
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
އަސާސީ ކާބޯތަކެތީގެ ގޮތުގައި ސަރުކާރުން ކަނޑައެޅުއްވި 23 ބާވަތް މި ރަމަޟާންމަހު ރާއްޖޭގެ ހުރިހައި ސަރަހައްދެއްގައިވެސް ހެޔޮއަގެއްގައި ލިބެން ހުންނާނެކަން ކަށަވަރު ކުރުމަށް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ރަމަޟާންމަހަކީ، ކޮންމެ އަހަރަކުވެސް ކެއިން ބުއިމަށް ބޭނުން ކުރާ ބާވަތްތަކަށް އޮންނަ ޑިމާންޑް އިތުރުވެގެންދާ މަހެކެވެ.
އަސާސީ ކާބޯތަކެތީގެ ލިސްޓުގައި މީގެކުރިން އޮތީ، 3 ބާވަތެކެވެ. އެއީ ހަނޑޫ، ހަކުރު އަދި ފުށެވެ. މިކަން މިގޮތަށް އޮންނަތާ 60 އަކަށް އަހަރު ވަނީ ވެފައެވެ. ނަމަވެސް މިއަހަރުގެ ސެޕްޓެމްބަރ މަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، ރާއްޖޭގައި ޒަމާނުންސުރެ ކަނޑައަޅާފައިވާ ކާޑުގެ ބާވަތްތައް ކަމުގައިވާ ހަނޑޫ، ހަކުރު، ފުށުގެ އިތުރުން ރާއްޖެއަށް އެންމެ ގިނައިން އެތެރެ ކުރާ 10 ބާވަތުގެ މޭވާއާއި، 10 ބާވަތުގެ ތަރުކާރީ އަދި މުގާއި، ބިސް، އަލުވި އެސްޓީއޯއިން ގަނޑުކޮށް އެތެރެކޮށް، ރާއްޖޭގެ ބާޒާރުގައި ވިއްކަން ނިންމަވާފައެވެ. އަދި އެސްޓީއޯއިން ވަނީ، މިދިޔަ އޮކްޓޯބަރ މަހުގެ ތެރޭގައި އެތަކެތި ބާޒާރަށް ގެނެސް ވިއްކަން ފަށާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެސްއެމް ނިއުސްއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، މި ސަރުކާރުން ވެރިކަމާއި ހަވާލުވުމަށްފަހު ނިމިދިޔަ 2 ރަމަޟާން މަހުވެސް ކާބޯތަކެތީގެ އަގުތައް ހުރީ އޭގެކުރީ ރަމަޟާން މަސްތަކާއި އަޅާބަލާއިރު އެއްއަގެއްގައި ހިފެހެއްޓިފައި ކަމަށެވެ. އަދި މިއަހަރުގެ ރަމަޟާންމަހުވެސް ތަކެތީގެ އަގުތައް ހިފެހެއްޓުނަ ނުދިނުމަށްޓަކައި މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، އެސްޓީއޯއިން އެކަން ކަށަވަރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މި މަސައްކަތުގެ ދަށުން މާލޭގައި މިހާރު އަތޮޅު ފިހާރަތަކާއި ދިމާލުގައި އެސްޓީއޯގެ ހޯލްސޭލް ސެންޓަރެއް ގާއިމްކޮށްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މިތަނުގެ ބޭނުމަކީވެސް އަސާސީ ކާބޯތަކެތީގެ 23 ބާވަތް ހޯލްސޭލްކޮށް ފޯރުކޮށްދިނުން ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ރަމަޟާންމަސް އަންނައިރު، ހުޅުމާލޭގައިވެސް ވަސީލަތްތައް ގާއިމްވެގެންދާނެ ކަމަށް ވިދާޅުވިއެވެ. މީގެއިތުރަށްވެސް ރާއްޖޭގެ ސިޓީތަކުގެ ތެރެއިން އައްޑޫ، ކުޅުދުއްފުށި، ތިނަދޫ ކަހަލަ ބޮޑެތި އާބާދީތަކުގައިވެސް އެސްޓީއޯގެ ސެންޓަރުތައް ހަދައި މި ތަކެތި ލިބޭ ގޮތަށް މަސައްކަތްތައް ކުރަމުންދާ ކަމަށް ވަޒީރު ސަޢީދު ވިދާޅުވިއެވެ. “މިހާރު ރައީސް ނިންމަވާފައިވަނީ، 3000 އިން މަތީގެ އާބާދީތަކަށް އެސްޓީއޯގެ މިދެންނެވި 23 ބާވަތް ޑައިރެކްޓްކޮށް ލިބޭނެ ގޮތަށް ކަށަވަރުކޮށްދިނުމާއި، 3000 އިން ދަށުގެ އާބާދީތަކުގައިވެސް އެޖެންޓުން މެދުވެރިކޮށް މި 23 ބާވަތް ލިބޭނެކަން ޔަޤީންކުރުން. އެ މަސައްކަތް މިހާރު އެސްޓީއޯއާއި އިކޮނޮމިކް މިނިސްޓްރީ މެދުވެރިކޮށް ކުރިއަށް މިގެންދަނީ. އެ މަސައްކަތް އެބަދޭ ބާރަށް ހަމަ.” ވަޒީރު ވިދާޅުވިއެވެ.
މި ސަރުކާރުން ވަނީ، މުޅިން އަލަށް އެސެންޝިއަލް ކޮމޯޑިޓީ ޕްރައިޒް އިންޑެކްސްއެއް ނެރެން ފަށާފައެވެ. އެސެންޝިއަލް ކޮމޯޑިޓީސް އިންޑެކްސް (އީސީޕީއައި) އަކީ، ޢާއްމުކޮށް ގޭބިސީއަށް ބޭނުން ކުރާ އަސާސީ ބާވަތްތަކުގެ އަގުތަކަށް އައިސްފައިވާ ބަދަލު އެނގޭ ގޮތަށް ނެރެން ފެށި ލިސްޓެކެވެ. އެސެންޝަލް ކޮމޮޑިޓީ ޕްރައިޒް އިންޑެކްސްގެ ސަބަބުން އާންމުކޮށް ގޭބީސީތަކުން ބޭނުން ކުރާ ބާވަތްތަކުގެ އަގުތައް ދެނެގަނެވި، އަގުތައް ކޮންޓްރޯލް ކުރުމަށް އިތުރު ފިޔަވަޅުތައް އެޅޭނެ ކަމަށްވެސް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
