
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ކުދި އަދި މެދު ފަންތީގެ ވިޔަފާރި (އެސް.އެމް.އީ) ތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ހައްލުކޮށް، އެ ދާއިރާ އިތުރަށް ކުރިއެރުވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ފުޅާދާއިރާއެއްގައި މަސައްކަތްތަކެއް ފަށައިފިއެވެ. މި މަސައްކަތްތަކުގެ ދަށުން، މިދިޔަ ބުދަ ދުވަހު ބޭއްވުނު ކެބިނެޓް ބައްދަލުވުމެއްގައި ވަނީ އެސް.އެމް.އީ ދާއިރާ ކުރިއެރުވުމަށް ގިނަގުނަ ކަންތައްތަކެއް ނިންމާފައެވެ. މި ނިންމުންތައް ނިންމާފައިވަނީ، 2025 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 17 ވަނަ ދުވަހު، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ދާއިރާގެ ވިޔަފާރިވެރިންނާއެކު ބޭއްވުނު ބައްދަލުވުމެއްގައި އެ ވިޔަފާރިވެރިން ފާހަގަކުރެއްވި މައްސަލަތަކާއި ކަންބޮޑުވުންތަކުގެ އަލީގައެވެ. ރައީސް މުޢިއްޒު އިސްވެ ހުންނަވައި ބޭއްވެވި މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ، ދިވެހިރާއްޖޭގެ އިޤްތިޞާދުގެ މައި ތަނބެއް ކަމުގައިވާ އެސް.އެމް.އީ ދާއިރާގެ ހަޤީޤީ ހާލަތު ދެނެގަނެ، އެ ދާއިރާ ކުރިއެރުވުމަށް ބޭނުންވާ ފިޔަވަޅުތައް އެޅުމެވެ.
މި ބައްދަލުވުމުގައި ހުށަހެޅުނު ކަންކަމާއި، ސަރުކާރުގެ މެނިފެސްޓޯގައި އެ ދާއިރާއާއި ގުޅޭގޮތުން ކަނޑައަޅާފައިވާ ކަންކަމުގެ އިތުރުން، ސަރުކާރުން ކުރިޔަށް ގެންދާ އެކިކަންކަމުގެ ނަތީޖާ ހެޔޮގޮތުގައި ބައްޓަންކުރުމަށްޓަކައި، ކެބިނެޓުގައި މިދިޔަ ބުދަ ދުވަހު ވަނީ ފުޅާދާއިރާއެއްގައި މަޝްވަރާކުރެވި ގިނަގުނަ ކަންތައްތަކެއް ނިންމާފައެވެ. މިގޮތުން، ކުރިޔަށް އޮތް ދެ އަހަރު ދުވަހަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ޚާއްސަ ފިޔަވަޅުތަކެއް ތަންފީޒު ކުރާނެ ދެ އަހަރުގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.
ނިންމުނު ކަންކަމުގެ ތެރެއިން ބައެއް ފިޔަވަޅުތައް 2026 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ތަންފީޒު ކުރަން ފަށާނެއެވެ. މި ހުރިހާ ކަންކަމެއްގެ މަޢުލޫމާތު ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ޢިއުލާން ކުރަމުން ގެންދާނެ ކަމަށް ރައީސް އޮފީހުން މަޢުލޫމާތު ދެއްވައެވެ.
About Post Author
މާދަމާ ނިއުސް
އެމްއެމްއޭގެ އޮފީސް އިމާރާތެއް ހުޅުމާލޭގައި ތަރައްގީކުރަނީ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ދައުލަތުގެ ޚަޒާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި ހުޅުމާލޭގައި އެމްއެމްއޭގެ އައު އޮފީސް އިމާރާތެއް ކޮންޓްރެކްޓަރ ފައިނޭންސިންގ...
ޓްރެފިކް މޮނިޓަރިން ސެންޓަރެއް ޤާއިމުކުރަނީ
ޓްރެފިކް މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ޓްރެފިކް މޮނިޓަރިންގ ސެންޓަރެއް ޤާއިމުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު...
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
