގެ 6 ވަނަ ދުވަހު ފަށާގޮތަށް ހަމަޖައްސައިފިއެވެ. އެފްއޭއެމްއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ 14 އަހަރުންދަށުގެ ޗެމްޕިއަންޝިޕު އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހު ފަށާގޮތަށް ހަމަޖެހިފައިވާކަމަށެވެ. މިމުބާރާތުގެ ބޭނުމަކީ ރާއްޖޭގައި ހުނަރުވެރި ޒުވާން ކުޅުންތެރިން އުފެއްދުމާއި ގްރާސްރޫޓް ފުޓްބޯޅަ ދިރުވާ އާލާކުރުންކަމަށްވާއިރު، މިމުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.
މުޅިން އަލަށް އަންނަ އަހަރު ފަށާ 14 އަހަރުންދަށުގެ ޗެމްޕިއަންޝިޕުގައި ވާދަކުރެވޭނީ ކޮމިޝަނަރ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީކޮށްފައިވާ އަދި އެފްއޭއެމްގެ އެކަޑަމީ އެކްރެޑިޓޭޝަން ކްރައިޓީރިއާ ފުރިހަމަކޮށްފައިވާ އެކަޑަމީތަކަށެވެ. މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑި މި ފެށޭ ޖެނުއަރީމަހުގެ 11 ވާ އާދިއްތަދުވަހުގެ 15:00 އަށް ހަމަވާނެވެ. އެފްއޭއެމްގެ އެކަޑަމީ އެކްރެޑިޓޭޝަން ކްރައިޓީރިއާ ފުރިހަމަ ނުކުރާ އެކަޑަމީތަކުން، މިމުބާރާތުގައި ބައިވެރިވުމަށްފަހު އެކަޑަމީ އެކްރެޑިޓޭޝަން ފުރިހަމަކުރުމަށް ފުރުސަތު ދެވޭނެކަމަށްވެސް އެފްއޭއެމްއިން ބުނެފަވެއެވެ.
އެފްއޭއެމްގެ 14 އަހަރުންދަށުގެ ޗެމްޕިއަންޝިޕަކީ އެއެސޯސިއޭޝަނުން ޒުވާން ކުޅުންތެރިން އުފެއްދުމަށް ކަނޑައަޅާފައިވާ ދިގުރާސްތާ ޕްލޭންގެ ދަށުން ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ. މިފަދަ މުބާރާތެއް ބޭއްވުމުގެ މަގުސަދަކީ ރާއްޖޭގެ ޒުވާން ކުޅުންތެރިންނަށް ފުރުސަތުތައް ފަހިކޮށްދީ، ޒަމާނީ ފެންވަރުގައި ފުޓްބޯޅަ ތަރައްގީކުރުމެވެ. އޭގެ އިތުރުން ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް މިކުޅިވަރު ފުޅާކޮށް ވަރުގަދަ ބިންގަލެއްގެ މަތީގައި މިކުޅިވަރު ތަރައްގީކުރުމަކީ އެފްއޭއެމްގެ އަމާޒެކެވެ.
About Post Author
މާދަމާ ނިއުސް
އެމްއެމްއޭގެ އޮފީސް އިމާރާތެއް ހުޅުމާލޭގައި ތަރައްގީކުރަނީ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ދައުލަތުގެ ޚަޒާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި ހުޅުމާލޭގައި އެމްއެމްއޭގެ އައު އޮފީސް އިމާރާތެއް ކޮންޓްރެކްޓަރ ފައިނޭންސިންގ...
ޓްރެފިކް މޮނިޓަރިން ސެންޓަރެއް ޤާއިމުކުރަނީ
ޓްރެފިކް މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ޓްރެފިކް މޮނިޓަރިންގ ސެންޓަރެއް ޤާއިމުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު...
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
